ކެނެޑާގެ ޑި ހަވިލޭންޑް އެއާކްރާފްޓް އޮފް ކެނެޑާ ލިމިޓެޑުގެ އެންމެ އިތުބާރު ކުރެވޭ އެއާލައިންގެ އެވޯޑު މޯލްޑިވިއަނަށް ލިބިއްޖެއެވެ.
"އެއާކްރާފްޓް ރިލެއިބިލިޓީ އެވޯޑް 2019" ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނަށް ލިބުނީ ބަރާބަރަށް ގަޑިއަށް ފުރާ އެއާލައިނަކަށްވާތީއެވެ.
މި އެވޯޑް މޯލްޑިވިއަން އަށް ލިބިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މި އެ ވޯޑް ދީފައި ވަނީ 100-300 ދެމެދުގެ މަރުކާގެ ފްލައިޓުތަކުގެ ގިންތީން އޯޝިއާނާ ރީޖިއަނުން ހޮވާލެވުނު އެއާލައިނެއްގެ ގޮތުގައެވެ.
މޯލްޑިވިއަން އަށް މި އެވޯޑް ލިބިފައި ވަނީ ޑޭޝް-8 ގެ ކެޓަގަރީންނެވެ. މި އެވޯޑް ސިން ޑި ހަވިންލޭންޑުން ބުނެފައިވާ ގޮތުގައި ޑޭޝް-8 މަރުކާގެ ބޯޓުފަހަރަކީ ތެޔޮ ހަރަދު ކުޑަ ބޯޓުތަކެކެވެ.
ޔޫރަޕް ރީޖަނުގެ އެއާލައިންތަކުގެ ތެރެއިން މި އެވޯޑް ހާސިލް ކޮށްފައި ވަނީ، ވިޑޮރެސް ފްލައިވެސަލްސްކެޕް އެއާލައިނުންނެވެ. މީގެ އިތުރުން އޭޝިއާ ޕެސިފިކު ސަރަހައްދުގެ އެންމެ ރިލައިބަލް އެއާލައިނަށް އޭއެންއޭ ވިންގްސް ހޮވުނުއިރު އެފްރިކާ އަދި މިޑްލްއީސްޓުން ހޮވިފައިވަނީ ޖަމްބޯ ޖެޓްއެވެ.
މޯލްޑިވިއަން އަންނަނީ މިހާތަނަށް އައި އިރު ވައިގެ ދަތުރުފަތުރު ކުރުމުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19ގެ މބަލިމަޑުކަމުގެ ހާލަތުގައިވެސް މި ސަރަހައްދުގައިވެސް ބަރާބަރަށް ދަތުރުތައް ކޮށްފައިވާ އެއާލައިނެއްގެ ގޮތުގައި މޯލްޑިވިއަން ވަނީ ފާހަގަވެފައެވެ.
ތި އެވޯޑް ދިން ބަޔަކަށް ނޭންގުނަސް މޯލްޑިވިއަންހާ "ގަޑިއަށް ފުރާ" އެެއާރލައިނެއް ނޯންނާނެ ކަން އަހަރުމެން ހުރިހާ ދިވެހިންވެސް ދަންނަން.
?