މާލޭގައި ކަރަންޓް ޚިދުމަތް ދެމުން އަންނަ ސްޓެލްކޯ އިން މިފަހަރު ރަނގަޅަށް ރައްޔިތުން "ފެލާލައިފިއެވެ." ކުރިން ކަރަންޓް ބިލަށް އަރަމުން އައި އެވްރެޖް އަދަދަށް ވުރެ 100 ގުނަ ނުވަތަ 200 ގުނަ ބޮޑުކޮށް ބައެއް މީހުންނަށް މިހާރު ވަނީ ބިލް ދައްކަން ޖެހިފައެވެ.

ނަމަވެސް ސްޓެލްކޯ އިން ބުނީ މިހާތަނަށް ބެލި ބެލުމުން ކަރަންޓު ބިލް ބޮޑުވެފައިވަނީ ދެ ސަބަބަކާ ހުރެ ކަމަށެވެ. އެގޮތުން އެއް ސަބަބަކީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ދެމުން އައި ޑިސްކައުންޓު މިދިޔަ މަހު ކަނޑާލައިފައިވާތީ އާއި ލޮކްޑައުންގެ ސަބަބުން ގޭގައި ތިބޭލެއް އިތުރުވުމުންނެވެ.

ނަމަވެސް އެއީ ގިނަ ބަޔަކު ގަބޫލު ކުރާ ވާހަކައެއް ނޫނެވެ. އާއްމުންގެ މީހަކު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 ކުރިމަތި ވުމުގެ ކުރިން އޭނާގެ ކަރަންޓް ބިލަށް އަރަނީ 600 ރުފިޔާ ކަމަށާއި، ނަމަވެސް ޑިސްކައުންޓާއި އެކު 2500 ބިލަށް އެރި ކަމަށެވެ. އަދި ޑިސްކައުންޓް ކަނޑާލުމުން 2800 އަރާފައިވާ ކަމަށް އޭނާ ބުންޏެވެ.

އިތުރު މީހަކު ބުނީ ފުރަބަންދު ވެގެން ގޭގައި ތިބެން ޖެހުނު ނަމަވެސް މާބޮޑުތަނުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރު ނުވާ ކަމަށެވެ. "ގޭގައި އަބަދުވެސް ކޮންމެވެސް ބަޔަކު އުޅޭނެ ކުރިން ވެސް. އެއާކޯން ހުންނާނީ އަބަދުވެސް ޖައްސާފައި. ލައިޓްތައް ހުންނާނީ އޮންކޮށްފައި ކުރިން ވެސް. ފުރަބަންދު ވުމަކުން ވަކި އިތުރަށް ކަރަންޓް ބޭނުމެއް ނުކުރެވޭ. ނަމަވެސް ބިލް ވަނީ އާދަޔާއި ހިލާފަށް ބޮޑުވެފައި." އޭނާ ބުންޏެވެ.

އެހެން މީހަކު ބުނީ މިދިޔަ ދެއަހަރުދުވަހު ތެރޭގައިވެސް މިވަރުގެ ބޮޑު ކަރަންޓްބިލެއް ނާންނަ ކަމަށެވެ. "3 ގުނަ ޖައްސާލާފައި ހުރީ ޑިސްކައުންޓު ދީފައި އޭގެ ބަދަލު ހިފަލާފައި ތިއޮތީ ބޮޑުތަނުން ސާބަހޭ އޯގާތެރި ސަރުކާރު." އޭނާ ބުންޏެވެ.

"2019 ޑިސެމްބަރ، ޖެނުއަރީ ރަށުން މީހުން އައިސްގެން މިގޭ 3 ކޮޓަރި ޖާގަފުލްކޮށް 18 ވަރަކަށް މީހުން އުޅެމުން ދިޔަ. ކަރަންޓްބިލަށް އެރީ 2400 ކޮންމެވެސް ވަރެއް. ކޮވިޑް ހާލަތުގައި މި ދިޔަ މަހު މިގޭގަ އުޅުނީ 8 މީހުން. ކަރަންޓުބިލް 3500. ސަރުކާރުން ސަބްސިޑީ ދިން ބައި ރަގަޅަށް އަތުލާނެ. ރޯޔަލިސްޓުން ރަގަޅެއް ނުވާނެ." ވަގުތުގެ ޚަބަރަކަށް މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ.

