ރާއްޖޭގައި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ފިނި ކުރި ބާވަތްތަކުގެ ވިޔަފާރި ކުރަމުން އަންނަ ކުކުޅު ފިހާރަ އިން ބޮޑު އީދާ ގުޅިގެން، "ބޮޑު އީދު ބޮޑު ހަދިޔާ" ގެ ނަމުގައި ގިވްއަވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މީީސް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް "ކުކުޅު ފިހާރަ" ގެ ފޭސްބުކު ޕޭޖް، .facebook.com/kukulhufihaara އަށް ލައިކް ކުރުމަށް ފަހު، ގިވްއަވޭ ޕޯސްޓު ލައިކްކޮށް، ޝެއަ ކުރުމުގެ އިތުރުން އެ ކޮމެންޓުގައި 10 ރައްޓެހިން ޓެގު ކުރުމުން ނިމުނީއެވެ.

މި ޕްރޮމޯޝަންގެ ގުރުލުން ޖުލައި 31 ގައި ބާއްވަން ހަމަޖެހިފައިވާ އިރު، ގުރުއަތުން ހޮވޭ ފަރާތަކަށް ފިނި ކުރި ހުރިހާ ބާވަތެއް ހިމެނޭ މި ގިފްޓް ޕެކް ލިބޭނެއެވެ.

މީގެ އިތުރުން، އެހެން ޕްރޮމޯޝަނެއް ވެސް މި އީދާ ދިމާކޮށް ކުކުޅު ފިހާރައިން ކުރިއަށް ގެންދެއެވެ.

ފިނިކުރި ކުކުޅާއި، ފިނިކުރި މަހުގެ އެހެނިހެން ބާވަތްތަކުގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ބޮޑުއީދާ ދިމާކޮށް ފެށި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ 10 ކޭސް ފޮށި ކުކުޅަށް، 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ކުކުޅު ފިހާރައިގެ ޑިރެކްޓާ ސޭލްސް އެންޑް މާކެޓިން، ނަޝާތު ވިދާޅުވީ، ބޮޑު އީދާއި ދިމާކޮށް ހުޅުވާލާފައިވާ މި ޕްރޮމޯޝަން އަކީ ވަރަށް ތަފާތު ޕްރޮމޯޝަނެއް ކަމަށެވެ.

އެގޮތުން ކުކުޅު ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ލިބޭނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ކުކުޅު ރީޓެއިލްކޮށް ވިއްކާ ފިހާރަތަކަށް ކުކުޅު ފިހާރަ އަށް ވުރެ ރަނގަޅު ޗޮއިސްއެއް ނެތް. އެއީ މި އަގުތަކުގައި ފިހާރައަށް ނުވަތަ ބޯޓާއި ހަމައަށް، ބައްލަވައިގަންނަ ތަކެތި، ހިލޭ ގެންގޮސްދޭނެ އިތުރު ފަރާތެއް ނެތް. ފިނިކުރި ހުރިހާ ބާވަތެއްގެ ސާމާނު އަޅުނގަޑުމެން ލިބެން ހުންނާނެ. " އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކަސްޓަމަރުން ގަންނަ ކޮށާފައިވާ ކުކުޅުގެ ޕެކިންގައި ހުރިހާ ސައިޒެއް އިނގޭނެހެން ލޭބަލް ކޮށްފައި ހުންނާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށްއޮތް ބޮޑު އީދުގައި ބަދިގޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި، އަދި ވަގުތު ސަލާމަތް ވާނެ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ގޭބިސީ ތަކަށް ހާއްސަކޮށް ވެސް އަޅުގަނޑުމެން މި ދޫކޮށްލަނީ 1 ކޭސް ހިލޭ، މިސާލަކަށް އާއިލާގެ މެންބަރުން ނޫނީ ރައްޓެހިން އެއްވެގެން 10 ކޭސް ކޮށި ކުކުޅު ނެގިޔަސް މައްސަލައެއް ނެތް. ވިޔަފާރި ވެރިއަކަށް ކޮންމެހެން ވާކަށް ނުޖެހޭ. މިސާލަކަށް އީދާ ދިމާކޮށް ވިޔަފާރި ބޭނުމަށް ނޫން ގޮތަށް އާއިލާތަކުގެ މެންބަރުން ބައިވެރިވެގެން ނުވަތަ އަވަށްޓެރިން އެކުވެގެން 10 ކޭސް ކޮށި ކުކުޅު ބައްލަވައިގެންނެވި ނަމަވެސް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ." ނަޝާތު ވިދާޅުވި އެވެ

"ކުކުޅު ފިހާރަ"އިގެ ހަތަރު ތަން ހުންނަ އިރު ކުކުޅު ފިހާރަ އެކެއް ހުންނަނީ ހުޅުމާލޭގައެވެ. އަދި ކުކުޅު ފިހާރަ ދޭއް މާފަންނު އޭއެމްޑީސީ ސަރަހައްދުގައި ހުންނައިރު، ކުކުޅު ފިހާރަ ތިނެއް ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގައެވެ. އަދި ކުކުޅު ފިހާރަ ހަތަރެއް ހުންނަނީ އއ.ތޮއްޑޫގައި އެވެ.

ކުކުޅު ފިހާރައިގެ އިތުރު އައުޓް ލެޓްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުޅުވިގެންދާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިގެ އަމާޒަކީ ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތާޒާކަމާއި އެކު، ފިނި ކުރި ތަކެތި ފޯރުކޮށްދިނުން ކަމަށް ކުކުޅު ފިހާރައިން ބުންޏެވެ.

ކުކުޅު ފިހާރަ" ގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ. އަދި ކުކުޅު ގަންނަން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 9986575 އަށެވެ.

 

ކިޔުންތެރިންގެ ހިޔާލު