މިދިޔަ މަހު މީރާއަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 2.8 ޕަސެންޓު އިތުރު އަދަދެކެވެ. މި އަދަދާއިއެކު މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާވަނީ ބަލައިގެންފައެވެ.

މީރާ އިން ވިދާޅުވި ގޮތުގައި އެޕްރީލް މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުމެވެ. އަދި ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް މީރާ އިން ހާމަކުރެއެވެ.

އޭޕްރީލް މަހު މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 64.0 ޕަސެންޓު ނުވަތަ 742.0 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 6.5 ޕަސެންޓު ނުވަތަ 74.86 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 6.1 ޕަސެންޓް ނުވަތަ 70.97 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ (55.05 މިލިއަން ރުފިޔާ ނުވަތަ 4.7 ޕަސެންޓް)، އެއަރޕޯޓް ސަރވިސް ޗާޖް (54.83 މިލިއަން ރުފިޔާ ނުވަތަ 4.7 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީ (161.67 މިލިއަން ރުފިޔާ ނުވަތަ 13.9 ޕަސެންޓް) ހިމެނެއެވެ.

އެޕްރީލް މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 47.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާއާއާއާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. އައި އޭމް ވޮންޑަރިންގް ކޭން ވީ ބީ ފްރެންޑްސް ކޭން ވީ ބީ އާއާ ކޭން ވީ ބީ އާއާ ކޭން ވީ ބީ އާއާ އާއާއާއާ އާއާއާއާ އާއާއާއާ އާއާއާއާ...