ތިން ލޭޔަރގެ ޑިސްޕޯސަލް މާސްކް "ލިބޭ" އިން ވިއްކަން ފަށައިފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މާސްކް އެޅުން މަޖުބޫރު ވެފައިވާ މިދަނޑިވަޅުގައި ހުރިހާ ފަރާތްތަކަކުން ބޭނުންވާނެ މާސްކްތައް ވެސް އެކުންފުނިން ވިއްކަމުން ގެންދާ ކަމަށެވެ.

"50 މާސްކް ހިމެނޭ ޕެކެއް މިވިއްކަނީ 350 ރުފިޔާ. ހާލަތު މިހާރު މިއޮތް ގޮތުން، އަދި އެޗްޕީއޭގެ ގަައިޑްލައިން ބުނާ ގޮތުން ވެސް ބޭރަށް ނިކުންނަނަމަ މާސްކް އަޅަން ޖެހޭ. އަޅުގަނޑުމެން ވިއްކާ ޑިސްޕޯސަލް މާސްކަކީ އިތުބާރު ކުރެވޭ، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މާސްކް" އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ" އިން ގެންދަނީ ޑިސްޕޯސަލް މާސްކްގެ އިތުރުން ފޮތި މާސްކް ވެސް ވިއްކަމުންނެވެ. އެކުންފުނިން ވިއްކާ ފޮތި މާސްކަކީ ވެސް އަޅައިގެން ހުންނަ ފަސޭހަ، އަދި އަޅައިގެން ހުންނަތާ ގިނައިރުތަކެއްވި ނަމަވެސް އުނދަގޫ ނުވާ މާސްކެކެވެ.

"ލިބޭ" އިން ވިއްކާތަކެތި ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް އެކުންފުނިން އެދެއެވެ.

ތެރޭގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ހާއްސަ މާސްކްގެ އިތުރުން، ސެނެޓައިޒާ ވެސް ހިމެނެއެވެ.

"ލިބޭ" އިން ވިއްކަމުން ގެންދާ ސެނެޓައިޒާތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލް އުފެއްދުމަކީ އީރާ ބްރޭންޑްގެ ސެނެޓައިޒާ އެވެ. މިބާވަތުގެ ސެނެޓައިޒާ އިން ވަރަށް މީރު ވަހެއް ދުވަހެވެ.

"ލިބޭ" އިން ވިއްކާތަކެތި އިތުރު އަގަކާއި ނުލާ މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ވެސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.