ރާއްޖެއަށް ފެންވަރު ރަނގަޅު މޮޅު އުފެއްދުންތައް ތައާރަފް ކުރަމުން އަންނަ ވީ.އޭ.ވީ ޕްރައިވެޓް ލިމިޓެޑުން އަނެއްކާވެސް އާ ޕްރޮޑަކްޓެއް ރާއްޖޭގެ މާކެޓަށް ނެރެފިއެވެ. މީގެކުރިން ތައާރަފްކުރި ފެނާ މިކްސް ކޮށްގެން ގިރާ މަރަކާ ޖޫސް ވަނީ ދިވެހިންގެ މަގުބޫލުކަމާއި އިތުބާރު ހޯދައިފައެވެ. މިފަހަރު ތައާރަފް ކޮށްފައިވާ ބުއިމަކީ ވަގުތުން ބޯލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕޭޕަ ބޯޓް (Paper Boat) ޖޫހުގެ ވައްތަރު ތަކެވެ.
ޕޭޕަ ބޯޓް ޖޫހަކީ އިންޑިއާގެ އުފެއްދުމެކެވެ. ގުދުރަތީ މާއްދާތަކުން ތައްޔާރު ކޮށްފައިވާ މި ޖޫހަކީ ޕްރިޒަވޭޓިވްސް އަދި އަޓިފިޝަލް ކުލަތައް ނުލާ އުފައްދާފައިވާ ބުއިމެކެވެ. މި ބުއިމަކީ މޭވާގެ އަސްލު ތާޒާ ރަހަ ލިބޭނެހެން، ހަށިގަނޑަށް ފައިދާ ހުންނާނެހެން ވަރަށް ސާފު ތާހިރުކޮށް ފެންވަރު ރަނގަޅު ޕެކިންއެއްގައި ބަންދު ކުރެވިފައި ހުންނަ ޕްރޮޑަކްޓް ތަކެކެވެ. މި ޕްރޮޑަކްޓް ތަކަކީ ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭނެ ފައިދާ ހުރި ބުއިންތަކެކެވެ.
މި ޖޫހުގެ އެކިއެކި ފްލޭވަތައް ވީ.އޭ.ވީ އިން ރާއްޖެއަށް ތައާރަފް ކުރަމުންދާނެއެވެ. އޭގެ ތެރޭގައި ml150 ، ml180 ވަނީ ވަރަށް ޚާއްސަކޮށް ކުޑަކުދިންނާއި ޒުވާނުންނާ ގުޅޭ ގޮތަށް ފަރުމާކޮށްފައެވެ.
https://www.facebook.com/110814263749220/posts/174830664014246/
ޕޭޕަ ބޯޓްގެ ކޮންމެ ފްލޭވަ އެއްގައިވެސް ވަރަށް ތަފާތު، ތާޒާ މީރު ރަހައެއް އެކުލެވިފައިވެއެވެ. މިއީ ސްކޫލް އިންޓަވަލް ގަޑިއަށް އަދި ދަތުރުދާއިރު ބުއިމަށް އަދި ޕާޓީތަކުގައިވެސް ބޯލަން ވަރަށް ހިތްގައިމު، މީރު ބުއިމެކެވެ.
https://www.facebook.com/110814263749220/posts/174592640704715/
މިޖޫސް ހޯލްސޭލްކޮށް ބައްލަވައިގަތުމަށް ވީ.އޭ.ވީ ޕްރައިވެޓް ލިމިޓެޑް (7335151) އިން ލިބޭނެއެވެ. ވައިބަ އިންވެސް ހޯލްސޭލް އޯޑަރު ބަލައިގަނެވޭނެއެވެ. އަދި މީގެ އިތުރުން ތިރީގައިވާ އައުޓްލެޓްތަކުންވެސް ލިބެން ހުންނާނެއެވެ.
ވަރަށް މީރު އަންނާރު ޖޫސް. މީގެ ދެއަހަރުކުރިން އިންޑިއާއިން ތި ޖޫސް ބުއިން. .
އިންޑިޔާގެ ބިގް ބާޒާރުގަ އެކަނި މިޖޫސް ކުރިން ލިބެނީ. މެންގޯ ފްލޭވާރ ވަރަށް ސަޅި . ކާންޓް ވެއިޓް
ލިޗީ ވ.މީރު. އިންޑިޔާގަ އުޅުންއިރު ވ ގިނައިން ބޯއެއްޗެއް. ބެސްޓް