ދިރާގުން ތައާރަފްކޮށްފައިވާ "ދިރާގު ޕްލޭ" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ސޮނީގެ ހުރިހާ ޗެނަލްތައް ބަލާލެވޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ދިރާގު ޕްލޭއަކީ މޮބައިލް އެޕްލިކޭޝަނަކީ ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައިވެސް ބަލާލެވޭނެ ގޮތަށް ހަދާފައިވާ މޮބައިލް އެޕްލިކޭޝަނެކެވެ.

ދިރާގުން ބުނީ މި އެޕަކީ ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ އެޕެއް ކަމަށާއި، މި އެޕްގެ އާ ޕެކޭޖެއް ކަމަށްވާ "ޕްލޭ މޯ" ޕެކޭޖް އިންޓްރޯޑަކްޓަރީ އޮފަރގެ ދަށުން އެންމެ 30 ރުފިޔާ އަށް ސަބްސްކްރައިބް ކޮށްލެވޭނެކަމަށެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު 34 ޗެނަލް ބަލާލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ.

ދިރާގުން ބުނީ، ދިރާގު ޕްލޭ އަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫން ކަމަށާއި މި އެޕަކީ އެންމެ ފަހުގެ ސްޓްރީމިންގ ޚިދުމަތްތަކުގައި އެކުލެވޭ ޒަމާނީ ފީޗަރ ތައް ހިމަނައިގެން ފަރުމާ ކޮށްފައިވާ އެޕެއް ކަމަށެވެ.

އެގޮތުން، މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ކޮށް، އަދި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާ ވެސް ލެވޭނެއެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށެވެ.

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަދިކުރުމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަކް

    އެއްވެސް ކުޅިވަރު ޗެނަލެއް އިނދޭތޯ؟؟؟