ދުނިޔޭގެ އެންމެ މޮޅު އެލެކްޓްރޯސްޓެޓިކް ސްޕްރެޔަރ ހޯއްދެވުމަށް ރިއިންވެންޓް މޯލްޑިވްސްއިން މިހާރު ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 7779413 ނުވަތަ 9988904 އަށް ގުޅުއްވުމަށް ރިއިންވެންޓް އިން އެދިވަޑަިއގަންނަވައެވެ. އަދި ރިއިންވެންޓްގެ ފޭސްބުކްް ޕޭޖާއި ވެބްސައިޓު http://www.reinventmaldives.com/ އިން ވެސް އެ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އިލެކްޓްރޯ ސްޓެޓިކް ޑިސްއިންފެކްޝަންއަކީ އެލްކްޓްރޯސްޓެޓިކްކޮށް ޗާރޖްކޮށްފައިވާ މިސްޓް، ސާފުކުރަން ބޭނުންވާ ތަން ނުވަތަ ތަކެއްޗަށް ޖަހައިގެން ސާފުކުރުމެވެ.

މި ގޮތަށް ޑިސްއިންފެކްޓް ކުރާއިރު، ކުރިން އެއްކޮށްފައިވާ ވަކި ކަހަލަ ސޮލިއުޝަން އަކާއި، ވަޔާއި އެއްކުރުމަށް ފަހު އެ ސްޕްރެޔަރގެ އެތެރޭގައިވާ އެލެކްޓްރޯޑްއެއް ބޭނުންކޮށްގެން އެޓޮމްއިޒްކުރެއެވެ.

އެއަށް ފަހު، ޕޮޒިޓިވް ޗަރޖްޑް ޕާޓިކަލްސް ބޭނުންކުރުމުން ސާފުކުރަން ބޭނުންވާ ކޮންމެ ތަނެއްވެސް ސާފުކޮށްލެވެއެވެ.

އެލެކްޓްރޯސްޓެޓިކްސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސާފުކުރުން އާއްމުކޮށް ހުންނަ ބައްޓަންތަކާއި ޚިލާފު ބައްޓަމަށް ހުންނަ ތަކެތިވެސް މި މެތަޑް ބޭނުންކޮށްގެން ސާފުކޮށްލެވޭނެއެވެ.

އަދި އުނދަނގުލުން ނޫނީ އަތްނުފޯރާ ގޮތަށް ހުންނަ ތަންތަންވެސް އެލެކްޓްރޯ ސްޓެޓިކްސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑިސްއިންފެކްޓް ކޮށްލެވެއެވެ. ޗާޖްޑް ،މިސްޓްގެ ޒަރީއާއިން ސާފުކުރަން ބޭނުންވާ ތަން ނުވަތަ އެއްވެހީގެ ހުރިހާ ދިމާލެއްވެސް ޑިސްއިންފެކްޓް ކޮށްލެވޭނެއެވެ. އެެއީ ޑިސްއިންފެކްޓް ކުރަން ބޭނުންވާ ތަން ނުވަތަ އެއްޗެއްގެ އެއް ފަޅިއަށް ސްޕްރޭކުރި ކަމުގައިވީ ނަމަވެސްމެއެވެ.