އެޕަލް ސީރީޒްގެ ފޯނުތަކަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބައެއްގެ މެދުގައި މަގްބޫލް އެއް ފޯނެވެ. ކޮންމެ އަހަރަކުވެސް އެ ސީރީޒްގެ ފޯނުތައް ސެޕްޓެމްބަރު މަހާ ދިމާކޮށް ނެރޭތީ އެންމެންވެސް ތިބީ މިފަހަރުގެ ފޯނު ނެރޭނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

އެކަމަކު އައިފޯނުންގެ ފޭނުންނަށް މިހާރު ލިބިފައި ވަނީ ހިތާމަވެރި ހަބަރެކެވެ.

އެޕަލް އިން މިހާރު ވަނީ އެޕަލް ފޯނު ނެރުމާއި ދޭތެރޭ ކުރާ އިންތިޒާރު ދިގުވެދާނެކަން ކަށަވަރުކޮށްދީފައެވެ.

ސެޕްޓެމްބަރު މަހު އެ ފޯނު ނުނެރުނު ނަމަވެސް، ފޯނު ނެރުން ލަސްވި ވަކި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

ބެލެވޭ ގޮތުގައި އެ ފޯނު ނެރުން ލަސްވާ ސަބަބަކީ، ކޮވިޑް-19 ގެ ސަބަބުން އައިފޯން އުފެއްދުމުގެ މަސައްކަތަށް ވެސް ހުރަސް އެޅުމެވެ.

އެގޮތުން އައިފޯނު އުފެއްދުމުގެ މަސަައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ޗައިނާގައި އެޕަލްގެ މަސައްކަތްތައް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ މަޑު ޖައްސާލައިފައެވެ. އެ މަސައްކަތް އަލުން ފެށީ މޭއި މަހުގެ ތެރޭގައެވެ.

މީގެ ކުރިން އައިފޯނު މޮޑެލް ނެރުން ލަސްވެފައި ވަނީ 2017 އަދި 2018 ގައެވެ.

އެގޮތުން 2017 ގައި އައިފޯން އެކްސް އާއި އައިފޯން 8 ނެރެވުނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަދި 2018 ގައި އައިފޯން އެކްސްއާރް ބާޒާރަށް ނެރުނީ އެ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.

އައިފޯން 12 ގެ ސީރީޒްގެ ދަށުން މި އަހަރު ހަތަރު ފޯނެއް ނެރުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު