އިނގިރޭސިވިލާތުން އެހެން ގައުމުތަކަށް ދަތުރު ކުރާ މީހުން އެނބުރި ގައުމަށް ދިއުމުން ކަރަންޓީން ނުވެ، ގައުމަށް އެތެރެވެވޭ ގޮތައް 59 ގައުމެއް އެއީ ލޯރިސްކް ގައުމުތައް ކަމަށް ކަނޑައެޅިއިރު އެލިސްޓްގައި ދިވެހިރާއްޖޭގެ ނަން ނުހިމެނުމުން ރާއްޖެ އަށް އެކަމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވާނެކަން ކަށަވަރު ވެއްޖެއެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 59 ގައުމަކުން އިނގިރޭސިވިލާތަށް ދަތުރު ކުރާ މީހުން ކަރަންޓީނުކުރާނެއެވެ. މިހާރު ގަވައިދު އޮންނަ ގޮތުން އިނގިރޭސިވިލާތައް އެތެރެވާ މީހުން 14 ދުވަހު ކަރަންޓީނުވެ ގޭގައި ތިބެން ޖެހެއެވެ.

މިލިސްޓްގައި ރާއްޖެ ނެތުމުން ރާއްޖެ އަށް ދަތުރު ކުރުމަށްފަހު އެނބުރި އިނގިރޭސިވިލާތައް ދަތުރު ކުރާ މީހުން 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހޭނެއެވެ. ނަމަވެސް ފަތުރުވެރިކަމުގައި ރާއްޖެ އާއި އެންމެ ވާދަވެރި ގައުމުތައް ކަމަށްވާ ސީޝެލްސްއާއި މޮރީޝިއަސް ފަދަ ގައުމުތައް ލިސްޓުގައި ވަނީ ހިމަނައިފައެވެ. އެހެންކަމުން އެގައުމުތަކުން އިނގިރޭސިވިލާތައް ދަތުރު ކުރާ މީހުން ކަރަންޓީންގައި ތިބޭކަށް ނުޖެހޭނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިޔަކު ނަން ހާމަނުކުރާ ގޮތައް "ވަގުތު" އާއި ވާހަކަދައްކަވަމުން ވިދާޅުވީ އިނގިރޭސިވިލާތަކާއި ރާއްޖެ އަށް އެންމެ މުހިއްމު މާކެޓް ކަމަށް ވާއިރު ރާއްޖެ އައުމަށް ފަހު އެނބުރި ގައުމަށްދާ މީހުން 14 ދުވަހަށް ކަރަންޓީން ކުރާ ގޮތައް ހަމަޖެއްސުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"ރާއްޖެ ހުޅުވާލަން ވާއިރަށް މިނިންމުން ބަދަލު ވާނެ ކަމަށް އުއްމީދު ކުރެވޭ. އެހައި ހިސާބަށް ނިންމުން ބަދަލު ނުވެއްޖެނަމަ ވަރަށް ގިނަ ދަތިތައް ދިމާވާނެ އިނގިރޭސިވިލާތުން މާކެޓް ހޯދަން. ގިނަ މީހުން ބޭނުމެއް ނުވޭނެ ރާއްޖެ އައިސްފައި އެނބުރި ގޮސް ކަރަންޓީން ވާކަން." އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފައި ވަނީ އަންނަ ހަފްތާގައި މިލިސްޓް ރިވިއު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮއްކޮގެބޭބެގެދައްތަގެދަރި

    އަންނިބެ ވަރަށް ކަޑަފުޅު ވެލައްވަފާނެ ފަދަ ޚަބަރެއް ތީ

    31
    • Anonymous

      ކަޑައެއް ނުވާނެ! ދިވެހިންނަށް ގެއްލުމެއް ދެވެން އޮއްވާ ފައިދާހުރި އެއްކަމެއްވެސް މި ކަލޭގެ ނުކުރާނެ!! ރަނގަޅަށް ވިއްޔާ މީ މީނާގެ ރޭވުމަކުން ކުރިކަމެއް ކަމަށް ބެލެވެނީ!!

      11
  2. މާމިގިލީ މީހާ

    ކޮބައިތަ ވަދު ކަރާ. ބޯގޮވި ވަދުކަރާ. ދެފުއްކެހެރި ކަރާ ގޮވާ އެއްޗެއް ދިމާލެއް ނުވޭ.

    10
    1
  3. ބިޝް

    ކަޑަވާނެ

  4. ޙހހހ

    ކޮބާއައްނިގެކުރިސްްޓްތައް

  5. ކަހުރަބު

    އެ ތަނަކަށް އަރުވާލެވިގެން އުޅެގެން ވީ ފައިދާއެއް ނެތެއްނު ފިނިހަކަ ދުވެލި ލާދީނީ ބާޣީ ބައިގަނޑަކަށް

  6. ތެދު

    އަސްލުވެސް ތިއީ ހަމަ ތެދެއް. ރޯޔަލް ކުށްތަކަށް އެކަށީގެންވާ އަދަބު ނުލިބޭތަނެއް ކިހިނެއް ރައްކާތެރިވާނީ. މިތާގެ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަށް ހޯދަން އަތޮޅަކަށް އެންމެ މުއައްޒަފެއް. ސިޔާސީ މަގާމުތަކުގައި ކޮންމެ ރަށެއްގައި ވިހި ފަންސަވީސް މީހުން. ދެން ގައުމުގެ އިޖުތިމާޢީ ފޭރާން ވަރުގަދަ އެކަތައާއި ދަގަނޑަށްވެދޭ. ?????

  7. ސުހެއިލް

    ކާފަރުން މުސްލިމުންނަށް ހެވެއް ނޭދޭނެ.