ކަރަންޓް ބިލް ބައެއް މަސް މަހު އާދަޔާއި ހިލާފަށް ބޮޑުވުމުން މީގެ ކުރިން ވެސް ބައެއް މަސްމަހު އާއްމުންގެ ޝަކުވާ އިތުރުވެފައެވެ. ނަމަވެސް ސްޓެލްކޯގެ ޖަވާބަކަށް ވަނީ ކަރަންޓް ބިލް ބޮޑުވަނީ ގިނައިން ކަރަންޓް ބޭނުން ކުރާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. Anonymous

    އެއްވެސް ގެއެއްގެ ބިލު 10،000 ރުފިޔާއަށްވުރެ ދަށެއް ނޫން. ހަމަ ރަނގަޅަށްވެސް ފެލާލައިފި. ގިނައިން ކަރަންޓު ބޭނުންކުރަނީ ކުރާހިތަކުންނެއް ނޫން އެއީ އާންމުކޮށް ވަޒީފާގަ ގިނައިރު ހޭދަކުރި މީހުން ވަޒީފާއިން ވަކިކޮށް ގޭގަ ހުންނަން މަޖުބޫރުކޮށްފައިވާތީ. އަދި ސްކޫލަށް ކުރީގަ ދިޔަ ކުދިން ޓެލިކިލާސް ގޭގަ ބާއްވަން ޖެހޭ ހުސް ކަރަންޓު ދެއްތޯ. އިންކަމް ސްޕޯޓު އެލަވަންސް ވެސް އެއީ ބޮޑު ދުއްޕާނެއް . މާލެ ރައްޔިތުން ބަނޑަށް ޖެހޭ ދުވަސް ވަރަށް ގާތް ވެއްޖެ. މިހާރުވެސް ޖެހިއްޖެ ތޯއްޗެއް.

    63
    4
    • ސަރުކާރު

      އަސްލު ތިޔާކަމާ ސްޓެލްކޯ ގޯހެއްނޫން ހަމަޖައްސާފަ ވާރޭޓަކުުން ބޮދުވަނީ ބޭނުންކުރާ ކަރަންޓުގެ 4 ގުނަ އެކަމާހެދި ބޮޑުވޭ އެ ރޭޓް އުވާލާ އަދި އަގު ކަނޑައަޅަނީ ސްޓެލްކޯއަކުންނޫން އެކަމު އެންމެންގެ ޝާކުވާ ސްޓެލްކޯއަށް އެނާރޖީއަށްގުޅާބަލަ

  2. ސަޒާ

    މިފަހަރު އަދި ދުވަހަކުވެސް ނާރާވަރަށް ކަރަންޓް ބިލަށް އެރި. މިއޮތީވާ އޯގަތެރި ސަރުކާރެއް

    90
    2
  3. ގަމާރު މުގުޅީ...ބޯގޯސް

    މުޣުނީ މޮޔަވީބާ، ތިކަހަލަ ޖަރީމާ ތިޔަ ހިންގަނީ؟ އެހާބޮޑުތަނުން ކަރަންޓް ބިލު ބޮޑުކުރީ. ޢެމީހުން ހަމަ މެނިޕިއުލޭޓް ކުރަނީ ރައްޔިތުން ފެލަންވެގެން. ގަބޫލެއް ނުކުރެވޭ. ސަރުކާރު ފެއިލްވެ ނިމިއްޖެ. 1000 އިން 3000 އަށް ބޮޑުވިމައްސަލާގައި އިބޫވެސް ފެއިލްވެއްޖެ. ރައްޔިތުންނަށް އެގޭ ތިޔަ ހިންގާ ޖަރީމާ..ސަރުކާރު އިސްތިއުފާ....

    73
    1
  4. Anonymous

    މުޣުނީ މޮޔަވީބާ، ތިކަހަލަ ޖަރީމާ ތިޔަ ހިންގަނީ؟ އެހާބޮޑުތަނުން ކަރަންޓް ބިލު ބޮޑުކުރީ. ޢެމީހުން ހަމަ މެނިޕިއުލޭޓް ކުރަނީ ރައްޔިތުން ފެލަންވެގެން. ގަބޫލެއް ނުކުރެވޭ. ސަރުކާރު ފެއިލްވެ ނިމިއްޖެ. 1000 އިން 3000 އަށް ބޮޑުވިމައްސަލާގައި އިބޫވެސް ފެއިލްވެއްޖެ. ރައްޔިތުންނަށް އެގޭ ތިޔަ ހިންގާ ޖަރީމާ..ސަރުކާރު އިސްތިއުފާ....މުގުޅީ ބޯގަޅި އިސްތިއުފާދީ

    36
    1
  5. ބޮގަޅީ މުގުޅީ

    މުޣުނީ މޮޔަވީބާ، ތިކަހަލަ ޖަރީމާ ތިޔަ ހިންގަނީ؟ އެހާބޮޑުތަނުން ކަރަންޓް ބިލު ބޮޑުކުރީ. ޢެމީހުން ހަމަ މެނިޕިއުލޭޓް ކުރަނީ ރައްޔިތުން ފެލަންވެގެން. ގަބޫލެއް ނުކުރެވޭ. ސަރުކާރު ފެއިލްވެ ނިމިއްޖެ. 1000 އިން 3000 އަށް ބޮޑުވިމައްސަލާގައި އިބޫވެސް ފެއިލްވެއްޖެ. ރައްޔިތުންނަށް އެގޭ ތިޔަ ހިންގާ ޖަރީމާ..ސަރުކާރު އިސްތިއުފާ....ބޮޑެތި ވަގުން

    27
    1
  6. ޑަންވެ

    ހަމަރަނގަޅަށްވެސް ފެލާލައިފި. ވަރަށް ރަނގަޅަށް އަޅުގަނޑުމެން ގޭގައި ބޭނުންކުރާ ކަރަންޓް ސާމާނުގެ ވޯލްޓޭޖް ކެޕޭސިޓީއާއި ބޭނުންކުރެވޭ ވަރު އެނގޭ. ސްޓެލްކޯގަ އެކަންޏެއްނޫން އިލެކްޓްރިޝަން ކިޔަވައިގެން ތިބި މީހުން ތިބީ. ފާއިތުވި 3 އަހަރުވެސް މިވަރުގެ ބިލެއް ނާދޭ. 100 ގުނަ ފެލާލައިފި.

    55
    1
  7. މާމިގިލީ މީހާ

    މާމިގިލީ ބާގީ ބުރުމާގެ ކަރަންޓަކީ ވެސް ރައްޔިތުން ފެލާ ކަރަންޓެއް. ބިލު ގަވައިދުން ދައްކާ މީހުންގެ އަތުން، ބިލު ނުދައްކާ ގޭގޭގެ ލާރި ނަގަނީ. މަކަރުހަދާ އޮޅުވާލައިގެން..

    39
    3
  8. މަންމަ

    އަސްލުވެސް ހަމަ ރަނގަޅަށް ފެލާލައިފި. ޑަބަލް ބޮޑުވެފަ އޮތީ މިފަހަރު ކަރަންޓް ބިލު....

    50
    2
  9. މުއްސަންދި ޖަވާހިރެއް ނުނީ މަހުޖަނެއް

    ސްޓެލްކޯ އިން މިފަހަރު ތިހުރި ރަގަޅައް ފެލާލައިފަ މިވަރުން މީ ކުޑަކަމެއް ނޫން މީދެން މާބޮޑުވަރު ކަރަންޓް ބިލް ދުވަހަކުވެސް ބޮޑުނުވާ ވަރަށް ބޮޑުވުން މިކަހަލަ ކަންތައްތައް ކުރަން ތަ މި ސަރުކާރައް ވޮޓުދީގެން ހޮވީ ކިހާ ދެރަ މަ އަސްލު ހީކުރީ ރައިސް ޔާމިން ކަމަށް ރައްޔެތުން ބަޑައް ޖައްސަނީ ، ޖެއްސީ އެކަމަކު އިބޫ ސާލިހް ޔާމިނުއައް ވަުރެ ދެގުނަ ނުބައެއްނުން.

    50
    2
  10. ...

