މާސްކް ފަހަން ބޭނުން ކުރާ ތަކެތީގެ އަގު، އެތަކެތި ވިއްކާ މާލޭގެ ވަރަށް ގިނަ ފިހާރަތަކުން ބޮޑުކޮށްފައިވާ ކަމަށް މާސްކް ފެހުމުގެ މަސައްކަތް ކުރަމުން ގެންދާ މީހުން ބުނެފިއެވެ.

މާސްކް ފެހުމުގެ މަސައްކަތް ކުރަމުން އަންނަ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މާސްކް ފަހަން ބޭނުން ކުރާ ތަކެތީގެ ތެރެއިން ގިނަ ތަކެތީގެ އަގު ވަރަށް ގިނަ ފިހާރަތަކުން މިހާރު ބޮޑު ކޮށްފައިވާ ކަމަށެވެ.

"އެންމެ ބޮޑު ކޮށްފައި މިވަނީ ފޮތީގެ އަގު. ކުރިން 15 ރުފިޔާ އަށް ވިއްކި ފޮތި މުށެއް މިހާރު އެބަވިއްކާ 35 އަށް ނުވަތަ 37 އަށް ވެސް. ރަބަރާއި، ރޮދީގެ އަގު ވެސް ބައެއް ފިހާރަތަކުން ބޮޑުކޮށްފި. އެހެންވެ މާސްކް ވިއްކާ އަގު ވެސް މިހާރު މިވަނީ ބޮޑު ކުރަން ޖެހިފައި." އޭނާ ބުންޏެވެ.

މައުލޫމާތު ދިން އެހެން މީހަކު ވެސް ބުނީ މާސްކް ފަހަން ބޭނުން ކުރާ ތަކެތީގެ އަގު ފިހާރަތަކުން ބޮޑު ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް ހިތާމަވެރި ކަމެއް މިދަނޑިވަޅުގައި މިފަދަ ކަންތައް ކުރުން އެއީ. ނަމަވެސް އަގުބޮޑުކޮށް ތަކެތި ގަނެގެން އަގު ހެޔޮކޮށް މާސްކް ވިއްކުމަކީ އަޅުގަނޑުމެންނަށް ވެސް ކުރެވޭނެ ކަމެއް ނޫން ދެއްތޯ؟ ވަރަށް ކުޑަ މާޖިންއެއް ލާފައި އަޅުގަނޑުމެން ވެސް މާސްކް މިވިއްކަނީ." އޭނާ ބުންޏެވެ.

މާސްކް ފަހަން ބޭނުން ކުރާ އެއްޗެހީގެ އަގު ބޮޑުވުން ކުރިން 30 ރުފިޔާ އަށް ވިއްކި މާސްކް މިހާރު 40 ރުފިޔާ އަށް އަދި 40 ރުފިޔާ އަށް ވިއްކި މާސްކް 50 ރުފިޔާ އަށް ބޮޑުކުރަން ޖެހިފައިވާ ކަމަށް މާސްކް ފަހާ މީހުން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ގެއިން ބޭރަށް ނިކުންނައިރު މާސްކް އަޅަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ. އެއާއި އެކު މާސްކަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަޓާސް

    ނޫސްތަކަށް އަގުބޮޑުވެގެން ތިފެނުނީ މާސްކު ފަހާ ފޮތިކޮޅު އެކަނި. ނަސީބެއްނު އަގޮބޮޑުކޮށްފައިރި ތަކެތި ނޫސްވެރިންނަށް ނުކެވޭކަން. އަހަރެމެން ރާއްޖެތެރޭމިހުން މިދިޔަ ރަމަޟާން މަހު ޅަހަނޑޫ ބަސްތާއެއް ގަތީ 200.00 އަށް. މަލެ އެތެރޭ ފިހާރަ ތަކުން ގަނެގެން ކެއީ 110.00 އަށް. ލޮކް ޑައުން ކުރުމުގެ ކުރިން ތަކެތީގެ އަގު ހިކިކާނާ އަށް ކިއުނު ހުރިހައި މުދަލެއް އެހެރީ އަގު ބޮޑުކޮށްފައި. ރައްޔިތުން އަތްމަތި ދަތިވި ވަރަކަށް މުދަލުގެ އަގުވީބޮޑު އިކޮނޮކިކަށް ފެނުނީ ހަތަރު ބާވަތެއް އަގު ބޮޑިކަމަށް. ނޫސްތަކަށް ފެނުނީ އެންމެ އައިޓަމެއް އަގު ބޮޑުވީކަމަށް. ސަރުކާރަކުންވެސް ރައްޔިތުންގެ ޙާލަށް ބަލަފައި މުދަލުގެ އަގާ ގުޅިގެން އެޅުނުފިޔަވަޅެއްނެތް. ރަށްރަށުގައި ކާތަކެތި ހުރިތޯ ބެލުނީމާ ނިމުނީ. ރައްޔިތުން ފެލަމުން ގެންދާވަރު ބެލުމަކީ ސަރުކާރުން ބަލަން ބޭނުންވާ ކަމެއްނުން. ގުދަން ތަކުގައި ހުރި މުދާތަޢް އެއްފަހަރާ ނަގައިގެން ބޮޑުއަގުގައި ވިއްކަމުން އެތިބަގެންދަނި. އަދިވެސް އަދިވެސް. ދިވެހިޤައުމަށް އަންނަ ކޮންމެ ދަތިޙާލަކީ ބަޔަކު މުއްސަނދި ވުމަށް ދިވެހިސަރުކަރަށް ދޭންލިބޭ ހަދިޔާއެއް ކަމުގައި ވެގެންނޫވާނެ.

  2. އާދަމުގެދަރި

    ތީ ހަމަ ރަނގަޅު ވާހަކައެއް. މާސްކު ފަހަން ބޭނުންކުރާ ބައެއް އެއްޗިއްސަކީ މީގެ ކުރިން ހޯލްސޭލް އަގުގައި ވިއްކި ތަކެތި. އެކަމަކު މިހާރު ވިއްކަނީ ވަކިވަކިން އަގު ބޮޑުކޮށް. އަދި ހޯލްސޭލް ކުރަނީވެސް ވަކިން ވިއްކާ އަގުގައި.

  3. ާސރފ

    އެއީ ދެރަކަމެއް ނޫނެއްނު. ފަހާ އެއްޗެހި އަގުބޮޑުވީނަ ފަހާ މީހުނަށް ދެން ރަނގަޅެއްނު އޭރުން އެއްޗެހި އަގުބޮޑުކޮން ވިއްކޭނެޔެނު. މާސްކުގެ އަގުތައްވެސް ދެން އަރައިގެން ހިގައިދާނެ. ތިޔަ މާސްކުގެ އަގުތައްވެސް ދެން އަރައިގެން ދާނީ ކަނޑޫދޫ މިރުހެކޭ އެއްގޮތައް. އެއިރަކު ވައިގަ ހިފައިފި އެއްޗެއްވިއްޔާ ވާނެ އަގުބޮޑުކޮން ވިއްކަން.