އެތައް ބައެއްގެ މަގުބޫލްކަން ލިބިފައިވާ "ކުކުޅު ފިހާރަ އީ މޯލް" އިން ކުރިއަށްގެންދާ "ޝެއާ އެންޑް ވިން" ޕްރޮމޯޝަންގެ 12 ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިޔަށް ގެންދާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އިންތިޒާމް އެ ފިހާރައިން ހަމަޖައްސައި ދިނެވެ. ތިން މަސް ދުވަހުގެ މި ޕްރޮމޯޝަން މިހާރު ވަނީ ނިމިފައެވެ.

މިހާތަނަށް އައިއިރު އެ ޕްރޮމޯޝަންގެ ޖުމްލަ 12 ހަފްތާ ނިމިފައިވާ މި ޕްރޮމޯޝަންގެ މި ފަހަރުގެ ނަސީބުވެރިޔަކީ "ޝުރޫ ޝިއުތު ޝިޔާޒް" އެވެ.

ކުކުޅު ފިހާރައަށް އޮތް ތާއީދު ދުވަހެއް ދުވަހަަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުޅާކޮށް ފިނިކުރި ކާބޯތަކެތީގެ ބާވަތްތައް ވިއްކަމުން އަންނަ ކުންފުންޏެއް ކަމަށްވާ ކުކުޅު ފިހާރައިން ރާ ޝޯ ރޫމެއް އައްޑޫ ސިޓީ ހިތަދޫގައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ހުޅުވާފައެވެ.

ކުކުޅު ފިހާރައިން ވަނީ، އެ ކުންފުނީގެ ފިހާރައެއް އައްޑޫ ސިޓީގައި ހުޅުވީ އެ ސަރަހައްދުގައި ގުޅިފައިވާ ރަށްތަކަށް ފަސޭހަ ކަމާ އެކު، ފިނިކުރި ކާބޯތަކެތި ފޯރު ކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބުނެފައެވެ.

އަދި މި ޝޯ ރޫމް ސަބަބުން، އައްޑު އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީގެ ގިނަ ރައްޔިތުންނަށް ތާޒާކަމާއެކު އަގުހެޔޮކޮށް ފިނި ކުރި ތަކެތި ލިބޭނެ ކަމަށް ވެސް ކުކުޅު ފިހާރައިން ވަނީ ބުނެފައެވެ.

މާލެ އާއި ހުޅުމާލޭގައި އެ ކުންފުނީގެ ތިން ފިހާރަ ހުރެއެވެ. މީގެ އިތުރުން އަތޮޅު ތެރެއަށް ބަލާނަމަ އއ. ތޮއްޑޫގައި ކުކުޅު ފިހާރައިގެ އައުޓްލެޓެއް ހުރެއެވެ.

އިތުރު އަތޮޅުތަކުގައި އެކުންފުނީގެ ޝޯ ރޫމްތައް ހުޅުވަން މަސައްކަތް ކުރަމުން ދާކަމަށް އެ ފިހާރައިން ބުނެއެވެ.

ކުކުޅު ފިހާރައިން ވަނީ އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކުން ވެސް ފަށައިފައެވެ. މި ހިދުމަތާއެކު އެ ފިހާރައިން ވަނީ ހާއްސަ އޮފާއެއް ވެސް ހޯލްސޭލް ކަސްޓަމަރުންނަށް ހުޅުވާލައިފައެވެ. އެގޮތުން، ހޯލްސޭލް ހިދުމަތް ހޯދާ ކޮންމެ 100 ވަނަ ކަސްޓަމަރެއްގެ ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން ވެސް ހޯލްސޭލަރުންނަށް 20-30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް އެ ފިހާރައިން އަންނަނީ ދެމުންނެވެ.

ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެމުން ދެއެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި 500ރ. މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު