ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ އޮންލައިން" އިން ވިއްކަމުންދާ 20 ރުފިޔާއަށް ދޭ ހަތަރު ލޭޔާ މާސްކް ހުޅުމާލޭގައި ހުންނަ ސަމާ ސްޕޯޓްސް ފިހާރައިން ވިއްކަން ފަށައިފިއެވެ.

ސަމާ ސްޕޯޓްސް ފިހާރަ ހުންނާނީ ހުޅުމާލޭ ހިތިގަސްމަގު ލޮޓް ނަމްބަރު 10597 ގައެވެ.

ގިނަ ބްރޭންޑުތަކެއްގެ މާސްކުތައް ވިއްކަމުން އަންނަ "ލިބޭ"އިންވިއްކާ ހުރިހާ ބްރޭންޑެއްގެ މާސްކް ސަމާ ސްޕޯޓްސް އިން ލިބެން ހުންނާނެއެވެ.

"ލިބޭ"އިން އެންމެ ފަހުން 20 ރުފިޔާ އަށް ވިއްކަން ފަށާފައި ވަނީ ފޮތިން އުފައްދާފައިވާ ހަތަރު ލޭޔާގެ މާސްކު ތަކެކެވެ.

މާސްކުގެ ފުރަތަމަ ލޭޔާ އަކީ ރެޕެލަންޓް ލޭޔާ އެކެވެ. ދެން އިން ދެ ލޭޔަރަކީވެސް ތަފާތު އެކި ބެކްޓީރިއާތަކާއި ކުނޑިތަކުން ރައްކާތެރި ކޮށްދޭ ދެ ލޭޔަރެވެ. ހަތަރު ވަނަ ލޭޔަރަކީވެސް މިފަދައިން ކުނޑިތައް ދަމައިގަންނަ ލޭޔަރެކެވެ. ލިބޭ އިން މި ކޮލިޓީ މާސްކުތައް ވިއްކަމުން ގެންދާނީ އެންމެ 20 ރުފިޔާ އަށެވެ.

ސަމާ ސްޕޯޓްސް ހުޅުވާފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް ރޭގަނޑު 20:00 އިން 22:00 އަށެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.