ދިވެހިންގެ މެދުގައި މަގުބޫލް ލޭންސްލޭ ސްލިމް ކޮފީގެ އެއްލައްކަ ރުފިޔާ ލިބޭ ކޮފީ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

ލޭންސްލޭ ކޮފީ ވިއްކާ "ލިބޭ" އިން މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މާޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތް ޕްރޮމޯޝަންގެ މުއްދަތު މިހާރު ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރީ ކޮވިޑް-19 އާއި ގުޅިގެން ދެމަހަށް ވުރެ ގިނަ ދުވަހު ފުރަބަންދުގައި ތިބެން ޖެހުމުން ކަމަށް "ލިބޭ" އިން ބުންޏެވެ.

"ފުރަބަންދުގައި ތިބެން ޖެހުމުން ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވި ބައެއް ފަރާތްތަކަށް އެފުރުސަތު ލިބިފައި ނުވާތީ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރީ. ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރި އެންމެ ބޮޑު ސަބަބަކީ ވީހާވެސް ގިނަ ފަރާތްތަކަކަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުން." ލިބޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ކޮފީ ގަތުމުން ލިބޭ ކޫޕަނެއް ފުރިހަމަކޮށް "ލިބޭ" އަށް ފޮނުވަން ޖެހޭނެއެވެ. އެކުންފުނިން ބުނީ ޕްރޮމޯޝަންގެ މުއްދަތު ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ހަމަވުމުން ސެޕްޓެމްބަރ 30 ވަނަ ދުވަހާއި ހަމައަށް ކޫޕަންތައް "ލިބޭ" އަށް ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތައް ހޮވުން އޮންނާނީ އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހު އެވެ.

"ލިބޭ" އިން ވިއްކާ ލޭންސްލޭ ކޮފީ ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 9759452 އަށެވެ.

މި ޕްރޮޑަކްޓު މާލެއާއި ހުޅުމާލެ ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.