އެކައުންޓުގެ މައުލޫމާތު ހިއްސާކުރުމަށް އެދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ފޭކް މެއިލްތަކެއް ފޮނުވާތީ އެކަމަށް ސަމާލުވެ ތިބުމަށް އެ ބޭންކުން އެދިއްޖެއެވެ.

އެ ބޭންކުން ބުނީ، އެކައުންޓުގެ މައުލޫމާތު ހިއްސާކުރަން ބީއެމްއެލްގެ ނަމުގައި ބަޔަކު އެދެމުންދާކަމަށާއި، ނަމަވެސް އެއީ އެ ބޭންކުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެ ބޭންކުން އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު ހޯދަން އީމެއިލް އަދި ފޯނުން ވެސް ނޭދޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

"އެހެންކަމުން ބޭންކުގެ ނަމުގައި އެފަދަ މައުލޫމާތެއް ހޯދަން އެދުނަސް ހިއްސާނުކުރަން އެދެން" ބީއެމްއެލް އިން ބުންޏެެވެ.

މިއީ މީހުންގެ ބޭންކް އެކައުންޓް މެދުވެރިކޮށް ފައިސާ ހޯދުމުގެ ނިޔަތުގައި ކުރަމުން އަންނަ މަސައްކަތެކެވެ. މީގެ ކުރިންވެސް މިގޮތަށް ބީއެމްއެލްގެ ކަސްޓަމަރުން ކައިރީ އީމެއިލް މެދުވެރިކޮށް އެކައުންޓުގެ މައުލޫމާތު ހިއްސާކުރަން އެދި ފޭކް މެއިލްތަކެއް ކުރަމުން ދާތީ އާއްމުން ސަމާލުވެތިބުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.

އަދި އެފަދަ މައުލޫމާތެއް ނޭނގި ނަމަވެސް ހިއްސާކުރެވިފައިވާނަމަ އެކަން ލަސްނުކޮށް އެންގުމަށް ބީއެމްއެލް އިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީނާ

    ?????

  2. ނުކުތާ

    މެެއިލް އެކަންޏެެއް ނޫން. ގުޅައިގެންވެސް އެބަ ކާރޑްގެ މަޢުލޫމާތު ހޯދާ

  3. ކަނބުލޮ

    ކޮބާ ބީއެމްއެލްގެ ޝަކުވާ ހޮޓްލައިން ނަންބަރު
    އެވެސް ޖަހާލިނަމަ