މީރުވަސް ދުވާ، ހޭންޑް ސެނިޓައިޒަރ މިހާރު ރިއިންވެންޓް މޯލްޑިވްސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރިއިންވެންޓުގެ އޮފިޝަލަކު "ވަގުތު"އަށްށް މައުލޫމާތުދެމުން ވިދާޅުވީ އެ ސެނިޓައިޒާ ބޭނުން ކުރުމުން އަތުގައި ގިނަ އިރު ހިތްގައިމު، ލުއި އެހެންނަމަވެސް މީރު ވަހެއް ހުންނާނެ ކަމަށެވެ.

ރިއިންވެންޓުން ރާއްޖެ އަށް ތައާރަފް ކުރި މި ސެނިޓައިޒަރ އަކީ ސިންގަޕޫރުގެ ހެލްތް މިނިސްޓްރީ އާއި އެންވައިރޮމެންޓް މިނިސްޓްރީގެ ޚާއްސަ ސެޓްފިކެޓް ލިބިފައިވާ ކޮލިޓީ އަދި އިތުބާރު ހިފޭ ސެނިޓައިޒަރއެކެވެ.

އެގޮތުން ކްލީން ޓެކްއިން ވިއްކާ 500 އެމްއެލްގެ ސެނިޓައިޒަރ ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ލިބޭނެއެވެ. އެ ސެނިޓައިޒަރގެ ރީޓެއިލް އަގަކީ 195 ރުފިޔާ އެވެ.

ރިއިންވެންޓުން ދެން ވިއްކާ ފަސް ލީޓަރގެ ސެނިޓައިޒަރ ފުޅި ވިއްކަނީ ހަމައެކަނި ހޯލްސޭލްކޮށެވެ.

މިކަމާއި ގުޅެ އިތުރު މައުލޫމާތު ރިއިންވެންޓްއަށް ގުޅުމުން ލިބޭނެއެވެ.. ރިއިންވެންޓްގެ މެއިލް އެޑްރެހަކީ [email protected] އެވެ. އަދި ގުޅޭނެ ނަމްބަރަކީ 7799413 އެވެ.