ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީގެ ޕްރޮމޯޝަނެއް "ލިބޭ"އިން ފަށައިފިއެވެ.

ރާއްޖެއަށް ލޭންސްލޭ ކޮފީ އެތެރެކޮށް ވިއްކަމުން ދާ "ލިބޭ" އިން ކުރިއަށްގެންދާ މި ޕްރޮމޮޝަނާއި ގުޅޭގޮތުން ލިބޭ އޮފިޝަލަކު ވިދާޅުވީ، މި ޕްރޮމޯޝަނުގައި ފަސް ފޮށި ގަތުމުން އެއް ފޮށި ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކޮފީ ލިބޭނީ "ލިބޭ"އިން ކޮފީ ރީޓެއިލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮގަސްޓު އެކަކުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް "ލިބޭ" އިން ބުނެއެވެ.

ކޮފީ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.

މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ " އިން ފޯރުކޮށްދޭނެއެެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ.