މަޝްހޫރު ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކާއެކު ހުޅުމާލޭގައި އައިސީއެމްގެ ފިހާރައެއް ހުޅުވައިފިއެވެ. އައިސީއެމް ފާމަސީ 4ގެ ނަމުގައި ހުޅުވލި މި ފިހާރައާއެކު އެ ކުންފުނިން ރާއްޖޭގައި ހިންގާ ފިހާރަތަކުގެ އަދަދު ހަތަރަކަށް އެރީއެވެ.

އެ ކުންފުނިން ދަނީ މާލޭގައި އަދި އައްޑޫ ސިޓީގައި ދެ ފިހާރައެއް ހިންގަމުންނެވެ.

އައިސީއެމްއިން ހުޅުމާލޭގައި ހުޅުވި ފިހާރައިން ފަހުގެ ކޮސްމެޓިކްސް ޕްރޮޑަކްޓްތައް ލިބޭނެ - ފޮޓޯ: އައިސީއެމް

ހުޅުމާލެގަައި ހުޅުވި އައިސީއެމްގެ ހަތަރު ވަނަ ފިހާރައިން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ފަހުގެ ކޮސްމެޓިސް ތަކާއި ބޭސް ލިބިގެންދާނެ ކަމަށް އައިސީއެމްއިން ބުނެފައި ވެއެވެ.

ހައްޖު ދުވަހު މި ފިހާރަ ހުޅުވިއިރު، މި ފިހާރަ ހުޅުވާދެއްވީ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އެވެ.

އައިސީއެމްގެ ހަތަރު ވަނަ ފިހާރަ ހުޅުވާދެއްވީ މިނިސްޓަރ އިމްރާން - ފޮޓޯ: އައިސީއެމް

އައިސީއެމްގެ ވެރިޔާ މުހައްމަދު މިރުޝާދު ވިދާޅުވީ، އެ ކުންފުނިން ހުޅުމާލޭގައި ހުޅުވި މި ފިހާރައިން ބޭހުގެ އިތުރުން، ފަހުގެ ބްރޭންޑެޑް ކޮސްމެޓިކްސް ލިބެން ހުންނާނެ ކަމަށެވެ.

އައިސީއެމްއިން ހުޅުމާލޭގައި ހުޅުވި ފިހާރައިން ފަހުގެ ކޮސްމެޓިކްސް ޕްރޮޑަކްޓްތައް ލިބޭނެ - ފޮޓޯ: އައިސީއެމް

އެގޮތުން އޭނާ ވަނީ އެތަނުން މަޝްހޫރު ނޯޓް ބެރޭންޑާއި، ބޮޑީޝޮޕާއި ބްރޭންޑްގެ ޕްރޮޑަކްސްޓްތައް ލިބޭނެ ކަން ފާހަގަކުރައްވާފައެވެ.

މި ފިހާރަ ހުންނާނީ ހުޅުމާލެ ނިރޮޅުމަގު، ލޮޓް 11117 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ލެއި

    އެކަމަކު ހިނާ އިބްރާ ބުނީ ތިމަންނަގެ ތަނެކޭ ހިތަދޫގަ ހުންނަނީ.