މާބޮޑަށް ފަލަވެ ސިފަގެއްލޭ ފަހުން އެންމެ ބޭނުންވާ ބަދަލު ހަށިގަނޑަށް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އެ ބަދަލު ގެނައުމަށް އެތައް ދުވަހެއް ވަންދެން ގިނަ މަސައްކަތްތަކެއް ކޮށްގެންވެސް ކާމިޔާބު ވަނީ ހާލަކުން މަދު ފަހަރެއްގައެވެ. ނަމަވެސް "ލިބޭ އޮންލައިން" އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ "ލޭންސްލޭ ސްލިމިންގް ކޮފީ ޕްލަސް" އަކީ، ބަރުދަން ލުއިކުކޮށް ބައްޓަން ރީތިކުރަން އެދޭ މީހުންނަށް ލިބިގެންދިޔަ އާ އުންމީދެކެވެ.

ދިވެންގެ މެދުގައި މަޤުބޫލު މި ކޮފީއަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ، ދުނިޔޭގައި ވެސް ނަންހިނގާ އުފެއްދުމެކެވެ. މި އުފެއްދުމުގެ އެންމެ ޚާއްސަ ސިފައަކީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ލުއިކޮށްދީ، ހަށިގަނޑުގައި އިތުރަށް ހުންނަ ފެޓްސް ދުއްވާލައި ދުޅަހެޔޮކޮށްދޭ ކަމެކެވެ.

ލޭންސްލޭ ކޮފީ ތަޖުރިބާ ކޮށްފައިވާ "ލިބޭ"ގެ ބައެއް ކަސްޓަމަރުން މީގެ ކުރިންވެސް ވަނީ މި ޕްރޮޑަކްޓުން ބޭނުންކުރަން ފެށުމުން އަންނަ ހެޔޮ ބަދަލުގެ ވާހަކަ ޙިއްސާކޮށްފައެވެ. މިއީވެސް އެފަދަ ޒުވާނެއްގެ ވާހަކައެވެ.

އުމުރުން 18 އަހަރުގެ މި ޒުވާނާ ބުނެފައިވާ ގޮތުން އޭނާގެ ބަރުދަނުގައި މީގެ ކުރިން 104 ކިލޯ ހުއްޓެވެ. އެތައް ދުވަހެއްގެ މަސައްކަތުންވެސް ބަރުދަން ލުއިކުރުމަށް ގިނަ މަސައްކަތް ކޮށް ޚާއްސަ ޑައިޓްތައް ކުރުމާއެކު ކަސްރަތު ކޮށްގެންވެސް އެކަމަށް ކާމިޔާބު ނުލިބި ވަނިކޮށް އޭނާ ވަނީ ލޭންސްލޭ ކޮފީގެ އަޖުމަ ބަލާފައެވެ.

"އާދަކޮށް ލޭންސްލޭ ކޮފީ ބޯތާ މިވީ އަދި ހަފްތާއެއް. އެނގިފެނިގެން ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަކަން މިހާރު ފާހަގަކުރެވޭ. މީގެ އެއް ހަފްތާ ކުރިން ބަރުދަނުގައި 104 ކިލޯ ހުރިއިރު، މިހާރު 100 ކިލޯއަށް ބަރުދަން ލުއިވެއްޖެ. މިއީ ހަޤީޤަތުގައި ވެސް މިފަދަ އެހެން ޕްރޮޑަކްޓުތަކާއި އަޅާބަލާއިރު މޮޅު، އިތުބާރު ހުރި ކޮފީއެއް،" ޒުވާނާ ކިޔައިދިނެވެ.

