ބޭންކް އޮފް މޯލްޑިވްސް އިން މާލޭގައި އިތުރު އޭޓީއެމް ސެންޓަރެެއް މިއަދު ހުޅުވައިފިއެވެ.

މި ސެންޓަރު ހުންނާޏީ މ.ސްޓަރ ކްލައުޑް (ކުރީގެ ސްޓަރ ސިނަމާ) އިމާރާތުގައެވެ.

ބީއެމްއެލް އިން ބުނީ، މާލޭގެ މައި ސަރަހައްދެއްގައި ހުޅުވިގެން މިދިޔަ ސްޓަރ އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނެެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ، އެ ސެންޓަރުގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި، އެތަނުގައި ތިން އޭޓީއެމް ހުންނާނެ ކަމަށެވެ. އަދި އެ ސެންޓަރުން 24 ގަޑިއިރު ހިދުމަތް ދޭނެ ކަމަށްވެސް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

މި އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ހުޅުވިގެންދިޔަ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަކީ މުޅި ރާއްޖެއަށް ބޭންކިންގ ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރެވެމުންދާ އިންވެސްޓްމަންޓްގެ ދަށުން ގާއިމްކުރެވުނު އޭޓީއެމް ސެންޓަރެއް ކަމަށެވޭ.

"ބޭންކިންގ ހިދުމަތް ހޯދުމަށް ބްރާންޗަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި މި ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހައިން ބޭނުން ވަގުތެއްގައި ބޭންކިންގ ހިދުމަތް ހޯދޭނެ. މިދިޔަ ހަފްތާގައި އަޅުގަނޑުމެންވާނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން 4 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާކަން ހާމަކޮށްފައި، އުއްމީދަކީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި މި އޭޓީއެމްތައްވެސް އިތުރުކުރެވިގެންދިޔުން.". އޭނާ ވިދާޅުވިއެވެ.މުޅި ރާއްޖެ

ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 56 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 119 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަޖީދީމަގު ބުރާންޗް

    މަޖީދީމަގު ބުރާންޗް ބަންދުކޮށް އެތާހުރި އޭޓީއެމްތައް ތިތަނަށް ބަދަލުކުރީމަ ހާދަފުޅައެކޭތިކުރީ...

  2. ދަރަނި ދަންތުރަ

    ގޯހެއްނޫން މާލޭ އިރުމަތިން އާޓިފިސަލް ބީޗު ސަރަހައްދު ، މާލޭ ހުނޅަގުން ރަސްފައްނު ސަރަހައްދު އޭ ޓީ އެމް ހިދުމަތް ލިބޭ...

  3. ޑިރާސާ

    މބްރިޖު ކައިރީ އޭޓީއެ މް އަކާއި ފިއުލް ޝެޑެއް، ރެސްޓޯރަންޓެއް އަޅަން ފެނޭ،