ދިވެހިރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ލިބުނު ފައިދާ ދެ ގުނަ އިތުރުވެ, ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ބޭންކްގެ ހިއްސާގެ އަގު 240 އިންސައްތަ އިތުރުވެފައިވާ ކަމަށް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހިލީ ވިދާޅުވެއްޖެއެވެ.

ހޮޓަލް ޖެންގައި މިރޭ ބޭއްވި ބީއެމްއެލްގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުހާތަބު ކުރައްވާ، އެންޑްރޫ ވިދާޅުވީ، ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ބޭންކްގެ ހިއްސާގެ އަގު 240 އިންސައްތަ އިތުރުވެފައިވާ ކަމަށާއި ބޭންކްގެ ފައިދާ ދެގުނައަށް އިތުރުވެފައިވާ ކަމަށެވެ. ބީއެމްއެލްއަށް މިހާ ބޮޑު ފައިދާއެއް ހޯދުނީ، އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 20.3 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކުރެވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ހިއްސާގެ ފައިދާ އާއި ޓެކުހުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ބީއެމްއެލް އިން ދައުލަތަށް ދެއްކި ކަމަށް ވެސް އެންޑްރޫ ވިދާޅުވިއެވެ.

"މިދިޔަ ހަތަރު އަހަރެއްހާ ދުވަސް ތެރޭގައި ބޭންކަށް ލިބުނު ފައިދާ މިވަނީ ދެގުނަ އިތުރުވެފައި. މިކަމުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާގެ އަގަށް އައި 240 ޕަސެންޓްގެ ކުރިއެރުމާއެކު ހިއްސާދާރުންނަށް ވަނީ އެކަމުގެ ފައިދާ ލިބިފައި،" އެންޑްރޫ ވިދާޅުވި އެވެ.

ފާއިތުވި އަހަރު ތެރޭގައި ޓެކްސްއަށް ކެނޑުމުން، ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.038 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ބީއެމްއެލްއަށް ލިބުނު ބޮޑު ފައިދާއާއި އެކު ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ ހިއްސާއަކަށް 22 ރުފިޔާގެ މަގުން 118 މިލިއަން ރުފިޔާ ހިއްސާދާރުންގެ މެދުގައި ބެހުމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު، 10 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަމުން އެންޑްރޫ ވިދާޅުވީ، ބީއެމްއެލްއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުން ދޭ ހިދުމަތްތަށް ފުޅާކޮށް އެކަށޭނެ ގޮތެއްގައި އެ ހިދުމަތްތަށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޮންލައިންކޮށް ބޭންކްގެ ހިދުމަތްތަށް ހޯދާ މީހުންގެ އަދަދު އިތުރުވެ ކަސްޓަމަރުނަށް ފަސޭހަ ކަމާއި އަރާމުކަން މަތީގައި ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

"ބީއެމްއެލްއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތަކީ ބީއެމްއެލްގެ ހިދުމަތްތައް ދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރުމުގެ މަސައްކަތް. މިކަމުގެ ސަބަބުން ކަސްޓަމަރުންގެ ވަގުތު ސަލާމަތްވެ ފަސޭހަ ކަންމަތީ ބީއެމްއެލްއިން ފޯރުކޮށްދޭ ހިދުމަތްތަށް ހޯދިގެންދާނެ. އަދި މިދިޔަ އަހަރު މާލޭގައި ހުޅުވި ކަސްޓަމާ ސާވިސް ސެންޓަރާއި، ހިދުމަތަށް ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރެވިފައިވޭ. މިކަމުގެ ސަބަބުން، ބީއެމްއެލްގެ ކަސްޓަމާ ސެޓިސްފެކްޝަން ލެވެލް މިހާރު ވަނީ ރާއްޖޭގެ އެހެން ބޭންކުތަކަށްވުރެ މަތީގައިކަން އަޅުގަނޑު އުފަލާ އެކު ފާހަގަކުރަން. އަދި މި ލެވެލް ހުރީ އޭޝިއާ ގެ ސަރައްހައްދުގެ އެވްރެޖަށްވުރެ 8 ޕަސެންޓް މަތީގައި،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ - ވަގުތު އިމޭޖްސް: އަމީން ފަހުމީ

މިވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ބްރާންޗް ވިއުގަ 30 ޕަސެންޓް ފުޅާކުރެވިފައިވާ ކަމުގައިވެސް އެންޑްރޫ ވިދާޅުވިއެވެ.

