"ހިޔާ" މަޝްރޫޢުގެ ދަށުން އެމްޑަބްލިޔުއެސްސީއިން ޢިމާރާތްކުރާ އެޕާޓްމެންޓުތަކަށް ކުރިމަތިލުމަށް ޚާއްސަ ހައުސިންގ ސްކީމެއް ތަޢާރަފުކޮށް، އެޕާރޓްމަންޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.

ފެން ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން އެކުންފުނިން ތަޢާރަފުކޮށްފައިވާ ހައުސިންގ ސްކީމާއި، އެޕާޓްމަންޓްތަކަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުޞަތު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ އެކުންފުނީގެ ޗެއަރމަން އަޙްމަދު ނަސީރުގެ އިތުރުން، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އެމްޑަބްލިވްއެސްސީ އިން 15 ބުރީގެ 2 ޓަވަރު އެޅުމުގެ ޢަމަލީ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ދެ ޓަވަރުގައި ޖުމްލަ 384 އެޕާޓްމެންޓް ހުންނާނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަދައްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާ ފްލެޓްތައް ދޫކުރާނީ ހެޔޮ އަގެއްގައި ކަމަށެވެ.

އެ އެޕާޓްމެންޓްތަކުގެ އަގުތަކަށް ބަލާލާއިރު، އެއް ކޮޓަރީގެ އެޕާޓްމަންޓްތައް އުޅެނީ 700000 ރުފިޔާއާއި 805000 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. 2+1 ކޮޓަރީގެ އެޕާޓްމަންޓްތައް 1.3 މިލިއަން ރުފިޔާއާއި 1.4 މިލިއަން ރުފިޔާއާއި ދެމެދުގައި އަގުތަކެއްގައި ވިއްކުމަށް ނިންމާފައިވާއިރު، 3 ކޮޓަރީގެ އެޕާޓްމަންޓްތައް އުޅެނީ 1.4 މިލިއަން ރުފިޔާއިން ފެށިގެން 1.6 މިލިއަން ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެކުނުތަރި

    1.6 މިލިއަނަށް 3 ކޮޓަރީގެ އެޕާރޓްމަންޓް ފައިދާއާއިއެކު ވިއްކޭއިރު، ގާކޮށީގަ އަޅާފަހުރި ފުލެޓްތައް 2 މިލިއަން ރުފިޔާއަށް ވިއްކީ ކޮން އުޞޫލަކުންބާ؟ ރައްޔިތުންގެ މެދުގަ ފިތުނަ ފަސާދަ އުފައްދަން ސަރުކާރު ކުރާމަސައްކަތް ބަލައި ނުގެނެވޭނެ

  2. ޢުތުރު

    ދެކުނު ތަރި އަށް ނުވިސްނުނު ދޯ ކުންފުންޔަކުން އެތަނުގެ މުވައްޒިފުންނަށް ބޯހިޔާޥަހިކަން ފޯރު ކޮެއްދޭން އަޅާތަނަކަށް ފައިދާނުލާނެކަން