ދިވެހިންގެ މެދުގައި މަގުބޫލް ލޭންސްލޭ ސްލިމިން ކޮފީ މާލޭގައި ހިންގަމުންދާ ފަތަހައިގެ ހުރިހާ ފިހާރައަކުން ލިބޭނެ ކަމަށް ފަތަހައިން ބުނެފިއެވެ.

އޮންލައިންކޮށް މުދާ ވިއްކުމުގައި އާއްމުންގެ އިތުބާރު ހޯދާފައިވާ "ލިބޭ" އިން ވިއްކަމުން ގެންދާ މި ކޮފީ މީގެ ކުރިން ވިއްކަމުން ދިޔަ ދިޔައީ އެ ފަތަހަ މޯލްއިން އެކަންޏެވެ. ނަމަވެސް މިހާރު ފަހަތައިގެ ހަތަރު އައުޓްލެޓުންވެސް މި ކޮފީ ލިބޭނެއެވެ.

އެގޮތުން ފަރީދީ މަގުގައި ހުންނަ ފަތަހަ ސުންބުލިންނާއި، މަޖީދީ މަގު ހެންވޭރުގައި ހުންނަ ފަތަހަ ސްކައިގެ އިތުރުން، މަޖިދީ މަގުގައި ހުންނަ ފަތަހަ އިމްޕްރޫވްމެންޓުގެ އިތުރުން، ފަތަހަ މޯލްއިން މިހާރު ލަންސޭ ކޮފީ ލިބޭނެއެވެ.

ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ.

މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

ލޭންސްލޭ ސްލިމިން ކޮފީ އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ލޭންސްލޭ ސްލިމިން ކޮފީ ބައްލަވައި ގަންނަވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ވެސް މިހާރު ކުރިއަށް އެބަގެންދެއެވެ. ޕްރޮމޯޝަން ކުރިއަށް ގެންދާނީ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހާއި ހަމައަށެވެ. ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަނެއް ފުރިހަމަ ކުރުމަށް ފަހު "ލިބޭ" އާއި ހަވާލު ކުރަން ޖެހޭނެއެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ގުޅާނީ 9759452 ނަމްބަރަަށެވެ. މީގެ އިތުރުން ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.