ރާއްޖޭގެ އެންމެ މަޝްހޫރު އަތަރު ބްރޭންޑް އޫދް އަލް ސަބާޔާގެ ހުޅުމާލެ ފިހާރަ ގްލޭންޒް ބައި އޯއޭއެސް ހުޅުމާލެ ފިހާރަ އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފިހާރަ ބަންދުކޮށްފައި ގިނަ ދުވަސް ވަންދެން ބެހެއްޓުމަށްފަހު ފިހާރަ އަލުން ހުޅުވާފައި ވަނީ މިއަދު ހަވީރު 16:30 ގައެވެ.

ހުޅުމާލޭގެ ބޮޑު މަގުގައި ހުންނަ މި ފިހާރައިން، އެ ބްރޭންޑްގެ އަތަރާއި ސެންޓްގެ އެއާ ފްރެޝްނާ، ލޯޝަންގެ އިތުރުން، މަޝްހޫރު ބްރޭންޑްތަކުގެ ސެންޓާއި އަތަރު ލިބޭނެއެވެ.

މި ފިހާރައަކީ، އެ ބްރޭންޑްގެ އެހެން ފިހާރަތަކާއި ހިލާފަށް ކޮސްމެޓިކްސްއަށް ހާއްސަ ފިހާރައެކެވެ.

އޫދް އަލް ސަބާޔާއިން ދިވެހިންނާއި، ގުޅޭ ދިވެހިންގެ ހިތް އަތުލާފައިވާ އަތަރު ބްރޭންޑެކެވެ. އެ މީހުންނާއި ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.