ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ޙިދުމަތް ކަމުގައިވާ "އަވަސް ރައިޑް" އިން އަވަސް ރައިޑް ޕިކަޕް ސާވިސްގެ ނަމުގައި މާލެ ސިޓީ ސަރަހައްދުގައި މިޖުލައިމަހު ވަނީ ޕިކަޕް ސެންޓަރެއް ހުޅުވައިފިއެވެ.

އަވަސް ރައިޑުން މައުލޫމާތުދޭގޮތުގައި މާލޭ ސަރަހައްދައް އަދި ހުޅުމާލޭ ސަރަހައްދަގައި ހިދުމަތް ދިނުން ފުޅާކުރުމާއެކު އަވަސް ރައިޑް ޕިކްޕް ސެންޓަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމުގައެވެ. އަވަސް ރައިޑް ސެންޓަރުގެ ނަމްބަރަކީ 3351919 އެވެ.

ޓެކްސީއެއް ހޯދާލަން މިހާރު ވަރަށް ފަސޭހަ، އަވަސް ރައިޑް އެޕް މެދުވެރިކޮށް ބުކްކޮށްލައްވާ! އަވަސް ރައިޑުން ޙިދުމަތް...

Posted by Avas Ride on Tuesday, July 28, 2020

އަވަސް ރައިޑުން މައުލޫމާތުދޭ ގޮތިގައި އަވަސް ރައިޑް ޕިކަޕް ސާވިސް ތައާރަފްކުރުމާއިއެކު، ގިނަ އަދަދެއްގެ ޑްރައިވަރުން މިހާރު ގުޅިފައިވާ ކަމަށެވެ. އަދި ފަސޭހައިން ލޮރީ އަދި ޕިކަޕު ހޯދުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި އަވަސް ރައިޑުން އަބަދުވެސް ރައްޔިތުންނަށް އިތުބާރު ހިފޭ އަވަސް އަދި ރައްކާތެރި ޙިދުމަތް ހެޔޮއަގުގައި ލިބޭނެކަމުގެ ޔަގީންކަންވެސް ދެއެވެ.

އަވަސް ރައިޑުގެ ސީއީއޯ ޔާނިއު ރަމީޒް ވިދާޅުވީ އަވަސް ރައިޑުން ޕިކަޕް ސެންޓަރު ހުޅުވުމާއެކު، ޕިކަޕާއި ލޮރީގެ ހިދުމަތައް ޒަމާނީ ވަސީލަތްތައް ގާއިމު ކުރެވި، ޙިދުމަތް ދިނުމުގައި ބޮޑެތި ބަދަލުތަކެއް ފެންނާނެއެވެ. އަދި ކަސްޓަމަރުންނަށާއި ޑްރައިވަރުންނަށް ބޮޑެތި ފަސޭހަތަކަކާއި ލުއިތަކެއް ލިބިގެންދާނެ ނިޒާތަކެއް ތައާރަފް ކުރެވޭނެއެވެ. އަވަސް ރައިޑް ޕިކަޕް ސެންޓަރުގައި ފުރަތަމަފަހަރަށް ޕިކަޕް ސެންޓަރެއްގައި ޑިޖިޓަލް ސެޓާއި މޯބައިލް އެޕްލިކޭޝަންގެ ޙިދުމަތް ލިބެން ހުންނާނެއެވެ. އަދި އަވަސް ރައިޑް ފޯނު އެޕް ބޭނުންކޮށްގެންވެސް ކަސްޓަމަރުންނަށް ޕިކަޕް ދުރާލާ ބުކްކޮށްލުމުގެ ނިޒާމު ގާއިމު ކުރެވިފައިވާކަން ޔާނިއު ފާހަގަކޮށްލިއެވެ.

އަވަސް ރައިޑުން މައުލޫމާތުދޭ ގޮތުގައި އަވަސް ރައިޑް ޕިކަޕް ސާވިސްގެ ހުރިހާ ޕިކަޕައި ލޮރީއަކަށް އިތުރު ފީއަކާ ނުލައ، އަވަސް ރައިޑް އެޕްލިކޭޝަންގެ ޙިދުމަތް ލިބޭނެއެވެ. އަވަސް ރައިޑްގެ ޙިދުމަތް ފެށުމާއެކު މިހާރުވެސްވަނީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްފައެވެ، އަދި ޒަމާނީ ޙިދުމަތްތައް ތައާރަފްކޮށް ޕިކަޕް ޙިދުމަތުގައިވެސް އިންގިލާބެއް ގެންނާނެކަން ކަށަވަރެވެ.

