ތިން ލޭޔަރގެ ޑިސްޕޯސަލް މާސްކް އެންމެ އަގުހެޔޮކޮށް ލިބޭނީ "ލިބޭ" އިން ވިއްކަން ފަށައިފިއެވެ.

ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ"ގެ އޮފިޝަލަކު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން މާސްކް އެޅުން މަޖުބޫރު ވެފައިވާ މިދަނޑިވަޅުގައި އެންމެ ހެޔޮ އަގުގައި މާސްކް ހޯދަން ބޭނުންވާނަމަ ލިބޭގެ ފޭސްބުކް ޕޭޖަށް ނޫނީ ލިބޭގެ ނަމްބަރަށް 9759452 އަށް ގުޅުމަށް އެދޭ ކަމަށެވެ. އެގޮތުން ލިބޭއިން ދަނީ އެކި ވައްތަރުގެ އެކި ބްރޭންޑުގެ މާސްކް ވިއްކަމުންނެވެ.

"އާއްމުކޮށް ރާއްޖެއިން އެންމެ އަގުހެޔޮކޮށް ވެސް ތިން ލޭޔަރގެ ޑިސްޕޯސަބަލް މާސްކް ޕެކެއް ލިބެނީ 320 ރުފިޔާއަށް". ލިބޭގެ އޮފިޝަލް ވިދާޅުވިއެވެ.

ލިބޭ އިން ބުނީ، 50 މާސްކް ހިމެނޭ ޕެކެއް މިހާރު ވިއްކަމުން ދާނީ 280 ރުފިޔާއަށް ކަމަށެވެ. އަދި ދެ ޕެކް ނަގާނަމަ 250 ރުފިޔާއަށް ލިބޭނެ ކަމަށް ލިބޭ އިން ބުންޏެވެ.

"ތިން ލޭޔަރގެ ޑިސްޕޯސަބަލް މާސްކް އާއްމުކށް ވިއްކަން ހުންނާނީ ހަތް ރުފިޔާ އާއި 10 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި.ނަމަވެސް އެސްޓީއޯއިން ދެ ލޭޔަރގެ ޑިސްޕޯސަބަލް މާސްކް ވުއްޖާ ދެ ރުފިޔާ އައި ހަތް ރުފިޔާގެ އަގުތަކެއްގައި". ލިބޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ލިބޭ" އިން ގެންދަނީ ޑިސްޕޯސަލް މާސްކްގެ އިތުރުން ފޮތި މާސްކް ވެސް ވިއްކަމުންނެވެ. އެކުންފުނިން ވިއްކާ ފޮތި މާސްކަކީ ވެސް އަޅައިގެން ހުންނަ ފަސޭހަ، އަދި އަޅައިގެން ހުންނަތާ ގިނައިރުތަކެއްވި ނަމަވެސް އުނދަގޫ ނުވާ މާސްކެކެވެ.

"ލިބޭ" އިން ވިއްކާތަކެތި ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް އެކުންފުނިން އެދެއެވެ.

ތެރޭގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ހާއްސަ މާސްކްގެ އިތުރުން، ސެނެޓައިޒާ ވެސް ހިމެނެއެވެ.

"ލިބޭ" އިން ވިއްކަމުން ގެންދާ ސެނެޓައިޒާތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލް އުފެއްދުމަކީ އީރާ ބްރޭންޑްގެ ސެނެޓައިޒާ އެވެ. މިބާވަތުގެ ސެނެޓައިޒާ އިން ވަރަށް މީރު ވަހެއް ދުވަހެވެ.

"ލިބޭ" އިން ވިއްކާތަކެތި އިތުރު އަގަކާއި ނުލާ މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ވެސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.