ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ "ކުކުޅު ފިހާރަ އީ މޯލް" އިން ކުރިއަށްގެންދާ "ޝެއާ އެންޑް ވިން" ޕްރޮމޯޝަންގެ 11 ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިޔަށް ގެންދާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މިހާތަނަށް އައިއިރު އެ ޕްރޮމޯޝަންގެ 11 ހަފްތާ ނިމުނު އިރު މިދިޔަ ހަފްތާގެ ނަސީބުވެރި ފަރާތަކީ އައިޝަތު ވަހީދާއެވެ.

ކޮންމެ ހަފްތާގެ ނަސީބުވެރިޔަކުވެސް، އެ ހަފްތާއެއްގެ ހޯމަ ދުވަހަކު އިއުލާން ކުރާނެ ކަމަށާ، މި ޕްރޮމޯޝަން ތިން މަސް ދުވަހަށް ކުރިއަށްދާނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ. "ކުކުޅު ފިހާރަ" އިން މިއަހަރުގެ ބޮޑު އީދާއި ދިމާކޮށް ކުރިއަށް ގެންދިޔަ ބޮޑުއީދު ބޮޑު ހަދިޔާ ޕްރޮމޯޝަންގެ ނަސީބުވެރިޔާވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހޮވާފައެވެ.

މިއަހަރުގެ ބޮޑުއީދު ބޮޑު ހަދިޔާގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހައިފާއެވެ.

މި ޕްރޮމޯޝަނަކީ މިދިޔަ މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ އިތުރުވެސް އެ ފިހާރައިން އަންނަނީ ބޮޑުއީދާއި ދިމާކޮށް، އިތުރު ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ 10 ފޮށި ކުކުޅު ކޭހަކަށް އެއް ފޮށި ކުކުޅު ކޭސް ހިލޭ ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެއެވެ.

ކުކުޅު ފިހާރަ އީ-މޯލްއިން ވިއްކާ ބައެއް ބާވަތްތަކުގެ އަގު މިދިޔަ މަހުގެ ފަހުކޮޅު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

އެގޮތުން ބަލާއިރު:

  • ކުރިން 22ރ. އަށް ލިބުނު 340 ގްރާމްގެ ޗިކެން ސޮސެޖް، 17ރ. އަށް.
  • ކުރިން 180ރ. އަށް ލިބުނު 2 ކިލޯގެ ޗިކަން ތައި، 160ރ. އަށް.
  • ކުރިން 180ރ. އަށް ލިބުނު 2 ކިލޯގެ ޗިކަން ވިންގް، 150ރ. އަށް.
  • ކުރިން 175ރ. އަށް ލިބުނު 5 ކިލޯގެ ބާސްމަތީ ރައިސް، 165ރ. އަށް.
  • ކުރިން 65ރ. އަށް ލިބުނު 900 ގްރާމްގެ ބީފް ޗަންކް، 59ރ. އަށް.
  • ކުުރިން 140ރ. އަށް ލިބުނު 1 ކިލޯގެ ބީފް ޓެންޑަރލޮއިން 120ރ. އަށް.
  • ކުރިން 120ރ. އަށް ލިބުނު 1 ކިލޯގެ ބީފް ޓޮޕްސައިޑް 95ރ. އަށެވެ.

ކުކުޅު ފިހާރައަށް އާންމުންގެ މަގުބޫލުކަން ބޮޑުވެ އީ- ޝޮޕް، އީ- ޝޮޕިންގ މޯލްއަކަށް ބަދަލުކުރަން ނިންމާފައި ވަނީ ޖޫން މަހުގެ ކުރީކޮޅެވެ. އެ އީ-މޯލް މެދުވެރިކޮށް ޝޮޕިން މޯލްއަކުން ލިބޭ ހުރިހާ އެއްޗެއް ލިބެން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު