ކޮވިޑް-19 އަނެއްކާވެސް ހަލުވިކަމާއި އެކު ފެތުރެން ފެށުމާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތް ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ދުވާލަކު ހަތަރު ހަޑިއރު ފޯރުކޮށްދޭނެ ކަމަށް އެމިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކޮށްފައިވާ ޓްވިޓެއްގައި ބުނެފައި ވަނީ، ސަރުކާރު ބަންދުވުމާ ގުޅިގެން، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އިކޮނަމިކް މިނިސްޓްރީން ދެމުންދާ ޙިދުމަތްތަކަށް ކޮންމެ ދުވަހަކު 10:00 އިން 14:00 އަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

އިކޮނަމިކް މިނިސްޓްރީން ދެމުންދާ ޚިދުމަތައް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެދެވޭނެއެވެ.

https://twitter.com/MoEDmv/status/1290502351493554176?s=20

ސަރުކާރު އޮފީސްތައް މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ބަންދުކޮށްފައި ބެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރަން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދިއުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި މިވަނީ، މާލެ ސަރަަހައްދުގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން ދަނިކޮށެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ކޮންމެ ދުވަހު ފައްސިވާ މީހުންގެ އަދަދު މި ފަހަކަށް އައިސް ހުރީ 100 އަށް ވުރެ މަތީގައެވެ.