މުދަލުގެ އަގު ހިފަހައްޓައި ހުރިހާ ގިންތިއެއްގެ ވިޔަފާރިއެއް ދެމެހެއްޓުމަށް އެމްއެމްއޭ އާއި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އާއްމު ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ ތަކެތި ރާއްޖެ އަށް އިމްޕޯޓްކޮށް، ހޯލްސޭލް ކުރާ ވީބީ ބްރަޑާސްގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝިޔާމް ވިދާޅުވެއްޖެއެވެ.
ވީބީގެ މެނޭޖިން ޑިރެކްޓަރ ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެންގެ އާމްދަނީ އަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި ޑޮލަރުގެ އަގު މަތިވަމުން ދިއުމުގެ ސަބަބުން މުޅި މުޖްތަމައަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.
"އެންމެންގެ އާމްދަނީ އަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި ޑޮލަރުގެ އަގު މަތިވަމުން ދިއުމުގެ ސަބަބުން މުޅި މުޖްތަމައަށް ބޮޑެތި އަސަރުތަކެއް ކުރާނެ. މުދަލުގެ އަގު ހިފަހައްޓައި ހުރިހާ ގިންތިއެއްގެ ވިޔަފާރިއެއް ދެމެހެއްޓުމަށް އެމްއެމްއޭ އާއި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ." ހަސަންގެ ޓްވީޓްގައި ވިދާޅުވިއެވެ.
އެންމެންގެ އާމްދަނީ އަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި ޑޮލަރުގެ އަގު މަތިވަމުން ދިއުމުގެ ސަބަބުން މުޅި މުޖްތަމައަށް ބޮޑެތި އަސަރުތަކެއް ކުރާނެ. މުދަލުގެ އަގު ހިފަހައްޓައި ހުރިހާ ގިންތިއެއްގެ ވިޔަފާރިއެއް ދެމެހެއްޓުމަށް އެމްއެމްއޭ/ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ
— Hassan Shiyam (@HassanShiyam) July 7, 2020
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އާމްދަނީ އަށް އަސަރު ކޮށްފައި ވާއިރު، ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ދަނީ އުފުލެމުންނެވެ. ޑޮލަރެއް އެންމެ ބޮޑުވެގެން ވިއްކޭނީ 15.45 ރުފިޔާ އަށް ކަމަށް އެމްއެމްއޭ އިން ކަނޑައަޅާފައި ވީނަމަވެސް ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި މިހާރު ބްލެކް މާކެޓުން ޑޮލަރެއް ގަންނަން ޖެހެނީ 18 ރުފިޔާ އަށެވެ.
ޑޮލަރުގެ އަގު އުފުލެމުން ދާތީ ކުރިއަށް އޮތް ދުވަސްތަކުގައި ތަކެތީގެ އަގު އުފުލިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ވިޔަފާރިން ދަނީ ދެމުންނެވެ.
ވަގު ވިޔަފާރިތައް ހުއްޓުވަން ވެސް ސަރުކަރުން ފިޔަވަޅު އަޅަންޖެހޭ. މީހުންނައް އެނގޭ ބާ މޯޓީމަހާލް ހިންގީ ކުލި، ފެންބިލް އެކައްޗެއްވެސް ނުދައްކާކަން؟ ޗިކިން ފަދަ ތަންތތަނު ގެ އަޑީގަ ތިބީ ކޮން ކޮން ބައެއްކަން؟ ކިހިނެއް ހޯދި ލާރިއެއްކަން؟
ވީބީ އެމްޑީވަރެއްނެތް. އޭނާ ވިޔަފާރި ކުރިޔަސް ގަންނަމީހުންގެ ހައްގަށް ވާހަކަ ދައްކާ.
ކަމެއް އެނގޭ ބައެއް ތިބި ސަރުކާރެއްނަމަނު. ދިވެހިން ވެރިންނަށް ބޭނުންވަނީ ހައްޕުނޑުވީމަ ތިޒާތުގެ ވާހކަ ފަހުމެއްނުވާނެ.
އަދިވެސް ދާންވީ ދިމާގެ ވާހަކަ ގިނަ ބަޔަކު ނުދައްކާ. ވިސްނައިލަމާ. މާދަންވެސް ޑޮލަރު ބަންދުވެދާނެ. އެހެން ބޭރު ފައިސާޥެސް ނުލިބިދާނެ. ވީއިރު ރާއްޖޭގެ ބިމުގައި ރާއްޖޭގެ އަތްތަކަކުން ދަނޑުވެރިކަން އިތުރުކުރަން ވިސްނަންވީ. ރާއްޖޭގެ އީޖާދު އިތުރުކުރަންވީ. މި ނޫންގޮތެއް އެއްވެސް ޤައުމެއްގެ ފުދުންތެރިކަމަކަކަށް ނޯންނާނެ. މި ނޫން ކޮންމެ ގޮތަކީ ވަގުތީ ހައްލެއް. އެއީ ބިރެއް. ބަޮޑު ބިރެއް. ހައްތާ ދަރަނިވެރިވުން ނޫންގޮތެއް ނޯންނާނެ.