    ގިނައިން ބޭނުން ކުރެވޭނީ އޭ ބުނާއިރު ހަމަ ގޭގަ ތިބޭ އެއްބައެއް ގޭގަ އުޅެނީ، ހުޅުމާލެ ސްޓެލްކޯ އަށް ގުޅާލުމުން ބުނަނީ އެއީ މޭ މަހު ރީޑިން ނުނެގި އިނީމައޭ! ގަބޫލްކުރަން ރީޑިން ނުނެގި ހިގައިދާނެ ، އެހެން ނަމަވެސް 2000 ރުފިޔާ ދައްކާ މީހަކު 4300 ރުފިޔާ ދައްކަން ޖެހުނީމަ ބޮޑުވާނެ ކަން ގަބޫލު ކުރަން ޖެހޭނެ، ސަރުކާރުން އަދި ސްޓެލްކޯއިން ވެސް ކޮވިޑްގެ ސަބަބުން އެބިލް ބޮޑު ވެފައިނީމަ ، އެންމެ ކުޑަމިނުން 3 މަސް ދުވަހަށް ނުވަތަ 2 މަހަށް ވިޔަސް ބަހާލަން ރަގަޅު /:

    21
    1
  11. މާލެ ބޭބެ

    މާރކެޓްގައި ތެޔޮ ފާއިތުވި 20 އަހަރަށް ބަލާއިރު އެންމެ އަގުހެޔޮ ވީ ފަހަރު ކަރަންޓްގެ އަގު 3 ނުވަތަ 4 ގުނައަށް ޖައްސާލީ..ދެންބުނާނެ އޭސީ ޖެއްސީމަޔޯ. ބަލަ އޭސީ އެއްގޮތަކަށްވެސް ނެތް ގޭގޭ ބިލަށް ވީ ކިހިނަކުންނޭވީ..އަދި އޭސީ ޖައްސާ ބޭފުޅުން ކުރީގަވެސް ޖައްސަޔޭ އެކަމަކު މިވަރަށްނުވޭ... މިއީ ހީލަތެއް.. މަކަރެއް.. ޒިންމާވާ މީހުން ރައްޔިތުންގެ ޚިދުމަތުން ދުރުކުރޭ....ހަމަ މިވަރަށް ދިވެހިންނަށް ތަންދޮރުނޭގޭނެޔޭ ކިޔާ ހަމަ ނިކަމެތި ކުރަންވީތަ..ވަޒީފާ ގެއްލި ބިކަވެ ތިބި ބަޔަކަށް މިދެނީ އަނިޔާ...

    35
    2
  12. އިބޫ

    އަޅުގަނޑުގެ އެވެރެޖް ކަރަންޓުބިލަކީ މަހަކަށް 1،100ރ މިފަހަރު 2،189ރ އެމީހުން ބުނަނީ ކަރަނޓް ބެނުންކުރީ އިތުރަށޯ އެކަމަކު އަބަދު ބޭނުންކުރާއެއްޗެއް ބޭނުން ކުރަނީ... މިއަށް އެދެވޭ ޖަވާބެއް އަދިވެސް ނުދޭ

    22
    1
  13. ޖޫދު

    ޖެނުއަރީ އިން އެޕްރީލްއަށް އެވްރެޖްކޮށް 1700 ރުފިޔާ ، މެއިމަހު 1100 ރުފިޔާ. ޖޫންމަހުގެ ބިލަށް 3459 ރުފިޔާ އެރީމާ ބޮޑުވަރު. މިއީ އަޅުގަނޑުގެ ގޭގެ ޙާލަތު

    19
    2
  14. ޙިންނަވަރު ޖާހިލު

    އިބިރިހިމާ ކަލޭ ހުރޭ ރައްޔިތުން މިފަހަރު ކަލެއަށް ވެރިކަން ކޮށްދޭނެ ރަނގަޅަށް...#ގެރިކަހީނު

    20
  15. ޣާސިމ

    ކުރިންވެސް ވެރިކަމައްއައިސް ރައްޔިތުން ފެލީ މިފަހަރު އެއައްވުރެ ބޮޑުކޮއް ފެލަނީ އެހެންވެ އަހަރެމެން ވޯޓުނުދިނީ

    20
  16. ގެރިގުއި

    މިއީ އެބުނާ ރިވެތި އަޚްލާގުގެ، ރައްޔިތުންގެ ސަރުކާރު، އިންސާފް ލިބޭ ސަރުކާރު! ވައްކަން ނުކުރާ ސަރުކާރު! ވަގު ސަރުކާރު، މަކަރާއި ހީލަތުގެ ސަރުކާރު، ދައްޖާލު ސަރުކާރު!

