ސްކޫލް ކުދިންނަށް ހާއްސަކޮށް އުފައްދާފައިވާ މާސްކް "ލިބޭ" އިން ހޯލްސޭލްކޮށް ވިއްކަން ފަށާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ސްކޫލް ކުދިންނަށް ހާއްސަކޮށް އުފައްދާފައިވާ މާސްކް މާލެ އާއި އަތޮޅުތަކަށް ވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މާލެ އިން މާސްކް ބައްލަވައި ގަންނަވާ ފަރާތްތަކަށް މާސްކް ޑެލިވަރީ ކޮށްދޭނެއެވެ. އަދި އަތޮޅުތަކުން މާސްކް ބައްލަވައި ގަންނަވާ ފަރާތްތަކަށް މާސްކް ފޯރުކޮށްދިނުމަށް މާލޭ ބަނދަރުގައި އޮންނަ ބޯޓާއި ހަމައަށް މާސްކް ގެންގޮސްދޭނެއެވެ.

"ލިބޭ" އިން ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ވިއްކާ މާސްކަކީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ މާސްކެވެ.

"އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ ސްކޫލް ކުދިންނަށް ހާއްސަ މާސްކް ހުންނަން ވާނީ ވަކި ހާއްސަ މިންގަނޑަކަށް ކަމަށް. އެމިންގަނޑަށް އަޅުކަނޑުމެންގެ މާސްކް ފެތޭނެ." ލިބޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ލިބޭ" އިން ވިއްކާ މާސްކް މާސްކު ހެދުމަށް ބޭނުންކޮށްފައުވާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ، ނޭވާލާން ފަސޭހަ ފޮއްޗެއް ކަމަށެވެ. އަދި މާސްކުގެ ބޭރު ފަށަލަ ހަދާފައި ހުންނާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާ ގޮތަށް ކަމަށާއި ބާރު ނުވަތަ ދޫވެގެން އަބަދު އަބަދު އަތްލާ ރަނގަޅުކުރަންޖެހޭ ފަދަ މާސްކަކަށް އެކުންފުނިން ވިއްކާ މާސްކްތައް ނުވާނެ ކަމަށެވެ. އޭގެ އިތުރުން މާސްކު ފަހާފައި ހުންނަންވާނީ ތިން ފަށަލަ ނުވަތަ ލޭޔާ ހުންނަ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މާސްކްގައި ފިލްޓަރ ވެސް ހުންނާނެއެވެ.

"ލިބޭ" ގެ އޮފިޝަލް ވިދާޅުވީ ސްކޫލް ކުދިންނަށް ހާއްސަކޮށް އެކުންފުނިން ވިއްކާ މާސްކްތަކުގައި އެއްވެސް ޑިޒައިނެއް ނުހުންނާނެ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް އަންގާފައި ވަނީ ސްކޫލް ކުދިން އަޅާ މާސްކްތަކުގައި އެއްވެސް ޑިޒައިނެއް ނުބެހެއްޓުމަށެވެ.

"ލިބޭ" އިން ސްކޫލް ކުދިންނަށް ހާއްސަ މާސްކް ރީޓެއިލް ކޮށްވެސް ލިބެން ހުންނާނެއެވެ.

"ލިބޭ" އިން ވިއްކާ ތަކެތީގެ ތަފްސީލް 9759452 ނަމްބަރު ފޯނުންނާއި "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން ލިބޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން "ލިބޭ" ފޮތި މާސްކާއި ސެނެޓައިޒާ ވެސް ގެންދަނީ ވިއްކަމުންނެވެ.