ފޯނު ކުރުމާއި ފޮޓޯ ނެގުމާއި މީސްމީޑިއާ ބޭނުން ކުރުމާއި ހަބަރުދަބަރު އޮޅުންފިލުވުމުގައި ތިމާގެ އެއް ބައިވެރިއަކީ ފޯނެވެ. ދިރިއުޅުމުގެ ކަންކަން ރާވާލައި ޕްލޭންކުރުމަށް ބޭނުން ކުރާ ކަލަންޑަރުގެ ރޯލާއި އެލާމް ގަޑީގެ ރޯލުވެސް މިހާރު އަދާކޮށްދެނީ ފޯނެވެ.

އެންމެ ފަހުގެ ފޯނާއި ފޯނު ކަވަރާއި ހެޑް ސެޓާއި އަދި މި ނޫނަސް ފޯނާ ގުޅުން ހުރި އެންމެ ފަހުގެ ސާމާނު ގެންގުޅުމަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެކަމަކަށް ލޯބިކުރާ ކަމެކެވެ. މާލެ ސަރަހައްދުން މި ތަކެތި ފަސޭހަކަމާ އެކު ލިބުނު ނަމަވެސް އަތޮޅުތެރޭގައި ތިބި ރައްޔިތުންނަށް މި ތަކެތި ގަތުމުގައި އަދިވެސް ދަތިތަކެއް އެބަހުއްޓެވެ.

ގިނަ ފަހަރު ފޯނެއް ގަންނާން ބޭނުން ވުމުން ގުޅަން ޖެހެނީ މާލޭގައި ހުރި ކޮންމެވެސް ގާތް ތިމާގެ މީހަކަށް ނޫނީ ރަހުމަތްތެރިއަކަށެވެ. ރާއްޖެއިން ބޭރަށް ފުރާ މީހަކު މެދުވެރިކޮށް ފޯނު ފަދަ ތަކެތި ގަންނަނީވެސް މަދެއްކޮށެއް ނޫނެވެ. ފޯނު ގަތުމަށް ފަހު އެ ފޯނު ރަށާ ހަމައަށް ގެންދިއުމަކީ ވެސް އެހާ ފަސޭހަކަމަކަށް ނުވެއެވެ. ފޯނު ފަދަ ތަކެއްޗަކީ އިތުބާރު ކުރެވޭ މީހަކު އަތަށް ދީގެން ނޫނީ ގެންދެވޭނެ އެއްޗަކަށް ނުވުމުން، އެ ފޯނު ރަށަށް ގެނެވެންދެން ދިގު އިންތިޒާރެއް ކުރަން ޖެހެއެވެ.

އެކަމަކު ދެން މިކަމާ އިތުރަށް ހާސްވާކަށް ނުޖެހޭނެއެވެ. "ޑްރީމްސް މޮބައިލް" އިން ރާއްޖޭގެ ހުރިހާ ރަށަކަށް ނުވަތަ ހުރިހާ ގެއަކަށް އެ ފިހާރައިން ވިއްކާ ތަކެތި ޕޯސްޓް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމުމާ އެކު އިތުބާރާއިއެކު ތަކެތި ކުރުމުއްދަތެއްގެ ތެރޭގައި ގޭގެ ދޮރޯއްޓާ ހަމައަށް ގެނެވޭނެ މަގު މިވަނީ ފަހިވެފައެވެ. ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް ޚިދުމަތް ލިބޭ ގޮތަށް ޕޯސްޓް މެދުވެރިކޮށް ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމަށް "ޑްރީމްސް މޮބައިލް" އިން ނިންމާފައިވާ އިރު މިއީ ރާއްޖޭގައި މޮބައިލް ވިއްކާ ކުންފުންޏަކުން ޕޯސްޓް މެދުވެރިކޮށް މިފަދަ ޚިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

"ޑްރީމްސް މޮބައިލް"ގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވި ގޮތުގައި މިފަދަ ޚިދުމަތެއް ތައާރަފްކުރުމުގެ ބޭނުމަކީ އަތޮޅުތެރޭގައި ތިބި ފަރާތްތަކަށް އިތުބާރު ހުރި ގޮތެއްގައި އަވަސް، އަދި ކޮލިޓީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

" ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކޮށްލެވޭނެ. މާލެ ސަރަހައްދުކަމަށްވާ ނަމަ މުޅިން ހިލޭ ޕްރޮޑަކްޓް ގެންގޮސްދޭނެ. ޕްރޮޑަކްޓް ބައްލަވައިގަންނަވާތާ 30 މިނިޓާއި އެއްގަޑި އިރާ ދެމެދުގެ ވަގުތެއް ނަގާނީ މި ސަރަހައްދުގައި ނަމަ އެ ޕްރޮޑަކްޓް ފޯރުކޮށްދޭން. ބޯޓާ ހަމައަށް ވެސް ގެންގޮސްދޭނެ. ދެން ނުޖެހޭނެ ބަލާދާނެ މީހެއް ނެތިގެން، ބަނދަރު މައްޗަށް ނުދެވޭނެތީ އެއްޗެއް ނުގަނެވިފަ ހުންނާކަށް." އޭނާ ވިދާޅުވިއެވެ.

ޑްރީމްސް މޮބައިލްގެ ރަސްމީ ވެބްސައިޓް www.dreamsmobile.com މެދުވެރިކޮށް އެ ފިހާރައިން ލިބިވަޑައިގަންނަ ހުރިހާ ޕްރޮޑަކްޓެއްވެސް ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. ކަސްޓަމަރުންނަށް ފަސޭހަ ކަމާ އެކު ބޭނުންކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓް އެއްކަން ފާހަގަކޮށްލަމެވެ.

ޑްރީމްސް މޮބައިލްގެ އޮފިޝަލް ވިދާޅުވީ ޑްރީމްސް އިން ގަންނަ ހުރިހާ ޕްރޮޑަކްޓެއް ވެސް ޕޯސްޓް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދެ ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޕްރޮޑަކްޓްތައް ޑެލިވަ ކޮށްދޭނެ ކަމަށާއި ފައިސާ އެކައުންޓަށް ޓްރާންސްފަކޮށްގެން، ނުވަތަ އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ޑްރީމްސް މޮބައިލް އިން ލިބޭ ހުރިހާ ޕްރޮޑަކްޓެއްވެސް، ޑްރީމްސް މޮބައިލްގެ ވެބްސައިޓު މެދުވެރިކޮށް، އެ ފިހާރައިން ގަންނަން ލިބޭ އަގުގައި ލިބެން ހުންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

" ކިތަންމެ ކުޑަ އަގެއްގެ އެއްޗެއް ގަތަސް ގެންގޮސްދޭނެ. ކޮންމެ އެއްޗެއް ވިޔަސް ހަމަ ޕްރޮޑަކްޓް ގަންނަ ހިސާބުން ޓްރެކް ކުރެވޭނެ، ޑެލިވަރ ކުރުމާއި ހަމައަށް ބަލައިލެވޭނެ ކޮބާކަން އެ ޕްރޮޑަކްޓް، ކިހާ ހިސާބެއްގައި ކަންވީ. މީތި މިދަނީ ރެޖިސްޓަޑް ޕޯސްޓުން. މީގަ އިންނާނެ ޑްރީމްސް ފްރީ ޝިޕިން، ޑްރީމްސް ސްޓޭންޑަޑް ދެން ޑްރީމްސް ޕްރިމިއަމް ޝިޕިން." އޭނާ ވިދާޅުވިއެވެ.

ޑްރީމްސް މޮބައިލް އިން ބުނާ ގޮތުން، ފްރީ ޝިޕިންގައި ކަސްޓަމަރުގެ އަތުން އެއްވެސް އަގެއް ނެގުމަކާ ނުލާ އޭނާ ބޭނުންވާ ޕްރޮޑަކްޓެއް އެ ބޭނުންވާ ގެއަކާ ހަމައަށް 7-10 ދުވަސް ތެރޭގައި ފޯރުކޮށްދޭނެއެވެ. އަދި 80 އިންސައްތަ ރަށްރަށަށް ސްޓޭންޑާޑް ޝިޕިން މެދުވެރިކޮށް 4-7 ދުވަސް ތެރޭގައި ޕްރޮޑަކްޓް ޑެލިވަރިކޮށްދެވޭއިރު ޕްރިމިއަމް ޝިޕިންގައި 2-6 ދުވަސް ތެރޭގައި ޕްރޮޑަކްޓް ފޯރުކޮށްދޭނެއެވެ. އެހެންކަމުން މި ޚިދުމަތަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ޚިދުމަތަކަށް ވެގެން ދާނެކަން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން އެ ވެބްސައިޓުން، ކަސްޓަމަރުން ބޭނުންވާ ކޮންމެ ޕްރޮޑަކްޓެއްގެ ނަން ޖަހާލުމަށް ފަހު ޕްރޮޑެކްޓް ހޯދައި ލެވޭނެއެވެ. ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓުގެ ނަމަށް ފިއްތާލުމުން، އެ ޕްރޮޑަކްޓްގެ ހުރިހާ ތަފްސީލެއް ފެންނާނެހެން ލިޔުމުން އެނގެން ހުންނާނެއެވެ. އޭގެ ތެރޭގައި އެ ޕްރޮޑަކްޓްގެ ފީޗަތަކާއި، ލިބެން ހުރި ކުލަތަކާއި އަގު ފަދަ މައުލޫމާތު ހިމެނެއެވެ.

އަދި އެ ޕްރޮޑަކްޓެއްގެ ތަފްސީލު އެނގޭނެ ފަދަ ވީޑިއޯތައް ވެސް ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމް "ޑްރީމްސް މޮބައިލް" އިން ވަނީ ހަމަޖައްސައިފައެވެ. އެހެންކަމުން މި ވެބްސައިޓް ބޭނުންކޮށްގެން ގޭގަ ތިބެގެން ވިއަފާރި ކޮށްލުމަކީ ވަރަށް ފަސޭހަ ކަމެއްކަންވެސް ފާހަގަ ކޮށްލެވެއެވެ އަދި ޕްރޮޑަކްޓެއް ގަތުމުގެ ކުރިން ލައިވްކޮށް ކަސްޓަމަރަށް ޑްރީމްސް މޮބައިލް އާއި ވާހަކަ ދައްކާލެވޭނެއެވެ. ގަންނަން ބޭނުންވާ ޕްރޮޑަކްޓާ މެދު އެއްވެސް ސުވާލެއް އޮތް ނަމަ ލައިވްޗެޓް މެދުވެރިކޮށް ސާފުކޮށްލެވޭނެއެވެ.