    23
    1
  17. ސާހިދު

    މި ވޭތުވެތިޔަ 2 މަހު އަޅުގަޑުމެއް މާލޭގައި މި އުޅޭ 4 ރޫމްގެ އެޕާރޓްމަންޓް ގާތްގަޑަކަން ހުރީ ހުސްކޮން އެއީ ލޮކްޑައުން ކުރިން ގޭ އެއްމެއް ރަށަން ދިޔައި އެއީ ރޯދަވެސް ކުރިން އެކަމު ގޭގެ ބިލް 4 ރޫމްގައި މީހުން އުޅުނީރުވެސް އަރަނީ 3500ރުފިޔާ އެއްމެ ގިނައިން އަރަނީ އެއީ ވޭތުވެ ދިޔަ 1އަހަރާ 9 މަސްތެރެ އެކަމު 3 ރޫމް ހުސްކޮން ހުރެ މިފަހަރު ބިލަން އެރި 4265.68ރުފިޔާ އެއީ %40ކެޑިމަ މީ ދެއް ޤަބޫލު ކުރެވޭނެ ކަމެއްނޫން މުޅީންވެސް އޮޅުވާލުން

    21
    1
  18. ނކއ

    މިއޮތީވާ އޯގާތެރިސަރުޖާރެއް މިވަރުގެ އޯގާތެރި ވެރިކަމެއް ނުފެއްނާނެ ހަޔާތުގަވެސް އަހަރުމެންގޭގަ ރޯދާގެކުރީގަ އުޅުނީ 25 މިހުން މިހާރުއުޅެނީ 4 މީހުން ކުރީމަހު މިގޭގެ ކަރަންތުބިލަން އެރީ 800ރ މިމަހު މިގެއަންއެރީ 4500ރ މިކޮއްތާކުއް އަހަރުމެން މިލާރިހޯދަނީ ނުދަކާފިންޔާ ކަރަންތުކަޑާކާނެ އަހުމެންދާއިރާގެ މެންބަރަ ގުޅީމަ ބުނީ ތިނަންނަމީ ކަލޭމެންނަށް ލާރިދޭންހުރި މީހެންނޫށް މިހަރުމެން ރޭގަޑުނުނިދާ ހޭލާތިެެގެން ހޮވީމަ ބުނިވަހަކަ އޭއީކާކު ކަަްަެގޭތަ އެންނެމޮޅު ޑިމޮކުރައީސް ބުނިނިވާހަކަ

    12
    1
  19. އަޙްމަދު

    ވަރަށް ރީއްޗަށް ދޮވެލާފީ! ސާބަހޭ ސްޓެލްކޯ!

    16
    2
  20. އަބްދޫ

    ހުރިހާ ގެއަކަށް ވެސް ބޮޑު ވެއްޖެ ބޭނުން ކުރަމުންދަނީ ކުރިންވެސް ބޭނުންކުރާ ތަކެތި ބޭނުންކުރާ މިންވަރަށް ވީމާ ބޮޑުވާންޖެހޭ ސަބަބެއްނެތް. ދިވެހިރާއްޖޭގަ ކަރަންޓް މި ދޫކުރެވެނީ 110 އާއި 240 އާ ދެމެދުގެ ރޭންޖްގަ މީޓަރު ޓެސްޓް ކުރުމަށް މިސާލަކަށް ހުރިހާމީޓަރެއް ޓެސްޓް ކުރެވެނީ 230 ގަކަމަށް ވެދާނެ.ސްޓެލްކޯއިން ކަނޑައަޅާފައިވަނީ 230 ގެ ސްޕީޑް ކަމުގައިވާނަމަ އެ މިންގަޑަށް ވުރެ ދަށްކޮށްފަިނަމަ މީޓަރު އެބުރޭނީ ސްލޯ ސްޕީޑް ގަ އޭރުން ޔުނިޓް ހިގާވަރު މަދުވާނެ އެ ރޭންޖް ތެރެއިން 230 އަށް ވުރެ މަތިކޮށްފިނަމަ ޕަވަރ މަތިވެ މީޓަރު ޓެސްޓް ކުރާ100 ވޯޓް ބޮކި1 ގަޑިއިރު ދިއްލައިފިނަމަ 1 ޔުނިޓް ހިގާ މިންގަނޑު ބަދަލުވެ 1 ގަޑިއިރުގެތެރޭ ޔުނިޓަކަށް ވުރެ ގިނައިން ހިގާނެ ކޮންމެ ގޮތެއްވިޔަސް ކަރަންޓް ބިލްތަކަށް ގޮތެއް ވެއްޖެކަން އެބައެގޭ.