އަދި މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން މި ދިޔަ އަހަރުތަކުގައި 100 އަށް ވުރެ ގިނަ މަޝްރޫޢު ހިންގާފައިވާކަން ފާހަގަކުރައްވަމުން އެންޑްރޫ ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށެވެ.

ބީއެމްއެލްގެ މިހާރުގެ މިސްރާބު ހުރީ ރާއްޖެއިން ބޭރުގައިވެސް އިންވެސްޓް ކުރުން ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެކަން ހަޤީގަތަކަށް ވެގެންދާނެ ކަމުގައިވެސް އެންޑްރޫ ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ބީއެމްއެލްއިން އެހެންގައުމުތަކުގައި އިންވެސްޓް ކުރާނަން. އެހެން ގައުމުތަކުގައި އިންވެސްޓު ކުރުމަކީ ފަސޭހަ ކަމެއް ނޫން. އަދި އެހެންގައުމަކުން ބީއެމްއެލްއަށް އިތުބާރު ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ" އެންޑްރޫ ވިދާޅުވިއެވެ.

ބޭންކްގެ ކާމިޔާބީގެ ފަހަތުގައި ތިބީި ހީވާގި މުވައްޒަފުންނާއި ހިއްސާދާރުންކަން ފާހަގަކޮށް އެންޑްރޫ ވަނީ އެ އެންމެހާ ފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު އަަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވައިވައި

    ހަތަރު އަހަރު ތެރޭ ބީއެމްއެލްގެ ފައިދާ ދެ ގުނަ އިތުރުވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެންގެ އުއްމީދަކީ ރާއްޖޭގައި ހުރި ބޭރު ބޭންކް ތައް ބީޓް ކޮށްލާ ރާއްޖޭގެ ނޭޝަނަލް ބޭންކް އެމެންގެ މައްޗަށް ކުރި ހޯދާނެ ކަމަށް. މަމެން ގަބޫލުކުރާ ގޮތުގައި ހުރިހާ ރިސޯރޓްސް ތަކުން ވެސް ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ޖަމާ ކުރަން ޖެހޭނީ ބީއެމްއެލް އަށޭ މިހާރު އެކަން ނުކުރާނަމަ ގާނޫނަކުން އެކަން އެކަށައަޅާ ކޮންމެ ރިސޯރޓެއްގައި ވެސް ބީއެމްއެލްގެ ބިލްޑިންގް އެއް ހުންނަ ގޮތަށް ހަދަންވީއޭ. ރާއްޖެއަށް ވަންނަ ފައިސާ ނުޖެހެއޭ ބޭރު ގައުމު ތަކުގެ ބޭންކް ތަަކަށް ވަންނާން އެވަންނަން ޖެހޭނީ ގައުމީ ބޭންކް އަށޭ މިކަން ކުރާށޭ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން މިހާރުން މިހާރަށް. އޯއް އޯއް އޯއް ޔޫ އެން އައި ވީއާރ ދަ ސޭމް ވީ ވިން އޯރ ލޫޒް އިން ދަ ގޭމް އޮފް ޕޮލިޓިކްސް ޔޫ އެން އައި ވީ ސީކް ފޯރ ދަ ޓްރުތް އިން ދިސް ޖާރނީ ވީއާރ ކޮމްޕޭނިއަންސް ވައި ޝުޑް ވީ ހޭވް ޓު ކްރައި އައުޓް ފޯރ އަ ޖޮބް ފްރޮމް އަ ރިސޯރޓް ވައި ވައި ވައި ޝުޑް ވީއާރ ލެފްޓް ބިހައިންޑް އޯއް އޯއް އޯއް ޓެލްމީ ވައި ވައި ވައި ވައި ވައި..

  2. ހުމުދު

    ކެނެރީ ނަސީދު ފުނޑުުުފުނޑު ކޮށްލިތަނެއްމީ ، މިހާރުގެ ސަރުކާރުން ބޭންކު ނަގާކޮޅަށްޖެހީ މީ ރައީސް ޔާމީނުގެ ދުރުވިސްނުން

  3. ބަދަލުކުރޭ

    ހަތަރު އަހަރު ތެރޭ ބީއެމްއެލްގެ ފައިދާ ދެ ގުނަ އިތުރުއެވީ އެއީ އަމިއްލަ ބަޔެއް ކުންފުނި ތަކުން ބީއެމްއެލް ގައި އެކުންފުނި ތަކުގެ ބޭރުމީހުންގެ އެކައުންޓް އޮޕަރޭޓް ކުރާތީއެވެ. ނަމަ ވެސް ރާއްޖޭގެ ގިނަ ރިސޯރޓްސް ތަކުގެ މުވައްޒަފުންގެ އެކައުންޓް އަދި ވެސް އޮޕަރޭޓް ކުރަނީ ބޭރު ބޭންކްސް ތަކުގައެވެ. މިހެން މިވަނީ އެއީ ރިސޯރޓްސް ތަކުގައި މަތީ ހުރިހާ މަގާމްސް ތަކުގައި ޖީއެމް ސީއެފްއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މި މަގާމް ތަކުގައި ބޭރު މީހުން ތިބޭތީއެވެ. މިކަން ކަން އެބަޖެހޭ ހައްލު ވާން ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް. ރިސޯރޓްސް ތަކަށް މަހަކު 300 ޑޮލަރަށް ވުރެން މަތީ މުސާރަ އަށް އަންނަ މީހަކު އަންނަން ޖެހޭނީ އެމީހެއްގެ ސެރޓިފިެކްޓް މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ އަށް ހުށައަޅާ އެތަނުން އެފަދަ ސެރޓިފިކެޓް އެއް އެންޑޯރސް ކުރުމުންނެވެ. ލަންކާ އަަދި އިންޑިއާ މީހުންނަށް ރާއްޖޭގެ ރިސޯރޓްސް ތަކުން މަހަކު 6 ހާސް އަދި 8 ހާސް ޑޮލަރު ދޭން ނުޖެހޭ އެފަދަ މަގާމް ތަަކށް ދިވެހިން ނުލާ. އެއީ އެކަން ކޮށްގެން ވާނެ ގޮތެއް ނޫން މަޓީ އެކަމާއި ނުރުުހުނަސް އަދި ރިސޯރޓް އޯނަރުން އެކަމާއި ނުރުހުނަސް. އެމަގާމް ތަައް ދިވެހިންނަށް ނުލިބެނީ އެއީ ކޮން ސަބަބަކާއި ހެދި ތޯ ބަލާ އެ މަގާމް ތައް ދިވެހިންނަށް ލިބޭނެ އުސޫލުން ކަންކަން ޕްލޭން ކުރުމަކީ އެއީ ރައްޔިތުން ހޮވާފައިވާ ސަރުކާރެއްގެ ޕްރައިމަރީ ޒިންމާ އަކީ. ރާއްޖޭގެ ރިސޯރޓްސް ތަކުން ހަގީގަތުގައި ރާއްޖެ އަށް ކުރަން ޖެހޭ ފައިދާ ކުރާނަމަ ބީއެމްއެލް ގެ ފައިދާ 100 ގުނަ އިތުރު ވެގެން ދާނެއެވެ. މިކަމަކީ މީ ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް އިނގެން ޖެހޭނެ ކަންކަން ހަމަ އެކަނި ސިޔާސީ ކަންކަން ނޫން ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް އިނގެން ޖެހޭނީ އިގްތިސާދީ ކަންކަން އިނގެން ޖެހޭނެ އޭގެ އިނަރ ޑީޓެއިލް އަށް ދަންދެން. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ވަރަށް ގިނަ ކަން ރައީސް އޮފީހަށް އޮޅުވާލާފައި އެހެން ވުމުން އެކަންކަން އެބަޖެހޭ ބަދަލު ވާން ހަމަ މިހާރު.

