ދިވެހިންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވަ ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ތައާރަފް ކޮށްފި އެވެ.

އެކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، އެ ފިހާރައިން ވިއްކާ ކުކުޅު ކޮށައިފައި(ކަރީ ކަޓް)ގެ އެކިސައިޒުތަކުން ލިބެން ހުންނާނެ ކަމަށެވެ.

ކަރީކަޓް ކުކުޅު ހޯލްސޭލް އަދި ރީޓެއިލް ކޮށްވެސް މިހާރު ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމަކީ ގޭ ބިސީތަކަށް އަދި ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުންކަން އޭނާ ވަނީ ފާހަގަކުރައްވާއެވެ.

"މިހާރު ތައާރަފް ކުރި ކަރީކަޓްގެ ތެރޭގައި ފްރޯޒަން ހުރިހާ ބާވަތެއްގެ ކަރީ ކަޓް ހުންނާނެ. އޭގެ މާނައަކީ މިހާރު ކޮންމެހެން ނުޖެހޭނެ އޭ މިސާލަކަށް ބައްލަވައިގަންނަވާ ކުކުޅު ބޮޑު ވެގެން ގޭ އަލަމާރިއަށް ނުލެވޭނެތީ ހާސްވާކަށް. ނޫނީ ބީފް ޓެންޑާ ލޮއިން ނުގަނެ ތިބޭކަށް ވެސް ނުޖެހޭނެއޭ. މިތަނުން ހަމަ ކަސްޓަމަރ ބޭނުން ވާ ސައިޒަތަކުން ކޮށާފައި މިހާރު ޕެކްކޮށްދޭނެ" ނަޝާތު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ހުރިހާ ސައިޒެއްގެ ކަރީ ކަޓް ތައާރަފް ކުރުމާއި ގުޅިގެން ވިޔަފާރި ވެރިންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވާނެ ކަމަށެވެ.

އަދި ކުކުޅު ކޮށައިގެން ވިއްކުމަށްޓަކާ ކުދި ވިޔަފާރިތަކުން އިތުރު ފައިސާ ޚަރަދުކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކަސްޓަމަރުންގެ ވަގުތާއި ފިހާރައިގައި މަސައްކަތް ކުރަން ތިބޭ ސޭލް މަނުންނަށް ވެސް އެކަމުގެ ސަބަބުން އެތައް ފަސޭހަތަކެއް ލިޭކަން އޭނާ ފާހަގަކުރެއެވެ.

މި ވަގުތުވެސް ކުކުޅު ފިހާރައިން ކަރީ ކަޓް 800 ގްރާމް އިން ފެށިގެން 1400 ގްރާމް އާއި ހަމައަށް ލިބެން ހުންނާނެއެވެ. މިއީ އަގުގެ ގޮތުން ބަލާނަމަ އެންމެ ހެޔޮ އަގުގައި ކުކުޅު ވިއްކާ އެއްތަނެވެ.

ކުކުޅު ފިހާރައަށް އާންމުންގެ ތާއީދު ބޮޑުވެ އީ- ޝޮޕް، އީ- ޝޮޕިންގ މޯލްއަކަށް ދާދިފަހުން ވަނީ ބަދަލުކޮށްފައެވެ.

މާލެ އަދި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި، ފިނިކުރި ކާބޯތަކެތި، ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ "ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް މުޅި ރާއްޖެއަށް ހޯލްސޭލްގެ ޚިދުމަތް ދޭން މިހާރު ވަނީ ފަށާފައެވެ/

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުކުޅު ފިހާރައިގެ ޚިދުމަތް އީ-މޯލް އަކަށް ފުޅާކުރަން ނިންމާފައި ވާއިރު، އޮންލައިންކޮށް ހޯލްސޭލްގެ ޚިދުމަތް ދޭ އިރު އެ ޚިދުމަތް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެއެވެ.

ކުކުޅު ފިހާރައިން މިހާރުވެސް ވިންއެންޑް ޝެއަރ ޕްރޮމޯޝަނެއް ކުރިއަށް ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު