ހުރިހާ އެންމެނަށް މޮޅު ފޯނާއި މޮޅު ކޮޕްޓޮޕާއި ކޮމްޕިއުޓަރުތައް ލިބި އިންޓަނެޓްގެ ފަސޭހަތަކާއި އެކު އެތައް ފުރުސަތެއް ވަނީ ފަހިވެފައެވެ. އޭގެ ތެރޭގައި އަމިއްލަ ރަށުގައި އަމިއްލަ ގޭގައި އިނދެ މުޅިި ދުނިޔެއަށް ހުޅުވާލެވިފައިވާ ބޮޑު ވިޔަފާރިއެއް ހިންގުމުގެ ފުރުސަތު ފަދަ ރަނުގެ އެތައް ފުރުސަތެއް ހިމެނެއެވެ.

ބައެއް މީހުން ބުނެއެވެ. އިންޓަނެޓް މެދުވެރިކޮށް ވިޔަފާރި ކުރެވިދާނެއެވެ. ނަމަވެސް އަހަރެން ވިއްކާނީ ކޮންއެއްޗެއް ހެއްޔެވެ؟ އަހަރެންގެ އަތުގައި ވިއްކާނެ މުދަލެއް ނެތެވެ. މުދާ ގަންނަން އިންވެސްޓް ކުރާނެ ފައިސާއެއް ނެތެވެ. ކަންބޮޑުވާނެ ކަމެއް ނެތެވެ. އެފަދަ މީހުންނަށް ވެސް މިއަދު ވިޔަފާރި ކުރެވިދާނެއެެވެ. އެފަދަ މީހުންނަށް ކުރެވިދާނެ އެންމެ ރަނގަޅު އެއް ވިޔަފާރިއަކީ "އެފިލިއޭޓް" ވިޔަފާރިއެވެ.

އެފިލޭޓަރަކަށް ވެގެން އެހެން މީހެއްގެ އުފެއްދުންތައް ވިއްކައިދޭ މީހަކަށް ތިބާއަށް ވެސް ވެވިދާނެއެވެ. ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ އިންޓަނެޓް މެދުވެރިކޮށް އެއުފެއްދުމަކަށް "ޓްރެފިކް" ހޯދައި ދިނުމެވެ. ނުވަތަ އުފެއްދުން ގަންނަން ބޭނުންވާ މީހަކަށް އުފެއްދުމުގެ މައުލޫމާތު ފޯރުކޮށްދިނުމެވެ. ޔޫޓިއުބާއި ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށް ހިލޭ ވެސް އެކަން ކުރެވިދާނެއެވެ. ނަމަވެސް "ޝޯޓްކަޓަކުން" މިވިޔަފާރީގައި ކުރިއަށްދާން ބޭނުން ނަމަ ކޮންމެވެސް ވަރެއްގެ ޚަރަދެއް ވެސް ކުރަން ޖެހޭނެއެވެ.

އެފިލިއޭޓް ވިޔަފާރީގައި ކާމިޔާބު މީހަކަށްވުމަށްޓަކައި ބޭނުން ކުރެވިދާނެ ވަރަށް ގިނަ ޕްރޮގްރާމްތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ޕްރޮގްރާމަކީ "12 މިނެޓް އެފިލިއޭޓް" އެވެ. މި ޕްރޮގްރާމުން ކޮށްދޭ އެންމެ މުހިއްމު ކަމަކީ ވަރަށް އަވަހަށް އީމެއިލް ލިސްޓެއް ތައްޔާރު ކޮށްދިނުމެވެ. ތިބާ ވިއްކަން ބޭނުންވާ އެއްޗެއް ގަންނަން ބޭނުންވާ މީހުންގެ އީމެއިލް ލިސްޓެއް ލިބުމަކީ ވިޔަފާރި މެކުހަށް ޖަހާލެވޭނެ ކަމެކެވެ.

ޕްރޮގްރާމާއި ގުޅޭ އިތުރު މައުލޫމާތު މިލިންކުން ފެންނާނެއެވެ.

ނަމަވެސް ހަނދާން ކުރަންޖެހޭ އިތުރު ކަމެއް އެބައޮތެވެ. މިޕްރޮގްރާމްގެ އަގަކީ 9.95 އެމެރިކާ ޑޮލަރު ކަމަށް ވީނަމަވެސް ޕްރޮގްރާމްގައި އިތުރު އުފެއްދުންތަކެއް ވެސް ހިމެނެއެވެ. މުޅި ޕްރޮގްރާމަށް އެއްކޮށް ފައިސާ ނުދައްކައި ހަމައެކަނި 9.95 ޑޮލަރު ދައްކައިގެން ވެސް މި ޕްރޮގްރާމް ބޭނުން ކުރެވޭނެއެވެ. އިތުރަށް ފައިސާ ދައްކާނަމަ އިތުރު ޚިދުމަތްތައް ލިބޭނެއެވެ. އެހެންކަމުން އިތުރަށް ފައިސާ ދެއްކުމުގެ ކުރިން ބޭނުންވާ ކަންކަމާއި ލިބޭނެ ޚިދުމަތްތައް ރަނގަޅަށް ބަލާށެވެ.

މިއީ މަހުޖަނަކަށް ވުމަށް ބޭނުން ކުރެވިދާނެ ސިލްވާ ބްލެޓަކަށް ނުވެދާނެއެވެ. ނަމަވެސް މިއީ އެތައް ހާސްބަޔަކު ބޭނުން ކުރާ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އުފެއްދުމެކެވެ. ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު އުފެއްދުންތަކުގެ މައުލޫމާތު ގެނެސްދެވޭނެ ކަމަށް އުއްމީދު ކުރަމެވެ.