  4. ހެޕެނިންގް

    ބީއެމްއެލްގެ ފައިދާ ދެގުނަ އިތުރު ވަމުން ދާނަމަ މަމެން އުފާކުރަން އެކަމާއި. ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރާ ބަންގާޅުންގެ އަދަދު އެބައުޅޭ މިހާރު 20 ހާހުގައި އުޅޭ އިރު މިކަން ހައްލު ކުރަން އިމިގްރޭޝަން އާއި ޕޮލިހާއި އެކު އެއްބަސްވެފައިވާ ގޮތަށް އެކަން އެއްގޮތަކަށް ވެސް ކުރިއަށް ދާ ތަނެއް ނުފެނެއެވެ. މަމެން ހިތަށް އަރަނީ މިކަމުގެ ފޯލޯ އަޕް ހަދާބާވައޭ އިމިގްރޭޝަން ކޮންޓްރޯލަރ އަދި ހޯމް މިނިސްޓަރު. ލަފާ ކުރެވޭ ގޮތުގައި ނަހަދައެވެ. ހަދާނަމަ އޯޕަން ކޮށް މަޖީދީމަގު ޒިކްރާ މިސްކިތް ކުރިމަތީގައި ކޮންމެ ދުވަހަކު ހެދުނު ހާހުން ގަވާއިދާއި ޚިލާފަށް އުޅޭ ބޭރު މީހުން މަސައްކަތް ހޯދަން ނިކުމެ ނުތިބޭނެއެވެ. މާލޭގައި ހުރި 100 ސައި ހޮޓާ ނަގާ ބަލާލާއިރު އެތަނުން 99 ހޮޓަލުގައި މިގެން ގުޅެނީ އެއީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބަންގާޅީން ނެވެ. މިކަން ކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް އިމިގްރޭޝަން އިންވެސް ނުކުރޭ ޕޮލިހުން ވެސް ނުކުރޭ. މީ އިގްތިސާދޫ ފުނޑާލުމަކީ.

  5. ލުކްވެލް

    ހަތަރު އަހަރު ތެރޭ ބީއެމްއެލްގެ ފައިދާ ދެ ގުނަ އިތުރުވެއްޖެ ކަމަށް ބީއެމްއެލް އިން ބުނާނަމަ ބީއެމްއެލް އާއި އެމްޓީސީސީ ފަދަ ސަރުކާރަށް ފައިދާ ނެރެދޭ ކުންފުނި ތަކާއި އެކު ފައިނޭންޝަލް ޕެކޭޖްސް ތަކެއް އެކުލަވާލައިގެން އެބަޖެހޭ ބީއެމްއެލް އިން މަސައްކަތް ތަކެއް ފަށަން. އެގޮތުން ބީއެމް އެލް އިން ލޯން ދޫކޮށްގެން މާލެ ސަރަހައްދުގައި އޮތް ތިލަފުށި އާއި ގުޅިފަޅުގެ ބިން ތައް ހިއްކާ އެބިންތައް 100 އަހަރު ދުވަހަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކުއްޔަށް ދޭންވީ ހުރިހާ ރިސޯރޓްސް ތަކުގެ މާލެ އޮފީހާއި އަދި އެމެންގެ ވެއަރ ހައުސް ހަދަން އަދި އޭގެ އިތުރުން މާލޭގައި މަސައްކަތް ކުރަމުންދާ އަމިއްލަ ކުންފުނި ތަކަށް ވެސް އެތަނުން ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިން ކުއްޔަށް ދޭންވީއެވެ. މިއުސޫލުން ގުޅިފަޅުން ހިއްކާ ކުއްޔަށް ދޭންވީ 2 ބިލިއަން އަކަފޫޓް. އެއިރުން މަހަކު 2 ބިލިއަން ރުފިޔާގެ ކުއްޔެއް ބީއެމްއެލް އަށް މަހަކު ލިބޭނެއެވެ. އެފައިސާ އިން އަނެއް ފަޅު ހިއްކާނީ އެވެ.

