ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ޕާޓާއިން ބާއްވާ އޮންލައިން ހަރަކާތް ޑްރީމް ޓު ޓްރެވެލް ފެސްޓިވަލް، ގައި ބައިވެރި ވެއްޖެއެވެ.

ޕާޓާއިން ބާއްވާ މި އޮންލައިން ހަރަކާތްތައް މިހާރު ވަނީ ފަށާފައެވެ. މި ހަރަކާތްތަތައް ޖުލައި 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެމްއެމްޕީއާރްސީން ބުނީ، ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭއިރު މި ޕްލެޓްފޯމްގެ ޒަރިއްޔާއިން އޭޝިއާގެ ގައުމު ތަކަށް ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފެރުކޮށްދެވޭނެ ކަމަށެވެ.

އަދި މި ފެސްޓިވަލަކީ ތަޖުރިބާކާރު ބޭފުޅުންނާއި ބައްދަލުކޮށް، އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިކަން ދައްކުވައިދިނުމަށް ކުރިއަށްގެންދާ ޚާއްސަ ވާރޗުއަލް އިވެންޓެއް ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އެމްއެމްޕީއާރްސީން ބުނޫ ރާއްޖޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ ޚަބަރުތަކާއި ހިތްގައިމު ވީޑިއޯތައް، އަދި ފަތުރުވެރިކަމާއިގުޅޭ ކަންކަން ދައްކުވައިދިނުމަށް ޑިޖިޓަލް ޝޯރޫމްއެއް ގާއިމް ކުރެވިފައިވާނެ ކަމަށެވެ.

އަދި މި އިވެންޓްގެ ބައިވެރިން ޝައުޤުވެރިކަން ދެމެހެއްޓުމުގެ ގޮތުން ކުޅިވަރުތަކެއް ރޭވި އިނާމުތައް ދިނުމަށް ނިންމާފައިވާކަަމަަށްވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

އެގޮތުން ދިވެހިރާއްޖެއިން މިކަމަށް ޙާއްސަކޮށްގެން ”ޑިސްކަވާރ މޯލްޑިވިސް... ދަ ސަނީ ސައިޑް އޮފް ލައިފް“ ގެ ނަމުގައި ކުއިޒެއް 26 ޖޫންވާ ހުކުރު ދުވަހު މެންދުރު 13:00އިން 13:30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޖުލައި 16 ވަނަ ބުރާސްފަތި ދުވަހު ހެނދުނު 8:00ން ފެށިގެން އެއްގަޑިއިރުގެ ލައިވް ޝެޝަނެއް މި އިވެންޓް މެދުވެރިކޮށް
ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކުރެވިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މި ސެޝަންގައި ދިވެހިރާއްޖޭގެ ޚާއްސަ ތަފާތު ހަރަކާތްތައް ދައްކާ، ރާއްޖެއަށް އަންނަން ބޭނުންވެފައިވާ ފަތުރުވެރިންނަށް އުންމީދުގެ ފޯރުކޮށްދޭނެއެވެ.