ޗައިނާގެ ޓެކްނޮލޮޖީ ކުންފުނި ވާވޭއިން ރާއްޖެއަށް ޕީ20 އަދި ޕީ20 ޕްރޯ ތައާރަފްކޮށްފިއެވެ.

މިރޭ ސޯޝަލް ސެންޓަރގައި ބޭއްވި ހަފްލާއެއްގައި މި ފޯން ރާއްޖެއަށް ލޯންޗް ކުރިއިރު، މެކްސް ކޮމް ޓެކްނޮލޮޖީންނާއި، ވާވޭގެ ޑިސްޓްރިބިޝަންޝިޕް ލިބިފައި ތިބި އިތުރު ތަންތަނުންވެސް މި ފޯން ލިބެން ހުންނާނެއެވެ.

މިރޭގެ ހަފްލާގެ ތެރެއިން ވާވޭގެ މި ދެ ފޯނާއި ގުޅޭގޮތުން ސުވާލުކޮށްގެން ރަނގަޅު ޖަވާބުދިމާ ކުރި ފަސް ފަރާތަަކަށް މެކްސް ކޮމް ޓެކްނޮލޮޖީގެ ފަރާތުން ވަނީ ހަދިޔާތަކެއް ދީފައެވެ.

ވާވޭ ޕީ20 ޕްރޯގައި 40 މެގަ ޕިކްސެލްގެ ޓްރިޕްލް ލެންސް ކެމެރާއެއް އިނދެއެވެ. އަދި ފްރޮންޓްގައި 24 މެގަޕިކްސަލް ކެމެރާއެއް އިނދެއެވެ. މިއީ ފޮޓޯ ނަގާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފޯނަކަށްވެގެން ދާނެއެވެ. އަދި ޕީ 20 އަށް ބަލާއިރު، އެފޯނުގައި އިންނަނީ ޑުއަލް ކެމެރާ އެކެވެ. ޕީ 20ގައި ފްރޮންޓްގައި އިންނަނީ 24 މެގަޕިކްސަލް ކެމެރާއެކެވެ.

އެންޑްރޮއިޑް އޯރިއޯ އޯއެސް އާއެކު ނެރެފައިވާ ވާވޭގެ މި ދެ ފޯނުގެ ވެސް ޓްވަލައިޓް، ބްލެކް، މިޑްނައިޓް ބްލޫ، ޕިންކް ގޯލްޑް ލިބެން ހުންނާނެއެވެ. އެ ފޯނުގައި ހެޑްފޯނު ޖެކު ނުހިމެނޭނެއެވެ.