މިހާރު ޕިކަޕު ހޯދާލަން ވަރަށް ފަސޭ، އަވަސް ރައިޑް ޕިކްޕް ސާވިސް3351919 އަށް ގުޅާލައިގެން ނުވަތަ އެޕް މެދުވެރިކޮށް...

Posted by Avas Ride on Friday, July 17, 2020

"އަވަސް ރައިޑް" ގެ ޑްރައިވަރަކަށް ވުމަށް ވަރަށް ފަސޭހައެވެ. ސެންޓަރުގައި ރަޖިސްޓާ ވުމަށް ބޭނުންވާނަމަ ހޮޓްލައިނަށް7952929 ގުޅާލުމުން މައުލޫމާތު ލިބޭނެއެވެ، އަދި އެ އެޕްލިކޭޝަންގައި ބައިވެރިވާން ބޭނުންވާނަމަ އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން އަވަސް ރައިޑް ޑްރައިވަރ އެޕް ޑައުންލޯޑުކުރެއްވުމަށް ފަހު އެޕްލިކޭޝަންގައި އިންނަ ފޯމު ފުރާލެއްވުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، ޑްރައިވަރުގެ މައުލޫމާތު، ލައިސަންސް ކާޑު އަދި ކާރުގެ މައުލޫމާތާއި، ޑްރައިވަރުގެ ފޮޓޯ އެޕްލިކޭޝަނަށް ލުމަށްފަހު، 7952929 އަށް ގުޅައިގެން ނުވަތަ ވައިބާރ ކޮށްގެން އެކައުންޓު އެކްޓިވޭޓްކޮށް މައުލޫމާތު ސާފުކުރެވޭނެއެވެ.

އަވަސް ރައިޑް އިންވަނީ ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުންގެ މަސްތަކުގައިއާއި ރޯދަމަހު އަވަސްރައިޑްގެ ސެންޓަރުގެ އަދި އެޕުގެ މަހުފީ 50 އިންސައްތައަށް ކުޑަކޮއްފައެވެ. އަދި މާލޭ ސަރަހައްދު ނޫން އެހެން ސިޓީތަކުގައި ޑްރައިވަރުންގެ ފީ ވަނީ ހިލޭ ކޮށްފައެވެ. އަދި މިގޮތަށް ނިންމާފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އިޤްތިސާދަށް އައިސްފައިވާ ލޮޅުމުގެ ސަބަބުން ޑްރައިވަރުންގެ ދިރިއުޅުމަށް އަންނާނެ ދަތިކަމަށް ބަލާފައެވެ އަދި މިފަދަ ހާލަތްތަކުގައި އަބަދުވެސް މިފަދަ އުސޫލުތައް ހުރިހާ އަވަސް ރައިޑުގެ ސެންޓަރުތަކާއި ހިދުމަތްތަކަށް ކަންޑައަޅާނޭކަމަށްވަނީ އަވަސް ރައިޑުން މައުލޫމާތުދީފައެވެ.

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ އާންމުވަމުންނެވެ. "އަވަސް ރައިޑް" އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. މިގޮތުން އަވަސް ރައިޑު ފްލީޓުގައި މިހާރު ޙިދުމަތްދޭ ވެހިކަލްގެ އަދަދު 2500 އާއި ކައިރިކުރެއެވެ އަދި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި މިހާރު އަވަސް ރައިޑް ޙިދުމަތް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަލީމްބެ

  ޢަވަސް ރައުޑު ހަބޭސް އަބަދުވެސް ތީ އެއްވަނަ

 2. ރޭޓްސް

  ކޮބާ ދަތުރުކޮށްދޭ އަގުތަކަކީ؟

 3. ޔޫނުސް

  ޙިދުމަތް ވަރަށް ފުރިހަމަ އަދި ފަސޭހަ

 4. ހީނާ

  އަވަސް ރައިޑުތީ މިހާރު ރާއްޖޭގެ އޫބަ! ތިޔަ ދެމުންދާ ފުރިހަމަ ޙިދުމަތައް ދިވެހިން ފަހުރުވެރިވޭ

 5. ހޯރަމޭން

  ޙިދުމަތް ރަނގަޅު، ޑްރައިވަރުންވެސް ވަރަށް ކަމޭހިތާ ފަރުވާތެރި، އަވަސް ރއަިޑު ތިއީ ހަމަ އެއްވަނަ