    14
    1
  21. ވިލިގިއްލޭ ގޮޅެޔާ ކާމިލު

    ދިރާގުގެ ވާހަކަ ދައްކާނެ މީހަކު ނެތެވެ. ޑާޓާ ޕެކޭޖްތަށް ވީނުވީ އެއް ނޭނގި ހުސްވަނީ އެވެ.

    15
    4
  22. އަބްދޫ

    2008ގަ އެމްޑިޕީ ވެރިކަމަށް އައިސް 2009 ގެ ނޮވެމްބަރު ހާތާގަ ކަރަންޓް ބިލްތަކާކުޅޭ އެމީހުން ބޭނުންވާ ބަޔަކަށް ބޮޑު ސަބްސިޑީ ދީ ހިލޭ ކަރަންޓް ދިން ބަޔަކުވެސް އުޅުނު. ކަރަންޓް ބިލްތަކުގާ ފިއުލް ސާޗާޖެއްޖަހާ ބިލްތައް އިންތިހާ އަށް ބޮޑުކުރި އެއިރު ރޭވިފަ އޮތީ ސްޓެލްކޯ އެމީހުންގެ އާއިލާގެ މީހަކަށް ވިއްކާލަން.ވިއްކާލުމުގެ ކުރިން ބިލްކުރެވޭނެ ރޭއްޖެއް ހެދުމަށްޓަކާ އޭރު އެހުރިހާކަމެއްކުރީ މިހާރު އަނެއްކާ އާއިލާގެ އެމިހާ އަށް ސްޓެލްކޯ ވިއްކާލުމުމަށް އުޅެނީ ނޫންބާ ؟

    15
  23. ބިލެތުގެ ދާމޫގަނޑު

    އެމީހުން ވޯލްޓޭޖު ވައްޓާލަނީ ކުޑަކޮށް ދެން ލޯޑު ހިފާލެއް މަތިވާނެ މީޓަރު ހިގާލެއްބާރުވާނެ މީ އެވާގޮތަކީ،

    13
    2
    • ސާބަސް

      އެހެންވިއްޔާހުރިހާ ހެޔަކުންވެސް މަތިވާން ޖެހޭނެދޯ. ވަކި ވަކި ގޭގެއިން ވޯލްޓޭޖް ވައްޓާލެވޭކަމެއް ނޭގުނު. ލޮލް.

  24. ހިންނަވަރުރޯޔަލްސް

    މިހިންނަވަރު “ރޯޔަލް ފެމިލީ” ވެރިކަމުން ދުރުކުރަންވެއްޖެ. ޥެރިކަން ނުލިބިގެން އުޅުން އިރު މީނާ ގޮވި ތިމަންނަ ބައިޓަރމް ކޮއްފަ ފައިބާނީ އޭ. އަކަމުމިހާރުއިވޭއަޑަކީ ދެންއޮތްޓަރމް އައްވެސް ކުރިމަތިލާވާހަކަ!

    15
  25. މީރާ ބޯއީސް

    ހއ.ދިއްދޫ ފުރަބަ ންދު ނު ވެ3000ރ 67000ރ ބަދަލުވެއްޖެ.މައްސަލަ ޖެއްސީމަ ބުލީ ކުރަނީ

    14
  26. މާނު

    -/100،000 މުސާރަ ނަގާގެން އުޅޭ އެމްޑީ ކޮބާތަ؟ ރައްޔިތުން ފެލާފަ މުސާރަ -/200،000 އަށް ހަދަންވީނު.

    13
    • ރާގޮޑިރާޖަ

      މުރުގީ މޮޔަފުޅުވީބާ. ނޫ ނީ މީޓަރުމޮޔަވީބާ ހަމަގައިމުވެސް އެގޭއެއްޗަކީ ބިލަށް ގޮތެއްވެެއްޖެކަ ން.

  27. ޟަރޫ

    މަާލެ އެކަންޏެއް ނޫން. ރަށް ރަށުން ވެސް އެވަރަށް ބޮޑު މިފަހަރު

    13
  28. އަހުމަދު

    މި މަހުގެ ކަރަންޓުބިލް މީ ރައްޔިތުން ފެލަން ސަރުކާރުން ޖެއްސި ކުރަޕްޝަނެއް!