މިޒަމާނުގައި ގައުމުތައް މިހިންގަނީ ވިޔަފާޜި މޮޑެލް އަށް އެހެންވުމުން ވިޔަފާރި އާއި އިގްތިސާދުނޭގޭ ބަޔަކަށް ވެރިކަން ލިބުމުން ވާނެ ހަތަރެތި މިވަނީ ބަލަން ތިބޭ ވަޒީފާ ނެތް މީހުން އިތުރުވެ އިންފްލޭޝަން މަތިވެ ވައްކަން ކުރުމާއި ފޭރުން އިތުރު ވާނެ މިހާރު ގޭގޭން ވައްކަން ކުރަނީ ވަކި ގޮތަކަށް ނޫން މިއަދު ވެސް ސޮނީ ހާޑްވެއަރ އިން ދިމާވި މީހަކު ބުނީ ބޮޑެތި ތަޅު މިގަންނީ ރޭވެސް ވައްކަން ކޮށްފިއޭ މުޅި ހިސާބުގައި ވަގުން އެބައުޅެޔޭ
ސަރުކާރަކަށް ތިޔަކަމެއް ނުވާނެ ޑޮލަރު ދާނީއަގު ބޮޑުވަމުން އެވަރަށް ދިވެހިފައިސާ ޗާޕްކޮށްފި ކުރިން ސަރުކާރާ ހަވާލު ނުވާއިރު ގޮވި ފައިސާ ޗާޕެއް ނުކުރާނަމޭ ޑޮލަރުން މީހުންގެ ޖީބު ފުރާލާނަމޭ ރޯދައަށް އެސްޓީއޯ އަށ ްގެނައި ހާ އަލުވި ފިޔާއިން ބޮޑުވައި ކުނިވެގެންއުކަލީ ކިހާ ގެއްލުން ގައުމުތަކުން ހިލޭ ދިން ކާނާ ތައްވެސް ވީ ތަނެއް ނޭގޭ.. ނަންވާނީ ކަދުރު ފާތުމަ
މިފަހަރު ކަދަރު ލިބުނު މީހަކުނެތް ހިލޭ ލިބުނު އަލުވި ފިޔާ ވީތަނެއް ނޭނގޭ
ހީވަނީ އަބްދުﷲ ޝާހިދު ގޭގައިހެން ހެ ހެ
މިހާރު އެއް ގައުމެއް ވެސް ނުހިންގޭނެ އިގްތިސާދީ މާހިރުންނަށް ނޫނި
ހަމަ ގޮވާނީ އަތަށ ްބަލަން ތިބޭ .. މިއީ 2010 ގައި ވެސް ވީ ގޮތް
އިގްތިސާދު ދައްވެ ބެރުފައިސާ ނުލިބެން ފެށީމަ ހެދި ގޮތަކީ 21 ބިލިއަން ރުފިޔާ ޕްރިންޓްކުރީ. އެމެރިކާއިންވެސް ޑޮލަރު ޕްރިންޓް ކުރީމަ އަމީރު ހެދިވަޑާމަކީ ސޯލިހު ކައިރީ ބުނީ ހިނގާށޭ އަހަރެމެންވެސް ޕްރިނޓް ކުރަން. އަމީރަށް އެނގޭ އިންފްލޭޝަން މަތިކޮށްލަނީކަން. އަމީރު ބުނީ އެމެެިކާއަށް ފައިސާ ޕްރިނޓް ކުރެވެންޏާ މިގައުމަށްވެސް ވާނޭ. ސޯލިހަށް ނޭނގޭ ކަމަކީ ޑޮލަރރަކީ އިނޓަރނޭޝަނަލް މަނީކަން. ދިވެހި ރުފިޔާ އަކީ އެއްވެސް އެހެން ގައުމަކަށް ގަބޫލުކުރާ އެއްޗެއްނޫންކަން.
15.45 ނޫން އެމްއެމްއޭ ގެ ރޭޓަކީ. މީ މިހާރު ވަރަށް ބޮޑު މައްސަލައެއް. އެއް ޚަބަރެއް ބާރަ އޮންލައިނަ ނޫހުގަ ހުންނަނީ ބާރަ ގޮތަށް. ރައްޔިތުންނަކަށްނޭގެ ކޮން ނޫހެއްގަ ކަމެއް ތެދު ނޫނީ ރަންގަޅަށް އޮތީ. ނޫސްވެރިން މިޔަށްވުރެން ޒިއްމާ ދާރުވާން އެބަޖެހޭ. ސަރުކާރުނަ ކަންޑައަޅާފަ އިންނަ ޑޮލަރު ވިއްކަން އެއްމެ މަތީ އަގަކީ 15.42. ޝުކުރިއްޔާ.
އެމްޑީޕީ ވެރިކަމަށް އައިސްފިތަ ޑޮލަރުގެ އަގުމަތިވާނެކަމީ %100 ޔަގީންކަމެކެވެ. މިހާރު މިމީހުންކިޔާނެ ކޮވިޑްގެ ސަބަބުންނޭ. އެކަމު 2008 ން2012 އަށް އަންނި އިރު ކޮވިޑެއްނެތް އެކަމު ޑޮލަރު ހުރީ 20 ން މަތީގައެވެ. އެގޭކަމަކީ ކޮންމެއެއްޗެއް ކިޔަސް ޑޮލަރުމަތިވެ އިގްތިޞާދު އިދަޖެހޭކަމެވެ.
ތަކެތީގެ އަގެއް ނުއުފުލޭނެ.. ހަމަ އުފުލޭތާ 3 މަސް ތެރޭ ދަށައްދާނެ ތަކެތި ނުވިކިގެން ވިޔަފާރިވެރީން ތަކެތި ސޭލްވެސް އަޅުވާނެ. ދިސް އިޒް ބޭސިކް އިކޮނޮމިކް ޕުރިންސިޕަލްސް.
ނޯތު ކޮރެޔާއިން ހަދާހެން ސަރުކާރުން ޑޮލަރު ޗާޕުކޮއްފަ ނެރެންވީ.