ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީ "ލިބޭ" އިން ވިލިމާލެ އަށް ވެސް ޑެލިވަރީ ކޮށްދޭން ފަށައިފިއެވެ.

ލޭންސްލޭ ކޮފީގެ އިތުރުން ވެސް "ލިބޭ" އިން ގެންދަނީ އާއްމުންގެ މެދުގައި މަގުބޫލް ގިނަ އުފެއްދުންތަކެއް ވިއްކަމުންނެވެ. އޭގެ ތެރޭގައި ލޭންސްލޭ ބްރޭންޑްގެ ހޮޓް ޗޮކްލެޓް ވެސް ހިމެނެއެވެ. އަދި ކޮސްމެޓިކްގެ އެކި އުފެއްދުންތައް ވެސް އެކުންފުނިން ވިއްކައެވެ.

އޭގެ ތެރޭގައި "ސެންޓިއޯ" ބްރޭންޑްގެ ހޭންޑް ކްރީމް ވެސް ހިމެނެއެވެ. އަދި އެ ބްރޭންޑްގެ ޝަވަ ޗެލްއާއި، ފޭސް ވޮޝްގެ އިތުރުން އިތުރު ބައެއް އުފެއްދުންތައް ވެސް ވިއްކައެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ތަފާތު ވައްތަރުގެ މާސްކާއި ސެނެޓައިޒާ ވެސް "ލިބޭ" އިން ވިއްކައެވެ.

"ލިބޭ" އިން ވިއްކާ ތަކެތީގެ އިތުރު ތަފްސީލް "ލިބޭ" ގެ ފޭސްބުކް ޕޭޖުންނާއި އެކުންފުނީގެ ހޮޓްލައިން 9759452 އިން ލިބޭނެއެވެ. ސްލިމް ކޮފީގެ އިތުރުން "ލިބޭ" އިން ވިއްކާ ހުރިހާ ޕްރޮޑަކްޓެއް ވެސް ވިލިމާލެއަށް ޑެލިވަރީ ކޮށްދޭނެއެވެ.

މީގެ ކުރިން ވެސް "ލިބޭ" އިން ގެންދަނީ އެކުންފުނީގެ އުފެއްދުންތައް މާލެ އާއި ހުޅުމާލެ އަށް އަދި މާލޭ ބަނދަރުގައި ހުންނަ ފެރީއާއި މާލެ ދަތުރުކުރާ ބޯޓު ފަހަރަށް ވެސް ޑެލިވަރީ ކޮށްދެމުންނެވެ.

"ލިބޭ" އިން ވިއްކާ ޕްރޮޑަކްޓްތައް ބައްލަވައި ގަންނަވަން ބޭނުންފުޅުވާ ބޭފުޅުން ގުޅުއްވާނީ 9759452 ނަމްބަރު ފޯނަށެވެ. އަދި އެކުންފުނީގެ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްގެން ވެސް ކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކަށް އޯޑަރު ކުރެވޭނެއެވެ.