ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އަވަސް ރައިޑް" އިން އެޕާ އަލަށް ގުޅިލައްވާ ފަރާތްތަކަށް ހިލޭ ދެ މަހު ޙިދުމަތްލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަވަސް ރައިޑުން މައުލޫމާތުދޭ ގޮތިގައި މިޕްރޮމޯޝަންގައި މާލޭ ސިޓީ ސަރަހައްދުގެ ޓެކްސީ، ޕްރައިވެޓް ކާރު، ސައިކަލު، ޕިކަޕު އަދި ލޮރީވެސް ބައިވެރިވެވޭނެއެވެ. މިޕްރޮމޯޝަންގައި ބައިވެރިވެވޭނީ 30 އޮގަސްޓުގެ ނިޔަލަށް އެޕުގައި އަލަށް ރަޖިސްޓާ ކުރައްވާ ފަރާތްތަކަށެވެ.

އަވަސް ރައިޑުގެ ސީއީއޯ ޔާނިއު ރަމީޒް ވިދާޅުވީ އަވަސް ރައިޑުން މި ޕްރޮމޯޝަން ކުރިންވެސް އެތައް ފަހަރަކު ކުރިޔަށް ގެންގޮސްފައިވާއިރު، މި ޕްރޮމޯޝަންއަށް އަބަދުވެސް ބޮޑު ތަރުހީބެއް ލިބޭކަމަށެވެ. އަދި އެޕުގައި އަލަށް ބައިވެރިވާން ބޭނުންވާ ގިނަ ޑްރައިވަރުން ހުރުމާއިއެކު މިޕްރޮމޯޝަން ފަށާފައިމިވަނީ މިދަނޑިވަޅުގައި ގިނަ ޑްރައިވަރުންނަށް އެހީވުމުގެ ގޮތުން ކަމަށެވެ.

https://www.facebook.com/293498351263734/posts/638395740107325/

"އަވަސް ރައިޑް" ގެ ޑްރައިވަރަކަށް ވުމަށް ވަރަށް ފަސޭހައެވެ. އެ އެޕްލިކޭޝަން އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑުކުރެއްވުމަށް ފަހު އެޕްލިކޭޝަންގައި އިންނަ ފޯމު ފުރާލެއްވުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، ޑްރައިވަރުގެ މައުލޫމާތު، ލައިސަންސް ކާޑު އަދި ކާރުގެ މައުލޫމާތާއި، ޑްރައިވަރުގެ ފޮޓޯ އެޕްލިކޭޝަނަށް ލުމަށްފަހު، 7952929 އަށް ގުޅައިގެން ނުވަތަ ވައިބާރ ކޮށްގެން އެކައުންޓު އެކްޓިވޭޓްކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.

އަވަސް ރައިޑް އިންވަނީ ކޮވިޑް-19 އާއި ގުޅިގެނެ ފުރަބަންދުގެ މަސްތަކުގައި އާއި ރޯދަމަހު އަވަސްރައިޑްގެ ސެންޓަރުގެ އަދި އެޕުގެ މަހުފީ 50 އިންސައްތައަށް ކުޑަކޮށްފައެވެ. އަދި މާލޭ ސަރަހައްދު ނޫން އެހެން ސިޓީތަކުގައި ޑްރައިވަރުންގެ ފީ ވަނީ ހިލޭ ކޮށްފައެވެ. އަދި މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ޑްރައިވަރުންގެ ދިރިއުޅުމަށް އަންނާނެ ދަތިކަމަށް ބަލާފައެވެ.

މީގެ އިތުރުން ވެހިކަލްތައް އަބަދުވެސް ސާފުކޮށް ބެހެއްޓޭނެ ގޮތްތައް ރާވައި އެކަންކުރުމަށްޓަކައި އެޗްޕީއޭ އާއި ގުޅިގެން ވެހިކަލް ސެނިޓައިޒްކޮށް އަބަދުވެސް ޑިސްއިންފެކްޓް ކޮށްފައި ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އަވަސް ރައިޑުން ހާމަކޮށްފައިވެއެވެ.

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ އާންމުވަމުންނެވެ. "އަވަސް ރައިޑް" އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. މިގޮތުން އަވަސް ރައިޑު ފްލީޓުގައި މިހާރު ޙިދުމަތްދޭ ވެހިކަލްގެ އަދަދު 2500 އާއި ކައިރިކުރެއެވެ އަދި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި މިހާރު އަވަސް ރައިޑް ޙިދުމަތް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަރޭ

    އަވަސް ރައިޑްއަށް ޝުކުރިއްޔާ! ތިޔައީ އަބަދުވެސް އެއްވަނަ މެނޭޖްމަންޓް

    6
    1
  2. ރިލްވާނު

    އަވަސް ރައިޑުން އަބަދުވެސް ޑްރައިވަރުންނަށް ވަރަށް ބަލާ އެކަމައް ހަސަނަށް ޝުކުރު ދަންނަވަން

    4
    1
  3. އިޝޫ

    މިދުވަސްކޮޅު މިހާ ދަތިއިރު ތިހެން ހަދާދިނީތީ ހާދަ ރަނގަޅޭ . މަސައްކަތުގައި ބަރަކާތް ލައްވާށީ އާމީން

    6
    1
  4. ސީކްރެޓް އެޑްމައިރާ

    ޔާނިއު އައި ފޭންޔޫ!

    ސެނިީ...

    3
    1
  5. ޖާއް

    ޝުކުރިއްޔާ އަހަރުމެން ވަރަށް ބޭނުން ކަމެއް މިވަގުތު