އަގުހެޔޮކޮށް ތަފާތު މުދާ ވިއްކުމުގެ އާއްމުންގެ މެދުގައި މަގުބޫލްކަން ހޯދާފައިވާ "ލިބޭ" އިން ލިކްއިޑް ސެނެޓައިޒާ ވިއްކަން ފަށައިފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެކުންފުނިން 200 އެމްއެލް އައި 300 އެމްއެލްގެ ސެނެޓައިޒާ ވިއްކަން ފަށާފައިވާ ކަމަށެވެ.

"ވަރަށް ގިނަ މީހުން ބޭނުންވޭ ލިކްއިޑް ސެނެޓައިޒާ. އެހެންވެ މިހާރު އަޅުގަނޑުމެން މިވަނީ އެބާވަތުގެ ސެނެޓައިޒާ ވިއްކަން ފަށާފައި. 200 އެމްއެލް 120 ރުފިޔާ އަށް އަދި 300 އެމްއެލް 150 ރުފިޔާ އަށް އަޅުގަނޑުމެން ވިއްކަމުން މިގެންދަނީ." އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން "ލިބޭ" އިން މިހާރު ވަނީ ސިނަމަންގެ މީރުވަސް ދުވަސް ސެނެޓައިޒާ ޖެލް ވެސް ވިއްކަން ފަށާފައެވެ. 60 އެމްއެލްގެ ސިނަމަން ވަސް ދުވާ ސެނެޓައިޒާ ޖެލް ފުޅިއެއް ވިއްކަނީ 50 ރުފިޔާ އަށެވެ.

"ލިބޭ" އިން ވިއްކާ ތަކެތީގެ ތަފްސީލް 9759452 ނަމްބަރު ފޯނުންނާއި "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން ލިބޭނެއެވެ.

"ލިބޭ" އިން ގެންދަނީ "އިރާ" ބްރޭންޑާއި "މެކްސް ޕްރޮޓެކްޓް" ބްރޭންޑްގެ ސެނެޓައިޒާ ވެސް ވިއްކަމުންނެވެ. "އިރާ" ބްރޭންޑްގެ ސެނެޓައިޒާ އަކީ ވަރަށް މީރު ވަހެއް ދުވާ ސެނެޓައިޒާ އެކެވެ.

"އިރާ" ބްރޭންޑްގެ ސެނެޓައިޒާގެ 25 އެމްއެލް އާއި 500 އެމްއެލްގެ ފުޅި މިހާރު ލިބެން ހުންނާނެއެވެ. "އީރާ" ބްރޭންޑުގެ މި ސެނެޓައިޒާގެ 25 އެމްއެލް ފުޅިއެއް ވިއްކަނީ 40 ރުފިޔާއަށެވެ. އަދި 500 އެމްއެލް ފުޅިއެއް ވިއްކަނީ 250 ރުފިޔާއަށެވެ. "މެކްސް ޕްރޮޓެކް" ބްރޭންޑްގެ 500 އެމްއެލްގެ ސެނެޓައިޒާ ފުޅިއެއް "ލިބޭ" އިން ވިއްކަނީ 130 ރުފިޔާ އަށެވެ.

"ލިބޭ" އިން ވިއްކާ ތަކެތި މާލެއާއި ހުޅުމާލެ ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.