ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި އޮންލައިންކޮށް ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން މީރުވަސް ދުވާ މޮޅު ސެނެޓައިޒާގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ލިބޭ އިން ވިއްކަމުންދާ "އިރާ" ބްރޭންޑުގެ ސެނެޓައިޒާއަށް ޚާއްސަކޮށް ޕްރޮމޯޝަނެއް ފަށާފައިވާއިރު، އިރާ ބްރޭންޑްގެ މި ސެނެޓައިޒާ ޖެލް ބޭނުންކުރުމުން ޖަރާސީމާއި ވައިރަސް އިން ހަންގަނޑު ރައްކާތެރިކޮށްދެއެވެ.

މީގެ އިތުރުން އެ ސެނެޓައިޒަރ ބޭނުން ކުރުމުން ގިނައިރުވަންދެން އޭގެ މީރުވަސް ހަންގަނޑުގައި ހުންނަކަން ފާހަގަކޮށްލެވެއެވެ. ހަމައެެހެން މި ސެނެޓައިޒަރ އިން ހަންގަނޑަށް ތާޒާކަން ގެނެސްދިނުމުގެ އިތުރުން ގިނައިރު ވަންދެން އޭގެ ރައްކާތެރިކަން ވެސް ލިއްބައިދެއެވެ.

70 އިންސައްތަ އަލްކަހޯލް ހިމެނޭ މި ސެނެޓައިޒާ އަކީ، ހަންގަނޑަށް ގެއްލުންކުރާ މާއްދާތައް އެކުލެވިގެން ނުވާ ގުދުރަތީ ފައިދާކުރަނިވި ބައިތަކުން އުފައްދާފައިވާ މޮޅު ސެނެޓައިޒާއެކެވެ. މިގޮތުން މި ސެނެޓައިޒާ ބޭނުން ކުރުމުން ހަންގަނޑު ހައިޑްރޭޓްކޮށްދީ ހިކިފައި ހުންނަ ހުރުމަށް ޙައްލެއް ގެނެސްދީ ހަންގަނޑު މަޑުކޮށްދެއެވެ.

ލިބޭގެ އޮފިޝަލަކު ވިދާޅުވީ، އިރާ ބްރޭންޑްގެ ސެނެޓައިޒާއަށް ހާއްސަކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންއަކީ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން، 500 އެމްއެލްގެ ސެނެޓައިޒަރ ފުޅިއެއް 150 ރުފިޔާ އަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މީގެ އިތުރުން 300 އެމްއެލްގެ ލިކުއިޑް ސެނެޓައިޒަރ 110 ރުފިޔާ އަށް، 200 އެމްއެލް ލިކުއިޑް ސެނެޓައިޒަރ 85 ރުފިޔާ އަށް އަދި 60 އެމްއެލްގެ މީރު ވަސް ދުވާ ސިނަމޮން ބްރޭންޑްގެ ސެނިޓައިޒަރ 50 ރުފިޔާއަށް ލިބޭ 500 އެމްއެލް ސެނެޓައިޒަރ 130 ރުފިޔާ އަށް ލިބިވަޑައިގަންނަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ލިބޭއިން ސެނެޓައިޒާގެ އިތުރުން ފެންވަރު ރަނގަޅު އަދި ރައްކާތެރި ފޭސް މާސްކުވެސް ވިއްކަމުން ދެއެެވެ. މި މާސްކަކީ އާދައިގެ މާސްކުތަކާއި ޚިލާފަށް ތިން ލޭޔަރ ހުންނަ މޮޅު، ރާއްކާތެރިކަން ބޮޑު މާސްކެކެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ނަމްބަރު 9759452 ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މީގެ އިތުރުން ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.