ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓި ދައުލަތައް ލިބޭ އާމްދަނީ މިއަހަރު ޖޫން މަހުގެ ނިޔަލަށް މިދިޔަ އަހަރަށް ވުރެ %43 ދަށަށް ހިނގައްޖެއެވެ. ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ގިނަ އޮފީސްތަކާއި ސްކޫލްތައް އެތައް ދުވަހެއް ވަންދެން ބަންދުކޮށްފައި ބެހެއްޓި ނަމަވެސް އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރި ނަމަވެސް ދައުލަތުގެ ރިކަރެންޓް ޚަރަދުތައް މާބޮޑަށް ކުޑަވެފައެއް ނުވެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި "މަންތްލީ ފިސްކަލް ޑިވްލޮޕްމަންޓް" ރިޕޯޓް ދާއްކާ ގޮތުން މި އަހަރު ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.5 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 12 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.5 ބިިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު 11.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މުއްދަތުގައި ހަރަދުގެ ގޮތުގައި 12.531 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން 12.557 ބިލިއަން ރުފިޔާ ޚަރަދު ކުރިއެވެ.

މުވައްޒަފުންނަށް މުސާރަ ދިނުމަށާއި އިދާރީ ހިންގުމަށް ޚަރަދު ކުރާ ރިކަރަންޓް ހަރަދުގެ ބައިން މި އަހަރު 8.9 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ރިކަރަންޓް ހަރަދު އުޅެނީ 9.2 ބިލިއަން ރުފިޔާގަ އެވެ. ކެޕިޓަލް ހޭދަ މި އަހަރު 3.5 ބިލިއަން ރުފިޔާގައި އުޅޭއިރު، މިދިޔަ އަހަރުގެ ހޭދަ އުޅެނީ 3.3 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސްފައި ވާއިރު ޚަރަދުތައް ކުޑަނުކުރެވުމަކީ ކުރިއަށް އޮތްތަނުގައި ވެސް އެކަމުގެ އިޤުތިޞާދީ ގެއްލުންތައް ކުރިމަތިވާނެ ސަބަބެއް ކަމަށް އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިހާރު ވެސް ސަރުކާރުން ވަނީ ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން މިއަހަރު ހަތަރު ބިލިއަން ރުފިޔާ ޗާޕް ކޮށްފައެވެ. އެއީ ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގު އުފުލިގެން ދާނެ ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްތިއުފާ

    ދައުލަތުގެ ނަމުގައި ރާއްޖޭން ބޭރު ކިބަޅި ލަންކާގެ އަމިއްލަ ކުންފުނި ތަކަށް ސަރުކާރުން ސޮވެރިންގް ގެރެންޓީ ދެނީ އެއީ ހުޅުމާލޭގައި އެންމެ 1000 ހައުސިންގް ޔުނިޓްސް އަޅަން ބަދަލުގައި އެގެރެންޓީ އެމްޓީސީސީ އަށް ދީގެން އެމްޓީސީސީ އަށް ބީއެމްއެލް އިން ލޯން ދީގެން ބީއެމްއެލް އިން ލޯން ނަގައިގެން އެފްލެޓްސް ތައް އިމާރާތް ކުރިނަމަ އެހުރިހާ ފްލެޓްސް ތައް މިހާރު ހުންނާނީ ނިމިފައޭ އެއީ ހަމަ ޔަގީން ކަމެކޭ ފްލެޓްސް މޮޑެލް އެއީ ފެެއިލްޑް މޮޑެލް އެެއް ބިންދޭންވީ މާލެ ސަރަހައްދުން އެއީ އެމްޑީޕީގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާ ބަޔާން ކުރާ ގޮތަކީ ވެސް މިކަން ނުކޮށް އޮތީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓްގެ ބޮޑޭ އޭނާ މާލެ ސަރަހައްދުގެ ތަރައްގީ ދެކެ ހަސަދަވެރިވާތީއޭ އޭނާ މިހާރުން މިހާރަށް އެމަގާމުން ވަކިކޮށް ހަދާ މާލެ ސަރަހައްދުގެ ތަޖްރިބާ ހުރި މީހަކާއި ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ހަވާލު ކުރަންވީއޭ ޕޮލިސީ ސެކްރެޓަރީ ތަމެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  2. މާމީ

    ބަލަ ކުރީސަރުކާރު ބަދަލުކުރަން ސައްލާކުރަން ގޮސްތިބީ ލަންކާގައެއްނޫ ލަންކާގަ ތިބިއިރު ޚަރަދު ކުރި ބަޔަކައްވީމަ ބަދަލުދޭން ޖެހޭނެނު....

  3. ދަރަނި ދަންތުރަ

    އަމީރު ކަލޭ އަޅެލަދެއްނުގަނޭތަ ؟ ޔާމީނު ވެރިކަމުގައި ހުރިއިރު ނޭވާނޭފަތުންނުލާ ދަރަނީގެ ވާހަކަ ކަލޭދެއްކި މިއަދު މިގައުމުގެ ދަރަނީގެ އަދަދު ކަލެޔަށްނޭގެނީބާ ހަޔާތްކުޑަމީހެއްކަލޭތީ ކަލޭ ގޮވި ބަނދިވަރު މިހާރު ކަލޭ އަނގަޔަށްވަދެ ކަރުތެރެ ތިޔަބެދެނީ ، ދިވެހިރުފިޔާ ފުޓޯކޮޕީ ހައްދައިގެން މިހާރުތިޔަބޭނުންކުރަނީ ދަރިންގެ ދަރިންނަން ދަރަނިވެރިނުވޭތޯ އިބޫ އިސްތިއުފާ އިސްތިއުފާ...

  4. ބޯޖަލީލު

    ކޮބާ ވެރިކަން ބަދަލްވެއްޖެ ގައުމުގެ ހާލަތުވެސް ބަދަލްވެއްޖެދޯ އާން ގައުމު އިނދަޖެހިއްޖެ އެއީ ވެސް ހާލަތުބަދަލުވުންތާދޯ އިބޫއަށް ވޯޓުދިން 130000 ދިވެހިން މިހާރު ކީކޭބާ ހިތަށްއަރަނީ ހަމައުފަލުން ފޮޅިފައިދޯ .....