އޭނާ ބުނެފައިވާ ގޮތުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑަށް އަންނަމުންދާ ހެޔޮ ބަދަލާއެކު މިހާރު އުންމީދުކޮށްގެން ހުރީ ދާދި އަވަހަށް ބަރުދަން 80 ކިލޯއަށް ލުއި ކުރުމަށް ކަމަށެވެ. އަދި އެކަން ހާސިލްވާން އޮތް ގޮތަކީ ލޭންސްލޭ ކޮފީ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނާގޮތުން ބަރުދަން ލުއިވަނީ ހަމައެކަނި ކޮފީ ބޮއެގެން ނޫން ކަމަށާއި، ކޮފީ ބުއިމުން ބަރުދަން ލުއިކުރުމަށް އިތުރު ހިއްވަރެއް ލިބިގެންދާ ކަމަށެވެ. މިގޮތުން ކެއުމުގެ ވަކި މިންގަނޑެއް ހިފަހައްޓައި ދިނުމަކީ މި ކޮފީގެ އެންމެ ބޮޑު އެއް ސިއްރު ކަމަށް އޭނާ ބުނެއެވެ.

"ހަމައެކަނި ކޮފީ ބުއިމެއް ނޫން މުހިންމީ. މި ކޮފީއަކީ ބަރުދަން ލުއިކުރުމަށް ލިބޭ އެހީއެއް. އެއާއެކު ކާހިތްވިޔަސް ކެއުން މަދު ކުރަން އަމިއްލައަށް މަސައްކަތް ކުރަން ޖެހޭނެ. އިރުއިރުކޮޅާ ކާހިތްވުމުގެ މައްސަލައަށް އަހަންނަށް ހައްލެއް ލިބިގެންދިޔައީ މި ކޮފީ ބޯން ފެށި ފަހުން،" އޭނާ ބުންޏެވެ.

މީގެ ކުރިން އާދަކޮށް ކަސްރަތު ކޮށްގެންވެސް ހަށިގަނޑާއި ބަރުދަނަށް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވާކަން ފާހަގަކޮށް އޭނާ ބުނީ، މި ކޮފީ ބޭނުންކުރުމާއެކު ޤަވާއިދުން ކަސްރަތު ކުރާނަމަ ޔަޤީނުންވެސް ހަށިގަނޑަށް އަންނަ ބަދަލު މަދު ދުވަސްކޮޅެއްގެ ތެރޭގައި އިހުސާސް ކުރެވެން ފަށާފަނެ ކަމަށެވެ.

ބޭނުންވާ ވަރަށްވުރެ އިތުރަށް ކެވުމާއި ކާވަގުތުތަކަށް ސަމާލުކަން ނުދެވުމަކީ ހަށިގަނޑަށް ނޭދެވޭ ބަދަލު އައި ފަލަވެ ސިފަ ގެއްލެން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. ހަށިގަނޑުގެ ބަރުދަން ލުއިކޮށް ބައްޓަން ރީތި ކުރުމަށް ލޭންސްލޭ ކޮފީގެ ދައުރަކީ، އިތުރަށް ކެވޭ ކެއުންތަކާއި ދުރުކޮށްދީ އެކަމަށް އެހީއަކަށް ވުމެވެ. މިގޮތުން މާގިނައިން ކާހިތްވުމާއި ރޭގަނޑާއި ދަންވަރު ހައިހޫނުވުންފަދަ މައްސަލަތަކަށް މި ކޮފީން ޙައްލު ގެނެސްދީފައިވާ ކަމަށް ލޭންސްލޭ ކޮފީ ތަޖުރިބާކޮށްފައިވާ ގިނަ ބަޔަކު ބުނެއެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

އެހެން ބައެއް ޑައެޓް ޕްރޮޑަކްޓުތަކާއި ޚިލާފަށް، ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭ އަދި ސިއްހަތަށް ގެއްލުން ނުވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކޮފީއެއްވެސް މެއެވެ. މި ކޮފީގައި ވިޓަމިންސް އާއި ހަށިގަނޑުގެ ބަރުމިން ދަށްކޮށްދިނުމަށް އެހީއަކަށްވާ ކްރޯމިއަމް ޕިކޮލިނޭޓް އާއި ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ކާނައިޓައިންގެ އިތުރުން ފައިބާ އާއި ފަތްޕިލާވެއްޔާއި ގަސްތަކުގެ މުލުން ނަގާފައިވާ ހަށިގަނޑަށް ފައިދާކުރަނިވި މުޙިންމު ގިނަ މާއްދާތައް އެކުލެވިގެން ވެއެވެ. މި ބައިތަކުގެ ސަބަބުން ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށް އެހީއަކަށް ވެގެން ދެއެވެ.