  6. ދިސްވޭ

    ރާއްޖެ ތަރައްގީ ވާނީ ރާއްޖޭގެ ގައުމީ ބޭންކް ކުރިއަރައިގެން ނެވެ. ރާއްޖޭގެ ގައުމީ ބޭންކް ކުރިއަރާނީ ސިސްޓަމެޓިކް ކޮށް އެތަނުގެ ފައިނޭންޝަލް ސްޓެރެޓެޖީ އެކުލަވާލައިގެން ނެވެ. ރާއްޖޭގެ އިގްތިސާދުގެ ބެކް ބޯރން އަކީ އެއީ ރާއްޖޭގެ ޓޫރިޒަމް ކަމަށް ވާއިރު ރާއްޖޭގެ ކޮންމެ ރިސޯރޓެއްގައި ވެސް އެބަ ހުންނަން ޖެހޭ ބީއެމްއެލްގެ ބިލްޑިންގް އެެއް އަދި ކޮންމެ ރިސޯޓެއް ގައި ވެސް އެބަހުންނަން ޖެހޭ ސަރުކާރު ގަބޫލުކުރާ ހޮސްޕިޓަލް ގެ ބިލްޑިންގް އެއް އަދި ޕޮލިސް އަދި އިމިގްރޭޝަން އަދި ސިފައިން ވެސް އެބަ ތިބެން ޖެހޭ ރާއްޖޭގެ ކޮންމެ ރިސޯރޓެއް ގައި. އެއިރުން ރިސޯރޓްްސް ތަކުގައި ތިބި ބޭރު މީހުން މަދުވެ ދިވެހިން އިތުރުވެ އަދި ރިސޯރޓްސް ތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ތައް ބޭންކް އަށް ލާ ހެދުމުން ބޭންކްގެ ޕްރޮފިޓް ހަގުނަ އިތުރުވާނެ. މީ މަމެންގެ ގައުމު މިގައުމު ގައި ކަން ކުރަން ޖެހޭ ގޮތް އިނގޭނީ މަމެންނަށް ބޭރު މީހުންނަށް ނޫން އިނގެން ޖެހޭނީ. އެމެން ނޭދޭނެ މަމެން ކުރިއަރަން އެއިރުން އެމެން ދާން ޖެހޭނީ ރަށަށް. ލަންކާ އިންޑިއާ މީހަކު ދިވެހިންނަށް ހެވެއް ނޭދޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

  7. އަލީ

    ރިބާ ފައިސާ ، މީހުން ފެލާގެން ހޯދާ ފައިސާ

  8. ޙަފްޞާ / މާލެ

    ތިަ ބޭންކުން އަލުން ހިއްސާވިއްކާނީ ކޮން އިރަކުންތަ؟

  9. މާސްޓަރ

    ކޮން އުފަލެއް. ފައިދާ އިތުރުވީ. ހިއްސާއަކަށް ބަހާވަރު އިތުރެއްނުވޭ. 1000 މިލިއަން ފައިދާއަށް ލިބުނީމަ 100 މިލިއަން ބަހަނީ. ބާކީ ވަންނަތަނެއްވެސް ނޭގެ.