ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށް ހާއްސަކޮށް، ރާއްޖޭގެ ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ޝީޝާގެ ސާވިސް ސެންޓަރުތަކުން ހާއްސަ އޮފަރއެއް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

މިއީ ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޝީޝާއިން ދޭ އޮފަރއެކެވެ. ސާވިސް ސެންޓަރުތައް ހިންގާ، މާލެ ހުޅުމާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީގައ،ި ޝީޝާއިން ވިއްކާ ހޮންޑާ ބްރޭންޑްތަކުގެ ސައިކަލުތައް ގެންގުޅޭ ފްރަންޓްލައިން ސްޓާފުންނަށް މި އޮފަރގައި ލިބިގެންދާނެއެވެ.

"އެހެން ތަންތަނުގައި ގަނެފައި ހުރި ހޮންޑާާ ބްރޭންޑްގެ ސައިކަލުތައް ސާވިސްކޮށްދެމުން އަޅުގަނޑުމެން މި ދަނީ.". ޝީޝާގެ އިން ބުންޏެވެ.

"މިއީ އަޅުގަނޑުމެން ތިޔަބޭފުޅުންގެ ހިދުމްތަތަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ދޭން ނިންމި އޮފަރއެއް. އެގޮތުން ހުރިހާ ވެރިފައިޑް މެޑިކަލް ޕްރޮފެޝަނަލުންނާއި، ފަސްޓް ރެސްޕޮންޑާސް ސްޓާފުންގެ ތެރޭގައި ހިމެނޭ، ޑޮކްޓަރުންނާއި ނަރުހުންނާއި، ހޮސްޕިޓަލް ސްޓާފުންނާއި، އެންއީއޯސީ ސްޓާފުންނާއި، ވޮލެންޓިއަރުންނާއި، ފުލުހުންނާއި، އެމްްއެންޑީއެފްގެ އޮފިޝަލުންނާއި، 15 އިންސައްތަ އެކްސްލޫސިވް ޑިސްކައުންޓް ލިބިގެންދާނެ، ޝީޝާގެ ސާވިސް ސެންޓަރުތަކުން 500 ރުފިޔާއިން މަތިން ހޯދާ ހިދުމަތްތަކަށް" ޝީޝާ އިން ބުންޏެވެ.

މި އޮފަރ ލިބޭ ސްޓާފުން އަވަހަށް ބުކިންގ ހައްދަން ގުޅުންވީއެވެ. 3346632 އަށް ގުޅާލައގެން ނޫނީ 9643215 އަށް ވައިބަރ ކޮށްލަންވީ ވެލިޑް އެމްޕްލޯއީ އައިޑީ ނޫނީ ޑޮކިއުމެންޓް، ފުރިހަމަ ނަން، ފޯން ނަމްބަރު، ވެހިކަލް ނަމްބަރެވެ.

މި ބުކިންގ 10 ޖުލައި 2020 ގެ ކުރިން ހަދަން ޖެހޭނެއެވެ. އަދި 31 ޖުލައިި އާ ހަމައަށް ބޭނުންވާ ތާރީހެއްގައި ހިދުމަތަށް އެދެވިދާނެއެވެ.