    15
    1
  29. މުހުއްމަދު

    މަިކަމުގެ ތަހުގީގެއް ކުރަ ން ފެ ނޭ...އެވްރެޖް ބިލަކަށް ބެލިޔަސް އާއްމުކޮށް 400ރ އަރާގެއަކަށް އޭގެ ޑަބަލް އެރީމަ ވައްކަމޭ ބު ނެވިދާ ނެ..ހަމަ ބޭ ނު ން ކުރަ ނީ އިސްތިރި ގަނޑަކާއި 2 ފަ ންކާ، އައިސް ަލަމާރިގަޑަކާއި ޓީވީއެއް..ބަލައި ގަ ނެވޭ ނެ އަދި ގަބޫލުކުރެވޭނެ ކަމެއްވެސް ނޫން މީކީ

    6
    1
  30. ލާރި ލާރި ލާރި

    ލާރި ހޯދަން އުޅުނަސް ތީ ފުކެއް ބޮޑުވަރު...
    (ބިކަވާ ދުވަހުވެސް ބިކަކޮއްލުމުން ފެންނަނީ އޯގާތެރި ވަމާ ބުނެ އޭގެ އިދިކޮޅު..)

    9
    1
  31. ވަޒީރެއާލާ

    ހުރިހާ ރައްޔިތުން މާދަމާގެ ހުކުރުނަމާދަށްފަހު ބިލް ހިފައިގެން މުލީއާގެ ދޮށަށް މުޒާހަރާއަށް ނުކުންނަވާ.

    18
    1
  32. މުގުނީ

    މިދިޔަ މަހު ސްޓެލްކޯ އިން އުފެއްދީ އާވައްތަރެއްގެ ކަރަންޓެއް. އެއީ ޓެސްޓްކުރުމުގެ ގޮތުން . ކުރިން ދޫކުރިކަރަންޓަށްވުރެ މިކަރަންޓް އޮލަވާނެ. އެހެންވެގެން ބިލުބޮޑުވީ. ދެންމަހަކުން ރަނގަޅުވާނެ.

    11
    1
  33. ކެނެރީ

    ދެން ލިބޭ ބިލް ކުޑަވާނެ ޖޫންމަހު ބިލް ބޮޑުވީ މެއި މަހުގެ ބިލް އެވްރެޖަށްހެދީމައި އަދި ގިނަވަގުތު ގޭގައިހޭދަކުރަންޖެހުނީމައި ތަނެއްގައި އެއަރކޯނެއްހުއްޓަކަސް ބިލްބޮޑެއްނުވާނެ މަރަށްމަދު ބަޔަކު ބަރާބަރަށް އެއަރކޯންގެ ފިލްޓަރ ސާފުކޮށް ސާވިސްކުރަނީ ވިސްނާލާ

    1
    4
  34. ފާތިމަތު

    ކަރަންޓް ބިލުގެ ޢާންމު ރޭޓަކީ 1800 ރުފިޔާ ނަމަވެސް މިމަހުގެ ބިލަށް އެރީ 3100 ރުފިޔާ މީދެން ތަންކޮޅެއް ބޮޑުވަރު

  35. ސަންގުމަރުމަރު

    މިގޭ ކަރަންުޓު ބިލް މިފަހަރު 1000 ރުފިޔާ އިތުރުވެފަ އޮތީ. އެއްގޮތަކަށްވެސް ނޭގުނު މިވީ ގޮތެއް. ފާއިތުވި ދުވަސްތަކު ވަރަށް ޚަރަދަށް ބަލައިގެން ޚަރަދު ކުޑަކޮށްގެން ދިރުއުޅުނު ދުވަސްތަކެއް މިދިޔައީ. އެކަމަކު މިއޮތީ ދިޔަ ފެލާލާފަ. ކީއްކުރާނީ. އެޖެންޑާ 19 ގެ ތަފާތުކަން ކަންނޭގެ މި ފެންނަނީ.

  36. ޒާ

    ރައްޔިތުން ހާލުގައި ޖެހިފަ ވަނިކޮށް ލޫޓުވާލި ވެރިކަމެއް މިނޫނީ ނެތް.

