ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމަށްޓަކައި އާއާއްމު ހާލަތުގެ އުސޫލުތަކާއި އެއްގޮތަށް މާސްކް އަޅައިގެން ބޭރުގައި އުޅެން މީހުން ދަނީ އާދަކުރަމުންނެވެ. މަސައްކަތުގެ މާހައުލާއި، ރެސްޓޯރެންޓް ކެފޭ ފަދަ ތަންތަނުގައި ވެސް މިހާރު އުލެނީ މާސްކް އަޅައިގެންނެވެ. ކަން މިހެން އޮތް އިރު ދިވެހި އަންހެނުންގެ އާބާދީގެ ބޮޑުބަޔަކީ ބުރުގާ އަޅާ އަންހެނުންނެވެ.

އެހެންކަމުން އެފަދަ ފަރާތްތަކަށް މާސްކް އެޅުމަކީ އުނދަގޫ ކަމަަކަށް އޮންނަނީ ވެފައެވެ. ބުރުގާ އަޅައިގެން ހުރުމަށް ފަހު މާސްކް ނަގާފައި އަލުން ކަންފަތުގައި އެ އަޅުވަން އުޅެން ޖެހެނީ އުނދަނގޫ ހާލެއްގައެވެ. އެހެން ނޫނި ދެން ޖެހެނީ ދަތި އަދި ޕިން ފަދަ ތަކެތި ޖަހައިގެން މާސްކް ހަރުކުރަންށެވެ. އެއީވެސް އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް ބުރުގާ އަޅާ މީހުންނަށް ޚާއްްސަ މާސްކެއް ލިބިއްޖެ ނަމަ އެކަން ހައްލުވީއެވެ.

ބުރުގާ އަޅާ މީހުންނަށް ޚާއްސަ މާސްކް މިހާރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިންކޮށް ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ލިބިވަޑައިގަންނަވާނެއެވެ.

މި މާސްކަކީ 3 ފަށަލަ (ލޭޔަރ) މާސްކެކެވެ. މި މާސްކްގެ އެންމެ ބޭރަށް ވާގޮތަށް އިންނާނީ ހައިޑްރޯފޯބިކް ނޮން-ވޯވެން ފަށަލައެކެވެ. މެދުގައި އިންނަ ފަށަލައަކީ މެލްޓް-ބްލޯން ފަށަލަ އެކެވެ. އެންމެ އެތެރެއަށް ވާގޮތަށް ހުންނަ ފަށަލައަކީ މަޑު އަދި އޮބްޒަރވެންޓް ފަށަލައެކެވެ.

ލިބޭ އިން މި މާސްކް އެންމެ 40 ރުފިޔާ އަށް ލިބިވަޑައިގަންނަވާނެއެވެ. މި ބާވަތުގެ މާސްކަކީ ވައިރަސްތަކުން ސަލާމަތްވުމަށްޓަކައި އާއްމުކޮށް ބޭނުންކުރަން އެކަށީގެންވާ އެއް މާސްކުގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަކުރައްވާ މާސްކެކެވެ.

"ލިބޭ" އިން މިހާރުވެސް ގިނަ ބްރޭންޑުތަކެއްގެ މާސްކުތައް ވިއްކަމުން އަންނައިރު، ދާދި ފަހުން ލިބޭ އިން ވަނީ 20 ރުފިޔާ އަށް ހަތަރު ލޭޔާގެ މާސްކުތަކެއް ވިއްކަން ފަށާފައެވެެ.

އެ މާސްކުގެ ފުރަތަމަ ލޭޔާ އަކީ ރެޕެލަންޓް ލޭޔާ އެކެވެ. ދެން އިން ދެ ލޭޔަރަކީވެސް ތަފާތު އެކި ބެކްޓީރިއާތަކާއި ކުނޑިތަކުން ރައްކާތެރި ކޮށްދޭ ދެ ލޭޔަރެވެ. ހަތަރު ވަނަ ލޭޔަރަކީވެސް މިފަދައިން ކުނޑިތައް ދަމައިގަންނަ ލޭޔަރެކެވެ.

"ލިބޭ" ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ހުޅުމާލޭގައި ހުންނަ ސަމާ ސްޕޯޓްސް ފިހާރައިން ވެސް މިމާސްކް ލިބެން ހުންނާނެއެވެ.

މީގެ އިތުރުން "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.