ތުރުކީގެ މަޝްހޫރު ޚަލާލް މޭކަޕް ބްރޭންޑް އިޒަބެލް ޑުޕޮންޓް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށް ބްރޭންޑް އެމްބަސަޑަރއަކަށް ރާއްޖޭގެ އެންމެ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖައްސައިފިއެެވެ.

މި ބްރޭންޑް ރާއްޖެއަށް ތަޢާރަފް ކޮށްފައިވަނީ ޕީ.އެސް.އެމްގެ ޓީވީ އެމް އިން ގެނެސްދޭ އީދު ޝޯވްގެ ތެރެއިންނެވެ.

ދުނިޔޭގެ 80 އަށްވުރެ ގިނަ ޤައުމަށް ތައާރަފްކޮށްފައިވާ މި ބްރޭންޑް ރާއްޖެއަށް ތައާރަފް ކުރުމަށް ބޭއްވި އިވެންޓްގައި މި ބްރޭންޑް ރާއްޖެއަށް ތަޢާރަފްކޮށްދީފައިވަނީ މި ބްރޭންޑް ރާއްޖެއަށް އެތެރެކޮށް މާރކެޓް ކުރާ ކައިލާން ޓްރޭޑިންގގެ އެމް.ޑީ އަޙުމަދު ސާތިރު އާއި މި ބްރޭންޑްގެ ބްރޭންޑް އެމްބަސަޑަރ އައްޒައެވެ.

އިޒަބެލް ޑުޕުންޓްގެ ފުލް ރޭންޖް ރަސްމީކޮށް ރާއްޖެއަށް ތައާރަފްކޮށްފައި މިވަނީ، މި ބްރޭންޑް ރާއްޖެ އެތެރެކޮށް ދުވަސްތަކެއްގައި ބޭނުން ކުރުމަށްފަހު، އަދި ކަސްޓަމަރުންގެ ފީޑްބެކަށް ބެލުމަށްފަހު މި ބްރޭންޑް އުފައްދާ ތުރުކީގެ ކުންފުންޏާ މަޝްވަރާ ކުރެވި ދިވެހިންގެ ގައިގެ ހަމާ އަދި ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ އެކަށީގެންވާ ބަދަލުތައް ގެނައުމަށްފަހުގައެވެ.

މި ބްރޭންޑަކީ ޚަލާލް އުފެއްދުމެއްގެ އިތުރުން، މި ބްރޭންޑްގެ ޕްރޮޑަކްޓްތައް އުފެއްދުމަށް ބޭނުންކޮށްފައިވާ މާއްދާ ތަކަކީ ހަށިގަނޑުގެ ހަމަށް ފައިދާހުރި މާއްދާތަކެވެ. ރަލާ، އެއްވެސް ކަހަލަ ކެމިކަލެއް، އަދި ޖަނަވާރުގެ އެއްވެސް މާއްދާއެއް ނުހިމެނޭގޮތަށް އުފައްދާފައިވާ މި ކޮލެޓީ ބްރޭންޑްގައި ހަށިގަނޑުގެ ހަމަށް ގިނަ ދުވަހުން ގެއްލުން ލިބޭނެ އަދި ކެންސަރަށް މަގުފައިވާފަދަ އެއްވެސް މާއްދާއެއްވެސް އެކުލެވިގެނެއް ނުވެއެވެ.

މި ބްރޭންޑްގެ ފުލް ރޭންޖް ރާއްޖެއަށް ރަސްމީކޮށް ތައާރަފް ވުމާއެކު، ކަސްޓަމަރުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ މި ބްރޭންޑްގެ ގިނަ އުފެއްދުން ތަކުގައި ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ މިފަދަ އެހެން ބްރޭންޑްތަކުގައި ނެތް ޚާއްޞަ ސިފަތައް ހުންނާނެކަމެވެ. އޭގެތެރޭގައި އައިލައިނަރ ސީރީސްތެރޭގައި ހިމެނޭ ހުރިހާ އުފެއްދުންތަކަކީވެސް ވޯޓަރ ޕްރޫފް އުފެއްދުންތައްކަން ފާހަގަ ކޮށްލަމެވެ. އަދި ލިޕްޓިކްސް ސީރީސް ތެރޭގައި ހިމެނޭ މެޓް ސީރީސްތަކަކީ އަބަދުވެސް ދިވެހިން އެންމެ ބޭނުންވާ ރީތި ކުލަތަކުގެ ޕްރޮޑަކްޓްކަން ފާހަގަކޮށްލެވެއެވެ.

އިޒަބެލް ޑުޕޮންޓް މޭކަޕް ބްރޭންޑަކީ މިވަގުތު ރާއްޖޭގެ މާރކެޓްގައިހުރި އަގުގެ ގޮތުންނާއި ކޮލެޓީގެ ގޮތުން އެންމެ ރަނގަޅު ބްރޭންޑްކަން ފާހަގަކޮށްލެވެއެވެ. އަދި މިބްރޭންޑް ރާއްޖެ އެތެރެކޮށް މާރކެޓް ކުރާ ކައިލާން ޓްރޭޑްގެ މަޤްޞަދަކީ މި ބްރޭންޑްގެ އުފެއްދުންތައް ދިވެހިންނަށް ވީ އެންމެ ހެޔޮއަގުގައި ފޯރުކޮށްދިނުމެވެ.