ދިވެހި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން ދިރާގުން ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު މޯބައިލް ބޫސްޓަރ ތަކުން %55 އިތުރު އެލަވަންސް ލިބިގެން ދާނެއެވެ. އެގޮތުން، ދިރާގު ޕްރީޕެއިޑް މިނީ ބޫސްޓަރ އަދި ޕޯސްޓްޕެއިޑް ބޫސްޓަރ ތައް 26 ޖުލައި އާއި 3 އޮގަސްޓް 2020 އާ ދެމެދު އެކްޓިވޭޓް ކުރައްވައިގެން %55 އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ކުލަގަދަކޮށް މިނިވަންދުވަސް ފާހަގަކުރަމުން އައި ބައެއް ނަމަވެސް، މި އަހަރު ކޮވިޑް19ގެ ސަބަބުން މިނިވަންދުވަހުގެ ކުޅިވަރުތަކާއި، ހަފުލާތައް ނުބާއްވަން ވަނީ ހަމަޖައްސާފައިއެވެ. ދިރާގުން އުންމީދު ކުރަނީ މި އިތުރު ޑޭޓާގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްޓެހިންނާއި އާއިލާއަށް ފޮނުވާ، މި ޗުއްޓީތެރޭގައި މުނިފޫހި ފިލުވުމުގެ ކަންތައްތައް ޑިޖިޓަލްކޮށް ކުރުމަށް ލިބޭނެ އިތުރު ހިއްވަރަކާއި ލުއި ފަސޭހައަކަށް ވެގެންދާނެކަމަށެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާމީން

    ބިލްތައް ވަނީ ބޮޑު ފުރީ އެލަންވސް ދޭވަރަކަށް. ކިހިނެއް ތިހަދަނީ

  2. Anonymous

    ހުސް މަކަރާހީލަތް!! އެހެން ކަމެއް ނުކުރޭ! ކޮން ހިލޭ ޑާޓާއޭ ކިޔާކަށް! މިހާރުވެސް ތި ޑާޓާ ލިބޭ ނަމަ ލިބެންވީނު! ތީ ބިލްބޮޑުކުރަން ޖަހާ މަޅިއެއް!!