އަންނަ ހަފްތާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި މާދަމާ އިން ފެށިގެން މި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 14:00 އަށް ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ދެމުން ގެންދާނީ އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް އެކަނި ކަމަށެވެ.

މާލޭ ސިޓީގައި ގާއިމް ކޮށްފައިވާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށް ބީއެމްއެލް އިން ބުންޏެވެ. ކޮންމެ ދުވަހަކުވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލާނެއެވެ.

ބީއެމްއެލް ހުޅުވިނަމަވެސް ނަގުދު ފައިސާ ޖަމާކުރުމާއި ޗެކު ޖަމާކުރުމުގެ ހިދުމަތް ދޭނީ ހަމައެކަނި އޭޓީއެމް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު