މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ)އަށް މިދިޔަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިއީ އެކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 354 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ބަލާއިރު 30 ޕަސްނެޓު ދަށް އަދަދެކެވެ. އެކުންފުނިން ބުނީ ޓެކްސް އަށް ކެނޑުމަށްފަހު އެ ކުންފުންނަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 15 މިލިއަން ރުފިޔާ ކަމަށެވެ. އެއީވެސް ފުރަތަމަ ކުއާޓަރުގައި ލިބުނު 53 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 71 ޕަސެންޓު މަދު އަދަދެކެވެ.

އެކުންފުންޏަށް ލިބުނު އާމްދަނީތަކުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކޮންޓްރެކްޓިން މަސައްކަތުންނެވެ. އެގޮތުން ކޮންޓްރެކްޓިން މަސައްކަތުން 176 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފައެވެ. ޓްރޭޑިން އިން 21 މިލިއަން ރުފިޔާ ލިބިފައިވާއިރު ބިން ހިއްކުމުން އެމްޓީސީސީ އަށް ލިބިފައި ވަނީ 41 މިލިއަން ރުފިތާއެވެ. ދަތުރުފަތުރުން 8 މިލިއަން އެމްޓީސީސީ އަށް ލިބިފައިވެއެވެ.

އެމްޓީސީސީން ބުނީ ދަތުރުފަތުރާއި ޓްރޭޑިން އިން އެކުންފުންޏަށް 50 ޕަސެންޓު އާމްދަނީ ދަށްވެފައިވާ ކަމަށެވެ. އެކުންފުނިން ބުނީ އާމްދަނީ އެހާ ބޮޑަށް ދަށްވީ ކޮވިޑް-19 ގެ ސަބަބުންނާއި ލޮކްޑައުން އަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު