ދިވެހީންނަކީ އަބަދުވެސް މީރު ވަސް ދުވާ ސެންޓާއި އަތަރު ފަދަ ތަކެއްޗަށް ވަރަށް ލޯބި ކުރާ ބައެކެވެ. އަދި މިފަދަ އެއްޗެހި ގަނެ އުޅޭ ބައެކެވެ. ދިވެހިންނަށް ތަނަކުން މީރު ވަސް ދުވާ އެއްޗެއް ފެނިއްޖެ ނަމަ ނުގަނެ ނުހުރެވޭނެއެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި މީރު ވަސް ދުވާ އެއްޗިއްސަކީ ހަމަ މަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއޮތީ އެކަހަލަ މީރު ވަސް ދުވާ ތަކެއްޗަށް ލޯބި ކުރާ މީހުންނަށް އުފާވެރި ހަބަރެކެވެ. ރާއްޖޭގެ ފުޅާ ދާއިރާއެއްގައި ސެންޓާއި ތެލުގެ ވިޔަފާރި ކުރަމުން އަންނަ ލެފްރެގްރެންސް ފިހާރައިން މި ވަނީ އަތަރަށް ވުރެން މީރުވަސް ދުވާ ތެލެއް ރާއްޖެ ގެނެސް ވިއްކަން ފަށާފައެވެ.

ލެފްރެގްރެންސް ބްރޭންޑްގެ ދަށުން ވިއްކާ މި ތެޔޮތަކަކީ އެކި ސެންޓުތަކުގެ ވަހުން ފްރެގްރެންކޮށްފައިވާ ތެޔޮތަކެކެވެ. އަދި މީގެ ދެ ކޮލިޓީއެއްގެ ތެޔޮ ލިބެން ހުންނާނެއެވެ.

މި ތެޔޮތަކަކީ ރާއްޖޭގެ މާކެޓުގައި އާއްމުކޮށް ހުންނަ އަތަރުތަކާ ތަފާތު ވަރަށް މީރުވަސް ދުވާ ލޯންގްލާސްޓިންގް ތެލެއް ކަމަށް ލެފްރެގްރެންގެ ޑިރެކްޓަރަކު މައުލޫމާތު ދެއްވިއެވެ.

ލެފްރެގްންސް ތެލުގެ އިތުރުން އެކި ރޭންޖްތަކުގެ ސެންޓުތައްވެސް މިފިހާރައިން ލިބެން ހުންނާނެއެވެ. އަދި އަޒްޓެކް ހީލިންގް ކްލޭ އާއި މޯލްޑިވިއަން ކޮކޮނަށް އޮއިލް ބްރޭންޑްގެ ކާށިތެޔޮވެސް ލިބެންހުންނާނެއެވެ.

ލެފްރެގްރެންސްގެ ފިހާރަ ހުންނަނީ ލިލީމަގުގެ ޕާކިސްތާން އެމްބަސީ ކައިރީގައެވެ. މިފިހާރައިގެ ހޮޓްލައިން ނަންބަރަކީ 7951918އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ޙާލަތެއް މެދުވެރިވެގެން ﷲ ތިބާއާ ދުރުކުރެއްވި މީހުންނާ ދެން އަލުން އަމިއްލައަށް ކައިރި ނުވާތި..