"ލިބޭ" އިން 500އެމްއެލް ސެނެޓައިޒާ 89 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.

އޮންލައިންކޮށް ތަފާތު ގިނަ މުދާ ހޯލްސޭލް ކޮށާއި ރީޓެއިލްކޮށް ވިއްކުމުގައި އާއްމުންގެ އިތުބާރު ހޯދާފައިވާ "ލިބޭ" އިން ވިއްކަމުން ގެންދަނީ "ލަމްބޯ" ބްރޭންޑްގެ ސެނެޓައިޒާއެވެ.

"ލިބޭ" ގެ އޮފިޝަލަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެކުންފުނިން ވިއްކަމުން ގެންދާ ސެނެޓައިޒާ އަކީ މިހާރުގެ ހާލަތައް ބަލާއިރު ބޭނުން ކުރަން ވަރަށް ރަނގަޅު އަދި އަގުހެޔޮ ސެނެޓައިޒާއެއް ކަމަށެވެ.

"މިއީ އަވައްޓެރި ގިނަ ގައުމުތަކުގައި ވެސް އާއްމުންގެ އިތުބާރު ލިބިފައިވާ އަދި ނަން މިސަރަހައްދުގެ ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް ބޭނުން ކުރާ ބްރޭންޑެއްގެ ސެންޓައިޒާއެއް. ލަމްބޯ ސެނެޓައިޒާގައި %75 އަލްކަހޯލް ހުންނާނެ. މިއީ ސެނެޓައިޒާ ޖެލްއެއް. ނަމަވެސް ހުންނާނީ ލިކްއިޑް ގޮތައް ކޮންމެވެސް ވަރަކަށް ދިޔައިކޮށް. އެހެންވެ އެއީ ވެސް މިސެނެޓައިޒާ އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެއްސަބަބު." އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ" ގެ އުފެއްދުންތައްބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލުމަށް އެކުންފުނިން އެދެއެވެ.

"ލިބޭ" އިން ވިއްކާ ހުރިހާ ޕްރޮޑަކްޓެއް ވެސް މާލެއާއި ހުޅުމާލެ އަދި ވިލިމާލެ އިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.