ރާއްޖެއަށް އާ ވައްތަރުތަކުގެ ޖޫސް ތައާރަފް ކުރުމުގައި މަގްބޫލުކަމެއް ހޯދަމުން އަންނަ ވީއޭވީ ޕްރައިވެޓް ލިމިޓެޑުން ތައާރަފުކޮށް އަދި ދިވެހިންގެ މެދުގައި މަގްބޫލުވަމުން އަންނަ މަރަކާ ޖޫހުގެ އާ ބާވަތްތަކެއް މާކެޓަށް ނެރެފިއެވެ.

މަރަކާ ޖޫހަކީ ދާދި ފަހުން ވީއޭވީން ރާއްޖެއަށް ތައާރަފްކުރި ޖޫހެކެވެ. ކޮންމެ ފްލޭވަ އެއްގައިވެސް ތަފާތު މީރު ރަހައެއް އެކުލެވޭ މި ޖޫހުގެ މަގުބޫލުކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މަރަކާ ޖޫހުގެ ހަތަރު ރަހައެއް މިވަގުތު ރާއްޖެއިން ލިބެން ހުންނާނެއެވެ. އެއި، ފެޝަން ފުރުޓް، އަނބު، އަލަނާސި އަދި ފޭރެވެ. މީގެން ކޮންމެ ރަހައަކުންވެސް 500 އެމްއެލް ފުޅި، 1 ލީޓަރު ފުޅި، 2.6 ކިލޯގެ ހަން އަދި 6 ކިލޯގެ ހަންވެސް ލިބެން ހުންނާނެއެވެ. އަދި މީ ފެޝަން ފުރުޓް ފްލޭވަރގެ 750 އެމްއެލް ވެސް ދަނީ ވިކެމުންނެވެ.

Four flavors of Maraca juice available for wholesale & retail

Posted by VAV Trading Point on Wednesday, July 29, 2020

އެހެނިހެން ގިނަ ބްރޭންޑްތަކުގެ ބުއިންތަކާ ޚިލާފަށް ވީއޭވީން ރާއްޖެއަށް ތައާރަފް ކުރި، ޖޫހުގެ އެކި ސައިޒްތައް ބާޒާރުން ލިބެން ހުންނަކަން ފާހަގަ ކޮށްލެވެއެވެ. އެހެންކަމުން ވަކި ރަހައެއް ނުވަތަ ވަކި ސައިޒެއް ނުވަތަ ވަކި ބަޖެޓަކަށް ފައްތާލަން ބޭނުންނަމަ، ކަސްޓަމަރުންނަށް ގިނަ ޗޮއިސްތަކެއް ލިބިގެން ދެއެވެ.

މަރަކާގެ ޕްރޮޑަކްޓްތައް ތައްޔާރު ކުރެވިފައި ވަނީ އިންޑިއާގެ ކެރެލާގެ ދަނޑު ބިންތަކުން އުފައްދާ މޭވާއިންނެވެ. މަރަކާ ބްރޭންޑްގެ މި ޕްރޮޑަކްޓްތަކުގައި އާއްމުކޮށް މާކެޓުގައި ލިބެން ހުންނަ ޖޫސް އަދި ސިރަޕް ތަކަށް ވުރެ މޭވާގެ ކޮންސެންޓްރޭޝަން މަތި އަދި މޭވާގެ ރަހަ ގަދަކަން ފާހަގަ ކުރެވެއެވެ.

ހޮޓާ އަދި ރެސްޓޯރަންޓްތަކުގެ މަސައްކަތްތައް އަލުން ފަށައިގަނެވޭ މިދަނޑިވަޅުގައި، 2.6 ކިލޯ އަދި 6 ކިލޯގެ މަރަކާ ބްރޭންޑްގެ ސްކޮއަޝް، ތަޢާރަފް ކުރެވިފައި ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށާއި، ގެސްޓްހައުސް، ރިިސޯޓްތައް ފަދަ ޚިދުމަތްދޭ ތަންތަނަށް ޚާއްޞަކުރެވިގެންނެވެ.

މި ޕްރޮޑަކްޓްތައް ވާނީ އެތައް ބައިވަރު މީހުންނަށް އެއްފަހަރާ ގިރާލަންވެސް އެއްވަނައިގެ ޕްރޮޑަކްޓަކަކަށެވެ. އެހެންކަމުން މިއީ ޕާޓީތަކަށާއި، އިވެންޓްތަކަށް އަދި ވަކިން ހާއްސަކޮށް ކޭޓްރިންއަށް ބޭނުން ކުރެވިދާނެ މީރު ޕްރޮޑަކްޓްތަކެކެވެ.

މި ފްރުޓް ސްކޮއަޝް އަކީ ބައެއް ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޕްރޮޑަކްޓް ތަކެކެވެ. މިފަދަ ބައެއް ރެސްޓޯރަންޓް ތަކުން ބުނާގޮތުގައި މަރަކާ ބްރޭންޑްގެ ޖޫސް އަދި ޚާއްޞަކޮށް 6 ކިލޯ ޖޫސް ހަމަކީ ހެޔޮއަގުގައި ލިބެންހުރި ރަހަމީރު ޖޫހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާދަާ

    ވަރަށް ހިއްގައިމުހެން ހީވަނީ، ގަންނާނާން ފިހާރައްކުން ފެނިއްޖެއްޔާ