އެކި މީހުންނަށް މައްސަލަތަކާއި ކުރިމަތިވެފައިވާ މިންވަރަށް ބަލައި، މި މިންގަނޑު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާދަކޮށް ކޮންމެ ދުވަހަކު މެންދުރާއި ރޭގަނޑު ކެއުމުގެ ކުރީން މި ކޮފީ ބުއިމަކީ ރަނގަޅު ގޮތެވެ. މިއިން ކޮންމެ ވަގުތެއްގައިވެސް ކެއުމުގެ 20 މިނެޓު ކުރިން "ލޭންސްލޭ - ސްލިމިންގް ކޮފީ" ތައްޓެއް ބުއިމަކީ އެދެވިގެންވާ ގޮތެވެ. ބޭނުން ނަމަ ދުވާލަކު އެއް ފަހަރުވެސް މި ކޮފީ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ހަތަރު ފަހަރަށްވުރެ ގިނައިން ދުވާލަކު މި ކޮފީ ބުއިން ރަނގަޅެއް ނޫނެވެ.


ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ލޭންސްލޭ" ބްރޭންޑުގެ "ސްލިމިންގް ކޮފީ"ގެ ދިހަ ޕެކެޓް ހިމެނޭ" ފޮށި މިހާރު "ލިބޭ" އިން ލިބެން ހުރިއިރު، އެފަރާތުން މި ފޮށި ވިއްކާ އަގަކީ 150 ރުފިޔާއެވެ. އަދި މިހާރު "ލިބޭ" އިން އަންނަނީ މި ކޮފީގެ ފަސް ފޮށި ގަތުމުން އިތުރު ފޮއްޓެއް ހިލޭ ލިބޭ ޕްރޮމޯޝަނެއްވެސް ކުރިޔަށް ގެންދަމުންނެވެ.

މި ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9946822 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ" އިން އެދެއެވެ. އަދި "ލިބޭ" ފޭސްބުކް ޕޭޖް އާއި ވެބްސައިޓު މެދުވެރިކޮށްވެސް މި ކޮފީގެ މަޢުލޫމާތު ހޯދައި އޯޑަރުކޮށްލެވޭނެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.


ނޯޓް: މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުން މިކޮފީ އާއި ހޮޓްޗޮކްލެޓް ބޭނުން ކުރަން ވާނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެންނެވެ. ޑައިޓް ކޮފީ ހިމެނޭހެން އެއްވެސް ކޮފީއެއް ބޮޑެތި ބަލިތައް ކަމަށްވާ ހަކުރު ބަލި، ކެންސަރު، ލިވާގެ ބަލިތައް، ކިޑްނީ މައްސަލަ، ތައިރޮއިޑް މައްސަލަ ހުންނަ މީހުން ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން ބޮޑު ބައްޔަކަށް ބޭސް ކުރާ ފަރާތަކުން މިފަދަ ކޮފީއެއް ބޭނުން ކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަލަ މީހާ

    ބަލާ ބެލުމަށް ތި ޒުވާނާގެ ބަރުދަނުގައި 250 ކިލޯ ހުންނާނެހެން ހީވަނީ،

    17
    11
  2. ާއިބަ

    އަހަރެން ހިއްކާލިން ކަސރަތު ކޮއްގެން 87 ކުން
    70 އަށް

    27
    1
  3. ޢައިމިނަ

    މިލިޔުން އިތުރަށް ފުރިހަމަ ވާނެ ކުރީގެ ފޮޓޯއެއް ލީނަމަ

    21
  4. ސޫޒަ

    ސީދާ ބުހުތާން ދޮގެއް

    26
    1
  5. އާދަނު

    މަމިއޮށްގެން ހިކެނީ ފެން ވަރާލައިގެން ފެންނުހިއްކާ އަވީތެރޭގަ ހުރީމަ

    20
    1