  37. ޙަހަހަަހަހާ

    ފެލަން ވިޔަސް އިތުރަށް ޗާރޖެއް ކޮށްފިއްޔާ ބިލުން ފެންނަން އޮންނާނެދޯ. ާަމީޓަރ އިންނަނީގޭގަ ހަރުކޮށްފަ. މީޓަރާ ސްޓެލްކޯ އާއި ޑާޓާ ލިންކްއަކުން ގުޅާލާފަ އިންނަނިއްޔެއްވެސް ނޫން. ދެއިރު ދެދަޅަޔަށް މީޓަރު ނައްޓާލައިގެން ގެންދަނިއްޔެއްނޫން. ދެން އިތުރަށް ޗާރޖެއް ނަގާނެ ގޮތެއް ބުނެބަލަ އަޅެ. ހުރިހާ މައުލޫމާތެއް ބިލުގަ ހިމަނާފަ ހުރޭ. ދެން. ހަމަ ގިނައިން ބޭނުންކުރެވޭތީ ބިލުބޮޑުވަނީ.

  38. ފެލައިލީ

    މިފަހަރު 600 ރުފިޔާ ބޮޑު ކަރަންޓް ބިލް ރައްޔިތުން ފެލަނީ ހަމަ

  39. އަނިޔާ

    1 ލީޓަރ ދީސެލް 4.5ރ
    1.5 ލިޓަރ މިނަރަލް ވޯޓަރ 6ރ
    މުވައްޒިފުންގެ އޯޓީ އެލަވަންސް ކަޑާލި
    ސްޓެލްކޯއައް އެންމެފައިދާވިފަހަރު.
    ކަރަންޓުވީ ބޮޑު.

  40. ދުންތަރި

    މި ކޮވިޑު ދުވަސްވަރު އެންމެން ގޭބަންދުކޮށް ހާލުގަ ޖައްސާފަ ނިކަމެތިކޮށްފަ ސަރުކާރުގެ ކުންފުނިތައްކަމަށްވާ ދިރާޤާ އެމްޑަބުލިޔު އެސް އީ އާ ސްޓެލްކޯއިން ރައްޔިތުންގެ ލޭ ބޮނީ ސަރުކާރުގެ ތިޖޫރިހުސްކޮށްފަ ދެން ރައްޔިތުން ފެލެންހުރި ގޮތަކަށް ފެލީމަހުންނާނީ ވެރިކަން ކުރެވިފަ

  41. މ

    މަ ކިޔަންވާ ހުރިހާ އެއްޗެއް ކޮމެންޓް ތަކުގަ އެބަހުރި.....މަ ހަމަ ހައިރާން ވެއްޖެ! ރ.ނަޝީދުގެ ވެރިކަމުގައި ކަރަންޓް ސަބްސިޑީ ދިން ދެން 2014 ވަނަ އަހަރު އަލުން ސަބްސިޑީ ދެނީ ހައްޤުވާ މީހުންނަށް ތޯ ޗެކް ކުރާނީ އޭ ކިޔާފަ އެންސްޕާ އަށް ފޯމް ލާން އެންގީ .... ރައްޔިތުން ކުރާނި ކީއްހޭ؟ ކިޔާފަ މު ފޯމުތައް ލީ އެތަށް ކިޔޫ އެއްގައި...މިއަދާ ހަމައަށް ވެސް އެ ފޯމުތައް ވީ ތަނެއްނޭނގޭ...ރ.އ.މ ސޯލިޙަށް ވަރަށް އިޚްލާސްތެރިކަމާއި އެކު ދަންނަވަން .. މި ފޯމުތަކަށް ވީ ގޮތެއް ހޯދައި ދިނުމަށް

  42. ކާފަރު

    މުގުރިހަ ގަނޑު..

  43. ޝަހުމާ

    މީގެކުރިން ބިލަށް އަރަނީ 3000ރ ވަރު. މިމަހު 5000ރ އަށްވުރެ ބޮޑު. ސަބްސިޑީއޭ ޑިސްކައުންޓޭ ކިޔައިގެން ކޮންހާ ބޭކާރު ވާހަކައެއް މިދައްކަނީ.

  44. ޚުރި

    ކަނޑަންވާ ޕަސެންޓް ގެ2 ގުނަ އިތުރު ކޮއްޕަ