ޒަމާން މިވަނީ ބަދަލުވެފައެވެ. އިހުނަށްވުރެ ތަރައްޤީވެ ކަންކަން ކުރަން އޮންނަ ގޮތް ތަފާތުވެ ފަސޭހަވެފައެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް އެކިއެކި ފިހާރަތަކަށް ދުވުން މިއަދު މާޒީވެ ހިނގައްޖެއެވެ. ފުރަބަންދާއެކު ދިވެހިންގެ ތެރެއަށް ގެނުވި ލޮޑުކަން ނިއު ނޯމަލްއަކަށްވެ، ދިވެހިންގެ ވިޔަފާރި ކުރުންތައް އަތުގައި އޮންނަ ފޯނަށް ބަދަލު ކޮށްލައިފިއެވެ. މިފަދަ ދަނޑިވަޅެއްގައި ވިޔަފާރިތަކުން ދަނީ މި ނިއު ނޯމަލްގެ ހަމަތަކަށް ފެއްތުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މިފަދަ ވިޔަފާރިވެރިންނަށް އެހީތެރިވެ، ގައިދުރުކަމާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އެހީތެރިވުމަށް ''ތްރީ ބައި ތްރީ'' އިން ދަނީ ޚާއްޞަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ޒުވާން މި ޓީމުން މިހާރު ގެންދަނީ ވިޔަފާރިތަކަށް ޚާއްޞަ އަގުތަކެއްގައި ވެބްސައިޓް ފަރުމާކޮށް ، ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

'ވަގުތު''އަށް މަޢުލޫމާތު ދެމުން މި ޓީމުން ހާމަކުރި ގޮތުގައި މި މަސައްކަތުގެ ބޭނުމަކީ ހަލާކުވަމުންދާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިރުމެއް ގެނެސްދީ އެ ވިޔަފާރިތަކަށް ކުރިއެރުން ގެނެސްދިނުމެވެ.

''އެނގިލައްވާނެ، ކޮވިޑާއި ގުޅިގެން އެންމެ ބޮޑަށް ގެއްލުން މިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ، ހަމައެގޮތަށް ކޮވިޑާއެކީ ޕާޗޭސިން ބިހޭވިއާ ވެސް މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުން ، އެހެންވެ ކުދި ވިޔަފާރިތަކަށް ވެސް އެފޯޑް ކުރެވޭނެ އަގެއްގަ އެމީހުންގެ ކުރިއެރުމަށް ކުރާ މަސައްކަތެއް މިއީ. މިހާރު މިމަސައްކަތުން އެއް ވެބްސައިޓްވާނީ (ލިބޭ އޮންލައިން) ފަރުމާ ކުރެވި، ހަވާލު ކޮށްފައި." ތްރީ ބައި ތްރީން މައުލޫމާތު ދެއްވިއެވެ.

ތްރީ ބައި ތްރީ އިން ވިޔަފާރިތަކަށް ހުޅުވާލާ ޕެކޭޖްގެ އަގުތައް ތިރީގައި އެވަނީއެވެ.

ޕެކޭޖް 1: އީކޮމާސް ވެބްސައިޓް 4999.00 ރުފިޔާ

ޕެކޭޖް 2: އީކޮމާސް ވެބްސައިޓް + އެންޑްރޮއިޑް އަދި އައިއޯއެސް އެޕް 8500.00 ރުފިޔާ

*އެސްއެމްއެސް އިންޓަގްރޭޝަން ބޭނުންފުޅުވާނަމަ، ކޮންމެ މެސެޖަކަށް 0.30 ލާރީގެ ރޭޓް އިން އެސްއެމްއެސް ކުރެވޭނެ. ސާވާރ އަދި ޑޮމައިން ފީ، އެއް އަހަރު ދުވަހު ދުވަހަށް ހިލޭ. އޭގެ ފަހުން އަހަރަކަށް (1،200) ރުފިޔާ.

މި ޚިދުމަތަށް އެދިލައްވާ ފަރާތްތަކުން ތްރީ ބައި ތްރީ ފޭސްބުކް ޕޭޖް ނުވަތަ ފޯން ނަމްބަރު 7738989 / 9847791 މެދުވެރިކޮށް މައުލޫމާތު ސާފުކޮށް ، ޚިދުމަތަށް އެދިލެއްވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިޝާ

    ވަރަށް ބެސްޓު ބައެއް އިނގޭ މީ ވެބްސައިޓު ހަދަން! ހަމަ އެއް ވަނަ!

    4
    3
  2. ވަރަށް ބެސްޓު

    އަހަރެން ހަނދާނެްވޭ ތި ކުދިން ލައްވާ ޕޯސްޓަރތަކެއް ހެދުވި ހަދާން، ވަރަށް އަވަސް އަދި އެހާމެ ސަޅި

    5
    2
  3. ޢމޑ

    ކުދިވިޔަފާރިތަށް ހަލާކުވަމުންދާ މިދަނޑިވަޅުގައިވެސް އިތުރައް ލާރިކޮޅެއްދަމައިގަނެވޭނެ ގޮތެއް ހޯދާލީ ދޯ!

    6
    1